އެންޓި ކޮރަޕްޝަން ކޮމިޝަން. އެ ކޮމިޝަނުން ވަނީ ނަޒާހަތްތެރިކަމުގެ ގައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި.
01 އެޕްރީލް 2019 - 13:45
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓް ހޯދަން ހިންގަފާނެ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މީހުން ހޭލުންތެރި ކުރުމުގެ ސޯޝަލް މީޑިއާ ކެމްޕޭނެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް އެބަ ގެންދެ އެވެ.
މިދިޔަ މަހުގެ 26 އިން ފެށިގެން އޭސީސީން ކުރިއަށް ގެންދާ ކެމްޕޭންގައި މިއަދު ވަނީ އޭސީސީން ޓްވީޓްތަކެއް ކޮށް، އިންތިހާބީ ކޮރަޕްޝަނަށް ވާނެ ބައެއް ކަންކަން ކިޔައިދީފަ އެވެ. އެގޮތުން އިންތިހާބަށް ކެމްޕޭންކުރަން ކެންޑިޑޭޓުންނަށް ފައިސާ ބޭނުންކުރެވޭނީ ކިހިނެއްކަން ބުނެދީފައިވެ އެވެ.
"އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރުމަށް ޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި، ނަން ހާމަ ކުރަން ބޭނުން ނުވާ ފަރާތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި އެއްވެސް ކެންޑިޑޭޓަކު ނުވަތަ އެ ކެންޑިޑޭޓުގެ ފަރާތުން އެހެން މީހަކު ވިޔަސް ބޭނުންކޮށްގެން ނުވާނެ އެވެ،" އޭސީސީގެ ޓްވީޓެއްގައިވެ އެވެ.
#MageyVoteMageyNazaahaiytherikan #accmv #މަގޭވޯޓުމަގޭނަޒާހަތްތެރިކަން pic.twitter.com/nFOmnVzdvw
— ACC-MALDIVES (@ACC_Maldives) April 1, 2019
ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ފިޔަވައި ދައުލަތުގެ ފައިސާ ކެމްޕޭނަށް ހަރަދުކޮށްގެން ނުވާނެ ކަމަށާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ފައިސާ ބޭނުންކޮށްގެން ނުވާނެ ކަމަށް އެހެން މެސެޖުތަކެއްގައިވެ އެވެ.
މިފަހަރުގެ އިންތިހާބުގެ ކެމްޕޭންގައި ބައެއް ކެންޑިޑޭޓުން ރިޝްވަތު ދިން ކަމަށް ތުހުމަތުކުރި މައްސަލަތަކެއް އޭސީސީއަށް ކުރިން ހުށަހެޅި އެވެ. ނަމަވެސް އެފަދަ މައްސަލައެއްގައި ކެންޑިޑޭޓަކަށް ފިޔަވަޅެއް އަޅަން ޖެހޭ ކަން އޭސީސީގެ ތަހުގީގަށް ސާބިތެއް ނުވެ އެވެ.
#MageyVoteMageyNazaahaiytherikan #accmv #މަގޭވޯޓުމަގޭނަޒާހަތްތެރިކަން pic.twitter.com/5ztannXucI
— ACC-MALDIVES (@ACC_Maldives) April 1, 2019
އިއްޔެ އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްކޮންފަރެންސްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެފަދަ ބައެއް ޝަކުވާތައް ލިބުނު ކަމަށާއި އެ މައްސަލަތައް އޭސީސީއަށް ހުށަހަޅަން އިރުޝާދު ދީފައިވާނެ ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި 87 ދާއިރާއަށް 300 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އީސީން އިއްޔެ ބުނީ އިންތިހާބަށް ވާން ޖެހޭ ތައްޔާރީ ތަކުގެ 99 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިހާފީ
02 April 2019
ރިޔާސީ އިންތިޚާބުގައި ދައުލަތުގެ ވަސީލަތްތައް އިންތިހާއަށް ބޭނުންކޮށްގެން ކެމްޕޭނު ކުރިއިރު ކެމްޕޭނު ކުރީ ޕީޕީއެމަށް ދެއްތޯ؟
ބޯގޯސް
01 April 2019
5 އަހަރު ތެރޭގައި މީގެ މީހެއްގެ އަތުން ހަމަ އެކަނި ލިބޭނެ އެއްޗަކީ ވޯޓް ދޭން ބުނެގެން ލިބޭނެ އެއްޗެއް، އެވެސް ނުލިބޭ ވަރު ކުރަން ތިއުޅެނީ. "މަގޭ ވޯޓަކީ ، މަގޭ ހައްޤެއް" އެހެންވީމަ އެޔައް ހަދާނެ ގޮތްއިގޭނީ މަށައް، ޝުކުރިއްޔާ.
ޜަދަން
01 April 2019
މައްޗަނގޮޅި ދެކުނު ދާއިރާ އަށް ކުރިމަތި ލައިގެން އުޅޭ އަހްމަދު ހައިތަމްގެ ރިޝްވަތު ގެ މައްސަލަ ބަލާދެވޭނެތަ. ލައްކަ އިން އެބަ ހަރަދު ކުރޭ.
ޖަމްބޯ
01 April 2019
އަދި މާ އަވަހެއްނު ކެމްޕޭން ކުރިއަށް ގެންދަން
ކަރަޕްޓް
02 April 2019
ކެމްޕޭން މާ ކުރިން ފަށައިފި، ޖަމްބޯ މި ދުނިޔޭގައިތަ ތިއުޅެނީ
ހިޝާ
02 April 2019
ކެމްޕޭން އެހާ ކުރިން ފެށުނުނަމަ މިއަދަކު ނޫން ދޯ މި ޚަބަރު ފެންނާނީ. ތި ކޮމިޝަނަކީ ޕަދްމާވަތެއްގެ ދަށުވެ ފުލެޓަށް ބޫތު ހިފާފަ ހުރި ތަނެއް