03 އެޕްރީލް 2019 - 09:36
ތުއްތު ކުއްޖަކު ސައިކަލް ވަށިގަނޑަށް ލައިގެން މާލޭގައި ދުއްވި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ރޭ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަގޮތުގައި ރޭގަނޑު އާޓިފިޝަލް ބީޗް ކުރިމަތިން، ވޭވް ހުދު ސައިކަލެއްގައި ދިޔަ މީހަކު އިންނަނީ ކުޑަ ފިރިހެން ކުއްޖަކު ސައިކަލް ވަށިގަނޑަށް ލައިގެންނެވެ. އެ ކުއްޖާ ވަށިގަނޑު ތެރޭގައި އިނީ އެނބުރި ވެސް ނުލެވޭހާ ތާށިކޮށެެވެ. ސްޕީޑް ބްރޭކަރު މަތިން ސައިކަލް އަރާއިރު ވަށިގަނޑު މައްޗަށް އުފުލި ތިރިވާތީ ފެނެ އެވެ.
ސައިކަލް ދުއްވި ތަން ވީޑިއޯކޮށްފައި ވަނީ އެހެން ސައިކަލެއްގައި ދިޔަ މީހަކު ކަމަށް ބެލެވެ އެވެ. ނަމަވެސް މިއީ ކޮން އިރަކު ހިނގި ކަމެއްކަން އެނގޭނެ ގޮތެއް ވީޑިއޯ އަކު ނެތެވެ. އަދި ކުއްޖާ ގޮވައިގެން ދިޔައީ ކާކު ކަމެއް ވެސް އަދި ނޭނގެ އެވެ.
ކުޑަކުއްޖާ ސައިކަލް ވަށިގަނޑުގައި
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އިތުރު ތަފްސީލު ހާމަކުރާނެ ކަމަށެވެ.
މި ވީޑިއޯ އަށް ސޯޝަލް މީޑިއާގައި ފާޑު ކީ ބައެއް މީހުން ވަނީ މިއީ ލާއިންސާނީ އަމަލެއް ކަމަށް ބުނެފަ އެވެ. ކުއްޖާ ގެންނަ ހަރަކާތަކުން ނުވަތަ ވަށިގަނޑު ބިނދުން ފަދަ ކަމަކުން އެ ކުއްޖާ އަށް ކޮންމެ ފަދަ ގޮތެއް ވެސް ވެދާނެ ކަމަށް ބުނެ، މިކަން ކުރި މީހާ އަށް ފިޔަވަޅު އަޅަން މީހުން ގޮވާލާފައިވެ އެވެ.
މީގެ ކުރިން ވެސް ވަނީ ކުޑަކުދިން ގޮވައިގެން ދުއްވާ މީހުންގެ މިފަދަ މައްސަލަތަކެއް ފެންމަތިވެފަ އެވެ. ބައެއް ފަހަރު ކުޑަކުދިންގެ އަތަށް ހުންގާނު ދީގެން ދުއްވުމާއި ކުޑަ ކުއްޖަކާއެކު ތިން މީހުން ސައިކަލަށް އަރައިގެން ދުއްވުން ފަދަ ކަންކަން ވެސް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯހަލާކު
03 April 2019
ފޫކޮޅުގަ ސިކުޑި އިން ފުލުހެއް.
ރިސޯޓުމީހާ2
03 April 2019
މައްސަލަ އަކީ މަޖިލީހު މެންބަރުން އެމީހުންގެ ޒިންމާ އަދާ ނުކުރާތީ .. މިފަދަ ކަންތައްތަކައް ގާނޫނެއް ހަދާފައި ހަރުކަށި އަދަބު ދޭގޮތައް ހަދާ ބަލަ ކުޑަ ކުދިންނައް އިހުމާލު ވާ މީހުންނާ މެދު..
މަހޭބެ
03 April 2019
މެޑަމް: ކުޑަކުއްޖާގެ ބޮލުގައި ހެލްމެޓް އެޅުވީމާ ތިކަން އޯކޭ ވާނެ
ބޮޑުރިޔާ
03 April 2019
ބުނެލަންއޮތީ ވަރަށް ދެރަވެއްޖޭ ޅަދަރިންނަށް މިހެން އަނިޔާދިނީމާ ވަރަށް ހިތުގައިޖެހިއްޖޭ
ތޮމް
03 April 2019
ޖަލަށް ލާބަލަ
ދޯ
03 April 2019
ތިޔަ ކަންކުރީ ފުލުހެއް ކަމައް ވަނީ.
މުހަންމާދި
03 April 2019
ހަމަ އެންމެ އެއްޗެއް ހިތަށް އަރަނީ. ދުއްވަން ހުރީ ބުއްދި ސަލާމަތުން ހުރި މީހެއް ބާވައޭ.
ޤައުމު
03 April 2019
ވަށިގަނޑުން ވެއްޓުމުގެ އިތުރުން އެވަރުގަދަ ހެޑްލައިޓުންވެސް އެކުއްޖާގެ ލޮލަށް ކިހާ ގެެއްލުމެއް ވާނެ. ކިހާ ހޫނެއްވާނެ. ދަރިން ގެންގުޅެން ބޭނުންނެތިއްޔާ ބޭނުންމީހުނަށް ދޭންވީނުން. މަރަންވީ!
މަ މިއު މަ
03 April 2019
ބޮޑުވަރު އިނގޭ!
20000
03 April 2019
މާލޭގެ މަސައްކަތް ކުރާ ސައިޓްތަކުގެ ސަލާމަތާއި ރައްކާތެރިކަށް ސިޓީ ކައުންސިލްއިން މަސައްކަތް ކުރާނީ ކޮންއިރަކުން.... ކުރިން ކީ ބާރެއް ނެތޭ. ހަމަ އެކަނި އޮތީ މަރުވާ މީހުން ވަޅުލުމުގެ ބާރޭ،، މިހާރު ބާރުދިނީމާ ވީ ކޮންކަމެއް. ވީ ކަމަކީ ހަމަ އެކަނި މުސާރަ ބޮދު ކުރުން