ޑެކްއިން ވިއްކަން ބަހައްޓާފައި ހުރި ކާއެއްޗެހިތަކެއް ކެއުމަށް މީދަލެއް-- ފޮޓޯ: ސޯޝަލް މީޑިއާ
20 މާޗް 2019 - 12:54
ކާނިވާ ސަރަހައްދުގައި ހަދާފައި "ދަ ޑެކް" އިން ވިއްކާ ކާ އެއްޗެހީގެ ތެރެއިން މީދަލާއި ފުޅަ ފެނުނު މައްސަލައެއްގައި އެ ތަން ބަންދުކޮށްފި އެވެ.
އެތަނުގެ ނުތާހިރުކަމުގެ މައްސަލަ ސޯޝަލް މީޑިއާގައި މި މަހު ކުރީކޮޅު ދައްކަން ފެށުމާ އެކު އެތަން ވަނީ ބަންދުކޮށްފަ އެވެ. ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއަކުން ފެންނަނީ ޑިސްޕްލޭކޮށްފައި ހުރި ކާއެއްޗަކަށް މީދާ އަރައި އެ ކަނިކޮށެވެ. އެހެން ވީޑިއޯއަކުން ފެންނަނީ އެ ތަނުން ތައްޔާރުކޮށްފައިވާ މަސްހުނިތައްޓެއްގައި ފުޅަ ހުއްޓަ އެވެ.
ޑެކުން ވިއްކި މަސްސުނިން ފުޅަ ފެނުން--
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ އެ ޝަކުވާތަކާ ގުޅިގެން އެ ތަން އިންސްޕެކްޓް ކުރަން ދިޔައިރު އެތަން ހުރީ ބަންދުކޮށްފައި ކަމަށެވެ. އެތަން ދެން އަލުން ހުޅުވޭނީ އެޗްޕީއޭއިން އިންސްޕެކްޓްކޮށް ހުއްދަތައް ދިނުމުން ކަމަށް އެ ތަނުގެ ވެރިފަރާތަށް އަންގާފައިވާނެ ކަމަށް ނާސިރު ވިދާޅުވި އެވެ.
"ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުގައި ހުންނަން ޖެހޭ ފެންވަރަށް އެތަނުގެ ސާފުތާހިރުކަން ގެނެސް އަޅުގަނޑުމެން ޗެކްކުރުމުން ދެން އެތަނުން ހިދުމަތް ދެވޭނީ،" ނާސިރު ވިދާޅުވި އެވެ.
"ދަ ޑެކް" ކަޑަ: ސާފުތާހިރު ދަށް ވެގެން އެތަން ވަނީ ބަންދުކޮށްފައި-- ފޮޓޯ: ފޭސްބުކް
ސާފުތާހިރު ކަމުގެ މައްސަލަ ދިމާވެގެން މާލޭގެ ބައެއް ރެސްޓޯރެންޓްތަކާއި ހޮޓާ، ކެފޭތައް ދޭތެރެ ދޭތެރެއިން ބަންދުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެން؟
13 September 2019
ގޯސް މީދާ!!!
އަހުމަދުބެ
21 March 2019
ކިތައްމީހުންނައް ކާންދިންފަހުންބާ ތިކަންއެގުނީ
ޑޯން
21 March 2019
މާލޭގައި ގަވައިދާ ހިލާފަށް ބަންގާލިން ހިންގާ ކެފޭ އަދި ހޮޓާ ތަންތަނުގެ ވާހަކަ ބުނީމަ ބުނީ ފޯނުކުރާށޯ އޮފީހަށް.، ކޮބާ މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ،،؟؟
ހުތާ
21 March 2019
ތަންތަން އަގުބޮޑުކޮށް ރީތިކޮށް ހެދުމަށްފަހު އެއްވެސް ތަމްރީނެއްނެތް ބަގުލަދޭޝްމީހުންގެ އަތްމަތްޗަށް ތަން ހިންގަން ދިނުމުން ވެރިމީހާއަށްވެސް ގެއްލުމެވެ. މުޅިގައުމަށްވެސް ގެއްލުމެވެ. ބަންގްލަދޭޝްމީހުންގެ މައްސަލައަކީ މިވަގުތު ހައްލުންކުރަންޖެހިފައިވާ އެންމެ ބޮޑު މައްސަލައެއެވެ. މިހާރު މިއޮތް ގޮތަށް ދޫދީގެން ދާނަމަ ހިތަށްނާރާވަރުގެ ބޮޑު ގެއްލުމަކާއި އަންނަން އޮތް ޖީލުތަކުން ކުރިމަތިލާން ޖެހޭނެއެވެ.
ކަޅުކަޅު ދޮނޭ
21 March 2019
މޫނުމަތީގަ ރީތިކުލަލާ ކުލަކުލަ ދިއްލުންތައް އަޅުވާފަ ހުއްޓަސް ތިތަން އެކަންޏެއްނޫން، ރެސްޓޯރަންޓުތަކާއި ކެފޭތަކުގެ އަސްލަކީ ތިއީ ..
ހާސް
21 March 2019
ބަލިތައް އަދި ވެސް މަދެއްނު
އިސްމާލި
21 March 2019
ޗެކް ކޮއްލާފަ އަނެއްކާވެސް ހުޅުވީމަ ނިމުނީތޯ؟ ރައްޔިތުން އެހާ ބޮޑު ނުރައްކަލަކަށް ހުށައެޅުމުންވެސް އަދަބެއް ނެތީތޯ؟
ކޭބީ
21 March 2019
ޚާކު ކޮންބަޔަކު ހިންގާތަނެއްކަން ނުބުނީ ކީއްވެބާ
.ފުޅަ
20 March 2019
.ތިވާހަކަ ދައްކާނެ ކަމެއް ނެތް ތިކަހަލަ ކަންތައް ބައިވަރު ގޭގޭގާ މަސައްކަތު އުޅޭ ބޭރުމީހުންވެސް ތިހާ މުޑުދާރު ކޮށް ކަންތައް ކުރަނީ ރޮށިދަމަން ހުރެފާ ވެސް ހަމަ ފޫކޮޅު ވެސް ކަހާލަ ފާނެ އެމީހުނެއް ނުބަލަ އެހެން މީހުން ފަކުރު ގަންނާނެ ކަމެއް ނޫނީ ނުތާހިރު އެއްޗެތި ކޭމާ ލިބިދާނެ ގެއްލުމަކަށް ވެސް އެމީހުން މިހާރު ހީކުރަނީ ގޭގެ އަސްލު މީހުންނަކީ އެމީހުންގެ ނޯކަރުންނޭ ކުރީގާ ރަގަޅަކަސް މިހާރު ވަރަށް ޖެއްސުން ވެސް ކުރޭ ދިވެހީން ވެއްޖެ މިހާރު ފުޅަބައަކަށް
އަޒާ
20 March 2019
ކޮބާ މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ،،؟؟ ކޮބާތޯ އެމީހުންނަށް ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ދިނުމުގެ ބޭނުމަކީ...؟؟ ކޮބާތޯ ޤާނޫނީ ގުތުން އެމީހުން އުފުލާ ޒިންމާއަކީ...؟؟ މީހަކު ކަމެއް ރިޕޯރޓްކުރީމާ ޗެކް ކުރަން ދާ އުސޫލު ދޫކޮށްލާކަށް ނުވޭތޯ..؟؟ އަޅުގަނޑަށް ޤަބޫލު ކުރެވޭގޮތުގައި ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ ދީފައި ގޮނޑި ހޫނު ކުރަން މިފަދަ މުއައްސަސާތައް އުފައްދާފަ ބެހެއްޓުމުގެ އެއްވެސް ބޭނުމެއް ނެތް...
ޢަބްދުﷲނާފިޒް
21 March 2019
އަޅުގަނޑުވެސް ތާއީދު، ކޮންމެ ދުވަހަކުވެސް ހޮޓާ ކެފޭ ރެސްޓޯރަންޓްތައް ބަލާ ޗެކްކުރުމުގެ ޤާބިލުކަން ތިޔަ މުއައްސަސާގެ ހުންނަންވާނެ، ނުވާނެނަމަ އިސްތިއުފާ ދެއްވާ، އެހެން ނޫނީ އެކަންކުރެވޭނެ ގޮތެއް އަވަހަށް ހަމަޖައްސަވާ، މިކަން ކުރަން އެބަޖެހޭ.