22 މާޗް 2019 - 21:45
ހުޅުމާލޭގައި ސީ ލައިފް ގްލޯބަލް އިން އަޅަން ބުނި 3،000 އެޕާޓްމެންޓް ގަންނަން 50،000ރ ދީފައި ބުކިން ހެއްދި މީހުންގެ ތެރެއިން ބައެއް މީހުންނަށް އެ ފައިސާ އަނބުރާ ނުދެވި ވަނީ ދައުލަތުން ދޭން އެއްބަސްވި ފައިސާ ނުލިބިގެން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ސީ ލައިފް އަކީ ހުޅުމާލޭގައި ހައުސިން މަޝްރޫއުތަކެއް ހިންގުމާ ހަވާލުވެ އެކި މީހުން އަތުން އެޑްވާންސަށް ފައިސާ ނެގުމަށް ފަހު، އެޕާޓްމެންޓްތައް ނުނިންމައި އަދި ބައެއް މީހުންނަށް ފައިސާ އަނބުރާ ނުދިން މައްސަލައިގައި ހިމެނޭ ކުންފުންޏެވެ. ސީ ލައިފަށް ދެއްކި ފައިސާ އަނބުރާ ހޯދަން ގިނަ ބަޔަކު އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކޮށްފައިވާ އިރު، އެ މައްސަލަ ފުލުހުން ވެސް މިހާރު އަންނަނީ ބަލަމުންނެވެ.
Ahmatee aai Sea Life: Makaraai heelathuge thereygai
The most trusted news source in the Maldives
Mihaaru
ސީ ލައިފަށް ކުރެވޭ ތުހުމަތުތައް--
ސީ ލައިފްގެ ގާނޫނީ ވަކީލުކަން ކުރާ އެޑްވޮކަސީ ޗެމްބާސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިފަންޑް ފައިސާ 258 މީހަކަށް ދޭން ޖެހޭ ކަމަށެވެ. އެ މީހުންނަށް ފައިސާ ނުދެވި ލަސްވަނީ ދައުލަތުން އެ ކުންފުންޏަށް ލިބެން ޖެހޭ 12 މިލިއަން ޑޮލަރު (185 މިލިއަން ރުފިޔާ) ނުދީގެން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
"ދައުލަތުން ދައްކަން ޖެހޭ ފައިސާތައް ދެއްކުމާ އެކު ސީލައިފް ގްލޯބަލްގެ ފަރާތުން ފައިސާ ނުދެވިވާ އެންމެހައި ފަރާތްތަކަށް ފައިސާ ދޭނެކަން ބަޔާންކޮށް، ސީލައިފް މޯލްޑިވްސްއިން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަން ވެސް މި ލޯފާމަށް ވަނީ ކަށަވަރުކޮށްދީފައި،" ބަޔާނުގައި ބުނެފައިވެ އެވެ.
ހުޅުމާލެއިން ބޮޑު ބިމެއްގައި 3،000 ފްލެޓް އަޅަން ސީ ލައިފާ ހަވާލުކުރީ 2014 އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ. އެ އަހަރުގެ އޭޕްރީލް މަހު އެ މަސައްކަތް ކުރުމަށްޓަކައި ބިންގާ އަޅުއްވައިދެއްވީ އޭރުގެ ރައީސް ޔާމީނެވެ. ސީ ލައިފްގެ މެނޭޖިން ޑިރެކްޓަރަކީ އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) އެވެ.
ދައުލަތުން ފައިސާ ނުދީގެން ސީ ލައިފުން ވަނީ ސިވިލް ކޯޓަސް މައްސަލަ ވެސް ހުށަހަޅައިފަ އެވެ.
އެ ކުންފުނިން ދައުލަތާ ދެކޮޅަށް ދައުވާކުރީ އެމްޑީޕީގެ ވެރިކަމުގައި 80 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުންޏަށް ސަރުކާރުން ދިނުމަށް ފަހު، އެ އެއްބަސްވުން 2011 ގައި އުވައިލުމުން ބަދަލުގެ ގޮތުގައި އެ 12 މިލިއަން ޑޮލަރު ދިނުމަށް ސަރުކާރުން އެއްބަސްވެ، ސެޓްލްމަންޓް އެއްބަސްވުމެއް ހެދުމަށް ފަހު އެ ފައިސާ ނުދިން މައްސަލައިގަ އެވެ. ސީ ލައިފަށް 12 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެފައިސާ ނުދީގެން އެ ކުންފުނިން ކޯޓަށް ދިޔައީ މިދިޔަ ނޮވެމްބަރު މަހުގަ އެވެ.
Sea life in dhaulathaa dhekolhah 12 million dollar ge dhauvaa eh
The most trusted news source in the Maldives
Mihaaru
12 މިލިއަން ހޯދަން ސީލައިފުން ކޯޓަށް ދިއުން--
އެ ޕްރޮޖެކްޓް ކުރިއަށް ނުދިޔަ ސަބަބުތަކުގެ ގޮތުގައި ސީ ލައިފުން ބުނެފައިވަނީ އެ ކުންފުނިން އެގްރިމެންޓާ ހިލާފުވެފައިވާ ކަމަށް ބުނެ 2015 ވަނަ އަހަރު އެޗްޑީސީން އެގްރިމެންޓް އުވާލާފައިވާ ކަމަށެވެ. ފަހުން ކޯޓުން ވަނީ އެޗްޑީސީގެ އެ ނިންމުން ބާތިލް ކޮށްފަ އެވެ.
ސީ ލައިފްގެ ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭގެ ފަހުންވެސް އެޗްޑީސީން މުޅިންހެން މަސައްކަތް ކޮށްފައިވަނީ އެއްބަސްވުން ކުރިއަށް ގެންދިއުމުގެ ބަދަލުގައި އެއްބަސްވުން ހުއްޓުވުމަށް ކަމަށެވެ.
"ކުރިން ކޮށްފައިވާ އެތައް މަސައްކަތެއް އަލުން ކުރަން ސީ ލައިފް ގްލޯބަލްއަށް މަޖުބޫރުކޮށްފައިވާ ކަމަށާއި އެ ހުރިހާ މަސައްކަތްތަކެއް ކުރުމަށް އެތައް މިލިއަން ޑޮލަރެއް ބޭކާރުގޮތުގައި ސީ ލައިފް ގްލޯބަލްގެ ފަރާތުން ހަރަދު ކުރަން ޖެހުނު،" ބަޔާނުގައި ބުނެފައިވެ އެވެ.
ސީ ލައިފް އިން ހުޅުމާލޭގައި އަޅަން އެއްބަސްވި ހައުސިން ޔުނިޓްތަކަށް އެޑްވާންސް ފައިސާ އަތުލުމަށް ފަހު އެތަންތަނުގެ މަސައްކަތް ނުނިމި އަދި އެޑްވާންސް ފައިސާ ވެސް އަނބުރާ ނުދިން މައްސަލާގައި ގިނަ ބަޔަކު އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކުރާއިރު، އެކަމުގައި ހައުސިން ޑިވެލޮޕްމަންޓާއި އިކޮނޮމިކް މިނިސްޓްރީން ފިޔަވަޅު ނޭޅި ކަމަށް ބުނެ އެ ދެ އިދާރާއާ ދެކޮޅަށް ވެސް ގިނަ ބަޔަކު ވަނީ ދައުވާކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޮށަލިތަކުރު
24 March 2019
ރިފަންޑް ހޯދަން އުޅެނީ ދައުލަތުން ދިން ފައިސާއަކުންނޫނެވެ. އެއީ އެމީހުން ދީފައިވާ އެއްޗެކެވެ. ދެން މިދައްކަނީ ކޮންބަހަނާއެއް ހެއްޔެވެ. އެމީހުން ދިން ފައިސާ އެމީހުންނަށް ދޭށޭ ބުނީމާ ދައުލަތޭ ކިޔައިގެން އަނެއްކާ އިތުރު ލާރިކޮޅެއް ދަމައިގަންނާނެގޮތެއް ހޯދަނީތާއެވެ. މާތްކަލާކޯއެވެ. މިވެރިންނަށް ދައުލަތުންވިޔަސް އަދި އެހެން ފަރާތަކުން ވިޔަސް އިތުރު ލޯލާރިއެއްވެސް ދީގެންނުވާނެއެވެ.
ހަސަނު
24 March 2019
ކީއްވެތޯ ސަރުކާރުން ލާރިދޭން މިޖެހެނީ.. އެ ލާރި ދޭން ޖެހޭނަމަ ކީއްވެތޯ ނުދެވި މިހާ ދުވަސް މިވަނީ.. މިދޭތެރެއަކުން އެހެން ކުންފުނިތަކަކަށް މާ ގިނަ ލާރި ދިން އިރު އާންމު ރައްޔިތުން ތަކެއްގެ ގިނަ ބަޔަކު ހިމެނޭ މި މައްސަލާގައި ފައިސާ ދިނުން މާ އައުލާކަން ބޮޑު ހެން މަށަށް ހީވަނީ...
މަށަކީވެސް ވިކްޓިމްއެއް
24 March 2019
50،000 ރުފިޔާ އަކީ ބުކިންގްފީ އެންމެ ކުޑަ އަދަދު. 450،000 ރުފިޔާ އެޑްވާންސް ޕޭމަންޓް އެއްކޮށް ދެއްކި މީހުންގެ އަދަދު 100 އަށް ވަރަށް އަރާ!!! ގިނައީ ލޯނުނަގާ ދަރަނި ވެރިވެގެން ލާރި ދެއްކި މީހުން. ފުރަތަމަ ނެރިފަ އޮތް ބަޔާން ވެސް އޮޅުވާލާފަ!!!!!!!!!
ކައިލްސް
24 March 2019
ސަރުކާރުންތަ އެޑްވާންސް ނެގީ. ވަކި ކަމަކަށް މަތި ކޮށްފައި ފައިސާ ނުދީ ތިބެގެން ނުވާނެ.
ސީލައިފި
23 March 2019
އޭނަ ހައްޔަރުކޮއްބަލަ!
ކަންއޮތްގޮތް
23 March 2019
ރައީސް ޔާމީންގެ ވެރިކަމުގެ ކޮރަޕްޝަނުގެތެރެއަށް އިތުރު ޢަދަދެއް އެއްވެ، ރައްޔިތުންގެބޮލުގައި އަނެއްކާ އަނެއް ބޮޑުޢަދަދު އެޅެންތައްޔާރުވަނީދޯ! ބަޣާވާތެއްގެ ހިތިރަހަ މިއޮތީ މިޤައުމުގެ އަރުތެރޭގައި ކިތަންމެރަނގަޅަކަށްވެސް ލާފައެވެ. އެއިރު ދީނަށްޓަކައެވެ! ޤައުމަށްޓަކައެވެ. ކަމުގެ ޙަޤީޤަތަށް ދިޔައިމާ މިފެންނަނީ ޖީބައްޓަކައި، އަންބޮނޑިއަށްޓަކައިވެފައިވާކަމެވެ! ރައްޔިތުން ދަރުވާފަވާ މިންވަރެވެ. މިއަދު މިފެންނަނީ އެބައިގަނޑު މަޖިލީސްހޯދަން އުޅޭތަނެވެ!
ފިޔަވަޅުއަޅާ
23 March 2019
މިކުންފުނީގެ ހިއްސާދާރުންނާއި ޑިރެކްޓަރުންގެ ނަންތައް ހާމަޖޮށްދީބަލަ! މިހާ ހަޔާތް ކުޑަކޮށް އުޅޭއިރުވެސް ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ކަހެރުވަކެކޭވެސް ހީނުވޭތޯ؟
ހަކީމް
23 March 2019
މަވެސް ބޭނުން މިކަހަލަ ޕްރޮޖެކްޓް ހިންގަން ... ސުމަކުން ފަށައިގެން ހަޔެއްކަ އަހަރުތެރޭ 185 މިލޔަން ރުފިޔާ ، ޓެކްސް ފައިސާއިން ... މީތި ސަޅި ...
ދަތްދޫނި
23 March 2019
ރައްޔިތުންނޭވެ! ސަރުކާރަކުން އެއް މިކަމަކަށް ހައްލެއް ހޯދާދީފާނެ ކަމުގެ އިޝާރާތެއް އަދި ފެންނަ ތަނެއް ނުފެނޭ. ރައްޔިތުންނަށް ތަފާތު އެކި ބަހަނާތައް މި ވެރިން ދައްކަމުން ދާތަން މި ފެންނަނީ. މިހެންކަމުން ރައްޔިތުން އެވެރިންނާއި ހަވާލު ކުރިފައިސާ ހޯދުމަށް ރައްޔިތުން ނުކުމެ އެވެރިން ތިބި ތަނަކުން ހޯދާ މި ފައިސާ ލިބިގަތުމަކީ މިހާރު ކުރަންޖެހިފައިވާ ކަމެއްގެ ގޮތުގައި ދެކޭ ވާހަކަ ދަންނަވަން. މިނޫން ގޮތަކަށް މި ފައިސާ ލިބޭނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ.
ޢަހްމަ
23 March 2019
ދައުލަތުން މިމީހުންނަށް ކޯންޗެއްތޯ މިދޭންޖެހެނީ، އަޖައިބު، އަބަދުވެސް ދައުލަތް ދަރަނިވެރިވަނީ، ވިލާގެ ރަށްތަކަކަށް ކުލި ނުދެއްމުން އެތަންތަން ނެގީމަވެސް އެމީހުންނަށް ދައުލަތުން ލާރި މިދޭންޖެހެނީ، ޖާބިރަށްވެސް އެފަދައިން މީ ދެން ކޮންފަދަކަމެއް.
އެނގުނަސް
23 March 2019
އެމްޑީޕީގެ މާލިއްޔާގެ ކުރީގެބޮޑުމީހާ މައުސޫމަށްވެސް އެތައް މިލިޔަން ޑޮލަރެެއް ދޮގެއްތޯ.