29 މާޗް 2019 - 14:34
ލ. ގަމުގައި ބުކް ފެއާއެއް ބޭއްވުމަށް ނޮވެލްޓީން ނިންމައިފި އެވެ.
ހަމަދު ބިން ހަލީފާ އަލް ސާނީ ސްކޫލް ގައި މާދަމާ އިން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ފެއާ ގައި ހުރިހާ އުމުރެއްގެ މީހުންނަށް ބޭނުންވާ ޚާއްސަ ފޮތްތައް ހުންނާނެ ކަމަށް ނޮވެލްޓީގެ މެނޭޖަރު އިރުފާން އިސްމާއިލް ވިދާޅުވި އެވެ. ޚާއްސަކޮށް ކުޑަކުދިންނާ ގުޅޭ ފޮތްތަކާއި ދިވެހި ފޮތްތަކާއި ސްޓޭޝަނަރީ ވެސް މާލެ އިން ވިއްކާ އަގުގައި މި ފެއާ އިން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިރުފާން ވިދާޅުވި ގޮތުގައި، ގަމުގައި ބުކް ފެއާއެއް ބޭއްވުމުގެ ބޭނުމަކީ ރަށްރަށުގެ މީހުންނަށް ފަސޭހަކަމާ އެކު ފޮތްތައް ފޯރުކޮށްދިނުމާއި ފޮތް ކިޔުމަށް ލޯބި އުފެއްދުމުގެ އިތުރުން ރަނގަޅު އަގެއް ގައި ފޮތްތައް ގަތުމުގެ ފުރުސަތު ހޯދައިދިނުމެވެ.
މި ފެއާ ގައި 600 އަށް ވުރެ ގިނަ ދިވެހި ފޮތާއި 5،000 ވުރެ ގިނަ އިނގިރޭސި ފޮތް ލިބެން ހުންނާނެ އެވެ.
ހަމަދު ބިން ހަލީފާ އަލް ސާނީ އަކީ ނޮވެލްޓީއާ ގާތްގުޅުމެއް ބާއްވަމުން އަންނަ ސްކޫލެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާތުނޑު ހަސަން
30 March 2019
ކޮބާ މާލޭގައި މިއަހަރު ނުބާއްވަނީތަ .