ލ. ފޮނަދޫގެ ހައުސިން ޔުނިޓްތަކަށް ކަރަންޓު ފޯރުކޮށްދޭން ފެނަކާއަށް ހަވާލުކުރި އެއްބަސްވުމުގައި ސޮއިކުރީ ފެނަކާގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ސައީދު އަބްދުﷲ (ކ) އާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނަޝީދު -- ފޮޓޯ: ހައުސިން މިނިސްޓްރީ
21 މާޗް 2019 - 12:08
ލ. ފޮނަދޫގެ 50 ހައުސިން ޔުުނިޓަށް ފެނާއި، ކަރަންޓާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ހައުސިން މިނިސްޓްރީން ފެނަކައާ އިއްޔެ ހަވާލުކޮށްފި އެވެ.
Agreement signed with @TeamFenaka FENAKA Corporation Ltd for provision of utilities for 50 housing units at L. Fonadhoo. pic.twitter.com/pHaNxsPa4w
— housing.gov.mv (@HousingGovMv) March 21, 2019
ހައުސިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް
މިކަމާ ބެހޭ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު ސޮއިކުރެއްވި އިރު، ފެެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.
މި މަޝްރޫއަށް ވަނީ 7.9 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ. ތިން މަހުގެ މުއްދަތެއްގައި ފުރިހަމަކުރަން ކަނޑައަޅާފައިވާ މި މަޝްރޫއަށް ހަރަދު ކުރަނީ ދައުލަތުގެ ބަޖެޓުންނެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހަރަދުކުރަން 207 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުން ކަނޑައަޅާފައި ވެ އެވެ. އަދި ހިނގަމުންދާ ހަ މަޝްރޫއަކާ އެކު 321 މިލިއަން ރުފިޔާ ހައުސިން މަޝްރޫއުތަކަށް ހޭދަކުރާނެ އެވެ.
މި އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކުގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި، އަލަށް ފަށާ 315 އަދި ހިނގަމުންދާ 229 މަޝްރޫއު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްސެ
21 March 2019
ލާމު އަތޮޅަށް ނިސްބަތްވާ ސްޓޭޓް މިނިސްޓަރު ލާމުގެ ތަރައްގީއަށް މިލިއަންގެ ޕްރޮޖެކްޓްތައް މަގާމުގެ ނުފޫޒުން. މިސަގާފަތް ރާއްޖެއިން ފޮހެވޭނީ ކޮންއިރަކުން؟ ސަރުކާރުގަ މިގޮތަށް ހުންނަ ސިޔާސީ މަގާމުތަކަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަށް އެެއްހަމައެއްގަ މަސައްކަތްކޮށްދޭންޖެހޭ މަގާމުތަކެއް. ހަމަ ކޮންމެކަމެއްގަ އަމިއްލަ މަސްލަހަތާއި ނަސަބު އިސްކުރެއްވުން ދޫކޮށްލައްވާ އެއްހަމައެއްގައި ހުރިހާ ފަރުދުންނަށް ހިދުމަތްކޮށްދެއްވާ.
ގަހާފޮޑިދޮންތި//ފޭދޫ
21 March 2019
ހާސްނުވޭ ބެއްޔާ މިކަހަލަ އެތަކެއްބަޔަކު ވަނީ ބޭރުކުރަން ނިންމައިފައި މަޖިލީސް އެތި ނިމުމުން 19 އަށް ކޮރޮޅި އައުލަބިއްޔަތު ހާސިލުވުމުން
ތތތތ
21 March 2019
ކޮން ހައުސިން ޔުނިޓެއްތަ؟ ފްލެޓް އަޅާފައި މިހާރު އެއަށް މިކިއަނި ހައުސިްނ ޔުނިޓް. ހައުސިން ބޮކްސް ކިއަންވީނު.
ވަހީދު
21 March 2019
ތީ ހަވާލު ކުރިއަސް އަދި ނުކުރިއަސް ކޮށްދޭން ޖެހޭ ކަމެއް. އެހެންނޫނީ ރައްޔިތުން އަމިއްލައަށް އިންޖީނުގެއެއް ހިންގާނެ.