22 މާޗް 2019 - 18:37
މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ހަމަވަންދެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ތިއްބަވާނީ އެކުގައި ކަމަށާއި ރައްޔިތުން އެދޭ ގޮތަކީ ވެސް އެއީ ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ދަނގެތި ދާއިރާ އަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަ ކުރައްވާ މުހައްމަދު ނާޒިމް (ކާނަލް ނާޒިމް)ގެ ކެމްޕެއިން އިވެންޓެއްގައި ގާސިމާ އެކު ބައިވެރިވެވަޑައިގެން އަލީ ވަހީދު ވިދާޅުވީ މިވަގުތަކީ ސަރުކާރުގެ ތެރެއިންނާއި ބޭރުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެހީތެރިވާން ވީ ވަގުތު ކަމަށެވެ. އެހެން ނޫން ނަމަ އަބަދުވެސް ތިބެން ޖެހޭނީ އެއް ބަޔަކު އަނެއް ބަޔަކަށް ހަމަނުޖެހުމުގެ ތެރޭގައި ކަމަށް އަލީ ވިދާޅުވި އެވެ.
މިއީ، ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގުޅިގެން މަޖިލީހުގެ އިންތިޚާބަށް ވާދަ ކުރަން ނިންމި ފަހުން ގާސިމާއި އަލީ ވަހީދު އެކުގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ޖުމްހޫރީ ޕާޓީގެ އެ ނިންމެވުމާއެކު އަލީ ވަނީ ނުސީދާކޮށް ގާސިމަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެކަން ބަލައި ނުގަންނަ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އަލީ ވިދާޅުވީ މިސަރުކާރު ގެނައީ ކޯލިޝަން ޕާޓީތަކާއި ޕާޓީތަކަށް ނިސްބަތްނުވާ ރައްޔިތުންގެ ބުރަ މަސައްކަތުން ކަމަށާއި ހިތާމައަކީ މަސައްކަތް ކުރި މީހުންގެ މަތިން ބައެއް ބޭފުޅުން ހަނދާން ނެތޭތީ ކަމަށެވެ.
މަޖިލިސް އިންތިޚާބުގައި ވަކިން ވާދަ ކުރަން ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ނިންމި ހިސާބުން ރައީސް މުހައްމަދު ނަޝީދާއި ގާސިމާ ދެބޭފުޅުން ގެންދަވަނީ ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.
މިސަރުކާރު ގެނައީ ހަމައެކަނި ލީޑަރުންގެ މަސައްކަތުން ނޫން ކަމަށާއި ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވި ނާޒިމާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުމެން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު: ގާސިމާއި ރައީސް އެކުގައި ތިއްބަވާނެ ކަމަށް ވިދާޅުވި-- ފޮޓޯ: ޖޭޕީ
އަދި މިސަރުކާރު ގެނައީ އެތައް ބައެއްގެ މަސައްކަތުންކަން ރައީސް ހަނދާން އެބަހުންނެވި ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. ކޯލިޝަން އެއްވެސް ޕާޓީއަކަށް ދެރަކޮށް ކަންތައް ނުކުރައްވާނެ ކަމަށް ރައީސް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
"އެއް ޕާޓީއަކުން ނޫން މި ސަރުކާރު ގެނައީ. އެކަން ހަނދާން ކުރަން ޖެހޭނެ." އެމްޑީޕީގެ ޗެއާޕާސަން ކަން ވެސް ކުރެއްވި އަލީ ވިދާޅުވި އެވެ.
އިސްލާހީ މަސައްކަތުގައި ގާސިމް އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ އިރު ކަމެއް ބޭނުންވީމައި އެމަނިކުފާނާ ކައިރިވެލާފައި އެކަމެއް ފުދުމުން ދެން ދޫކޮށްލާ ވިސްނުމުގެ ބައެއް ލީޑަރުން ދޫކޮށްލަން ޖެހޭ ކަމަށް ވެސް އަލީ މިއަދު ވިދާޅުވި އެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް އަލިއަޅުވާލައްވައި އަލީ ވިދާޅުވީ ވަޒީރު ކަމުގައި ހުންނަވަން ބޭނުންވަނީ މަޖިލީހަށް ޖަވާބުދާރީވާ ގޮތަށް ކަމަށާއި މީގެ ކުރިންވެސް މަޖިލީހުން ވަޒީރުން ޖަވާބުދާރީ ކުރުވާފައިވާ އިރު އޭގެ ރަނގަޅު ނަތީޖާ ފެންނިފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
24 March 2019
މިހާރު އިދިކޮޅު ޕާޓީ ނެތް ހުރިހާ ބޭފުޅުންވެސް ބޭނުންވަނީ ރައީސް ސޯލިހުގެ ނަންފުޅު ކުރިއައް ނެރިގެން މަޖިލިސް ކާމިޔާބު ކުރަން މިގޮތުން ބޭނުން ކުރާ އުކުޅުތައް އިހުލާސްތެރި މެންބަރު ރައްޔިތުންގެ ކެނޑިޑޭޓް ރައީސަށް އެންމެ އިހުލާސް ތެރިވާނީ އަޅުގަނޑު މަޖާކަމެއް
ހެހެ
23 March 2019
ޔަގީންތަ އެ ދޭތެރެއަށް ބޮޑުވަޒީރަކު ނުވަންނާނެކަން؟
ހަސަދު
23 March 2019
ވަގުން އަބަދުވެސް ވައްކަން ކުރާނެއޭ ބުނެ އުޅޭ. ބާޣީން އަބަދުވެސް ބަޣާވާތް ކުރާނެ އޭވެސް ބުނެ އުޅޭ. ސަރުކާރަކާ ބަޣާވާތުގެ ވިސްނުން ހުންނަ މީހަކާ އެކުނުވާނެ ކަމަށް ފެންނަނީ.
ރަންދެލި
23 March 2019
ގާސިމް ހުރީ ކުރީގެ ރައީސް ޔާމީން އާއެކު ކަމަށް ވާ ނަމަ، އަހަރުމެންގެ އިބޫ ރައީސް އާއެކު ގާސިމަކަސް ކާސިމަކަސް ނުހުރެވޭނެއެވެ. ތިޔަ އުޅެނީ ކީއްކުރާނަމޭ ހިތާ ހެއްޔެވެ؟
ހުއްބުލް ގަލަން
23 March 2019
އެކުއެކީގައި ދެމީހުން އެކަކު އަނެކަކު މަރަން ކަނޑި ދަމައިގެން ދެއްތޯ. އަނެއްހެން ގޯހެއްނޫން ތިވިދާޅުވި ޖުމްލައެއް.
.އެކުގާ
23 March 2019
.ދެން އެހެން ވިޔާ މިރޭން ފެށިގެން ތި ކިއާ ދައުރެއް ނިމިފާ އޮތްކަމަށް ބަލާ ތިހެން ވިއްޔާ ތިއޮތީ ދައުރު ނިމިފާ.
ސަންޕަ އަހަންމަދު
22 March 2019
ތިހެންކިޔާފާ ދެން ވަންނާނީ ރައީސްއޮފީހަށް. ނުކުންނައިރު ހުންނާނީ ބާވަތެއްގެ ހުމެއްޖެހިފާ. އެހުމުގެ ސަބަބުން މީހާ ބުއްދިވެސް އޮންނާނީ އޮކޮޅުކޮޅުން ޖެހިފާ. ދެން ގަނެލާނެ ފުލުޓުތަކުގެ އަދަދުވެސް ބުނެލަން ނޭންގޭ.
ކޮލެޖު ބޯއީ
22 March 2019
އަލީ ވަހީދު އަށް ނޭގޭތަ ޔާމީނު އަތުން އެންމެ އަނިޔާ ލިބުނީ ގާސިމަށް. އެންމެ ދެރަ ލިބުނީ ގާސިމް އަށް. މިއީ ހަގީގަތް. ދެން މިހަގީގަތް ގާސިމް އަށް ވެސް ހަމަ ރަނގަޅަށް އެނގޭ އިރުގައި ޔާމީނު ފަދަ އަނިޔާވެރިއަކާއި ގާސިމް ގުޅަން ޖެހޭ ސަބަބަބު ވަރަށް ވަރުގަދަ ވާނެދޯ؟ ސަބަބު ވަރަށް ސާފު. ގާސިމަށް މުހިއްމުވަނީ އޭނާ އަށް އަނިޔާވެރިވި މީހާއަށް ދެރަގޮތް ހެދުމުގައި ދެމިހުރުމުގެ ބަދަލުގައި ގައުމުގެ މުސްތަގިއްލުކަން ދެމެހެއްޓުން. އިންޑިއާގެ އުނގަށް ނުވެއްޓުން
އާދަމް ބާއީ
22 March 2019
ދެން ފެންނާނީ އޮޑިން ފުންމާލައިގެން ބޫންބޫންލާފާ އުދުހޭތަން.
ފައިސަލްބީ
22 March 2019
އަލީވަހީދު އެމްޑީޕީއަށް ސޮއި ކުރަން މާކަގިނަދުވަހެއް ނެތް.