25 މާޗް 2019 - 14:18
ވެލިންޓަން (މާޗް 25) - ކްރައިސްޗާޗުގެ ދެ މިސްކިތަކަށް މި މަހު 15 ވަނަ ދުވަހު ހަމަލާދީ 50 މީހުން މަރާލި ހާދިސާ ތަހުގީގު ކުރުމަށް ބޮޑު ވަޒީރު ޖަސިންޑާ އާޑާން އަންގަވައިފި އެވެ.
އެކަމަނާ މިހާރު ވަނީ ރޯޔަލް ކޮމިޝަނެއް އުފައްދަވައިފަ އެވެ. އެފަދަ ހަމަލާއަކުން ސަލާމަތްވުމަށް ފުލުހުންގެ އިންޓަލިޖެންސަށް ކުރެވޭނީ ކޮން ކަމެއްތޯ ވެސް ކޮމިޝަނުން ބަލާނެ އެވެ.
ރޯޔަލް ކޮމިޝަނަކީ ނިއު ޒީލެންޑުގެ ގާނޫނުތަކުގެ ދަށުން އުފެއްދޭނެ ވަކި ފަރާތަކަށް ނުޖެހޭ އެންމެ މަތީ ފެންވަރުގެ ކޮމިޝަނެވެ. އާޑާން ވިދާޅުވީ ފުރިހަމަ ރިޕޯޓެއް ކޮމިޝަނުން ތައްޔާރު ކުރާނެ ކަމަށެވެ.
"ޓެރަރިޒަމްގެ މި އަމަލު ހިންގި ސަބަބު ދެނެގަތުމަށް ނުފޮރޮޅާ އެންމެ ގަލެއް ވެސް ނުބާއްވާނަން. އަދި އެފަދަ ކަންތައް ހުއްޓުވޭނީ ކިހިނެއްތޯ ވެސް ބަލާނެ،" ވެލިންޓަނުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އާޑާން ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ ސެމީ އޮޓޮމެޓިކް ހަތިޔާރު ލިބުނު ގޮތާއި އެފަދަ ހަމަލާއެއް ދިން އިރު ސޯޝަލް މީޑިއާގެ ރޯލަކީ ކޮބައިތޯ ވެސް ބަލާނެ ކަމަށެވެ.
ކްރައިސްޗާޗް ހަމަލާ އަށް ފަހު ނިއު ޒީލެންޑުގައި ވަނީ ސެމީ އޮޓޮމެޓިކް ހަތިޔާރު މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ihaaru.
25 March 2019
ކޮންމެސް ދިވެހި ސިފައިން ތަހްޤީގް ކުރާހެން ނުކުރަށްވާތި މެޑަމް! ތިޔައީ މިވަގުތު ޖަވާހިރެއްފަދަ ކަނބަލެއް!
ކާނަލް
26 March 2019
ދިވެހި ސިފައިން އެއީ ތަޙްޤީޤް ކުރާ ބައެއްތަ؟
ޔަގީންތާ
25 March 2019
ތަމެންނައް ފެނޭތޭ...ފެނޭދޯ....މުސްލިމް ގައުމެއްގަ މިކަހަލަ ކަމެއްކުރަން ކެރޭނެ ވެރިއަކު ނުހުންނާނެ.
ފައިސާ ފައިސާ
25 March 2019
މިއީ ހަގީގީ ލީޑަރުންނަކީ.
އުފާ
25 March 2019
ހެޓްސް އޯފް ޓު ޖަސިންދާ! މުސްލިމެއްގެ ހައިސިއްޔަތުން އަހަރެން ވަރަށް އުފާވޭ އެކަމަނާ އެ ދައްކަވާ ނަމޫނާއަށް
އުފާ
25 March 2019
ސާބަހޭ. ފެނޭތަ ގަދަ އަންހެން ލީޑަރުން.
ބޮންދު
25 March 2019
މީ ބެސްޓް ބިގްވަޒީރެއް، ހިދާޔަތު ދައްކަވާށި