ބިދޭސީ މަސައްކަތު މީހުންތަކެއް: މިހާރު ގަމު އިންޓަނޭޝަނަލް އެއާޕޯޓުން ވެސް މި މީހުންނަށް ރާއްޖެ އެތެރެވެވޭނެ
03 އެޕްރީލް 2019 - 17:07
ރާއްޖޭގައި މަސައްކަތް ކުރަން އަލަށް ގެންނަ ބިދޭސީން ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެތެރެވެވޭނެ އިންތިޒާމް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހަމަޖައްސައިފި އެވެ.
ބިދޭސީ މަސައްކަތު މީހުންނަށް މިހާތަނަށް ރާއްޖެ އެތެރެވެވެނީ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
އިމިގްރޭޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ގަން އެއާޕޯޓުން ބިދޭސީން އެތެރެ ވެވޭނެ ގޮތް ހެދުމަކީ އައްޑޫގެ އާއްމުންނާއި ވިޔަފާރިވެރިންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އެއީ އައްޑު އަށް ގެންދަން ބޭނުންވާ ބިދޭސީން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ސިޓީ އަށް ދިއުމަށް ބޮޑު ހޭދައެއް ކުރަން ޖެހޭތީ އެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި މާލޭން އައްޑު އަށް ބިދޭސީން ގެންދާއިރު ޓިކެޓާއި ކެއުމުގެ ޚަރަދުގެ އިތުރުން، މާލޭގައި މަޑުކުރަން ޖެހިއްޖެ ނަމަ ގެސްޓް ހައުސްއެއް ގައި ބަހައްޓަން ޚަރަދު ކުރަން ޖެހޭތީ އެކަމާ އައްޑޫގެ މީހުން ކަންބޮޑުވުން ފާޅުކުރެ އެވެ.
"އިމިގްރޭޝަނުގެ މަގްސަދަކީ ރައްޔިތުން ގަބޫލުކުރާ ފެންވަރަކަށް ހިދުމަތް ދިނުމާއި ލުއި ފަސޭހަ ގޮތަކަށް ހިދުމަތްތައް ދިނުމެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް، އާއްމުންނަށް ފަސޭހަވާނެހެން ހިދުމަތްތައް ދެވޭނެ ގޮތަކަށް ކަންކަން އިންތިޒާމްކޮށް، ހިދުމަތްތައް ފުޅާކުރާނަމެވެ." ނޫސް ބަޔާނުގައި އިމިގްރޭޝަނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަގޭ.
04 April 2019
އެތެރެނުވެވޭ ގޮތްހަދައިދޭށޭބުނީމާ.. އިތުރު ދޮރެއް ތި ހުޅުވީ.. ބޯހަލާކު
ނިކަމެތި
04 April 2019
ސުބުޙާނަﷲ . މި ގައުމަށް ތިޔަހެން ނުހަދާ. ހިތުހުރި ދިމާއަކުން އެތެރެކުރާއިރު އެވަރުގެ މޮނިޓަރިން އަދި ތަންފީޒީ ނިޒާމެއްނެތް. މަ ބޭނުން ކުޅުއްދުއްފުއްޓަން އެތެރެކުރަން. ތިޔައީ އިތުރަށް ބިދޭސީންގެ މައްސަލަ ގޯސްވެގެންހިނގައިދާނެކަމެއް. ތިޔަހެން ނުހަދާ. އިބޫ އަށް ވޯޓް ދެވުނީތީ ހިތާމަކުރާހިސާބަށް ދާނެކަމަށް ހީކުރެވެން ފަށައިފި.
ކިނިކްސް
04 April 2019
މިކަމަކީ ވ ބޮޑުކަމެއްގެ ފެށުމެއް.
ވަހީދު
04 April 2019
އަދިވެސް އެތެރެކުރާވާހަކަ އަޑުމިއިވެނީ. އަހަރެމެން އިބޫއަށް ވޯޓް ދިނީ އެތެރެކުރަަކަށް ނޫން. ވަގަށް އުޅޭމީހުން ބޭރުކޮށް ގައުމުގައި އެމީހުންގެ އަތްދޮށުގައިވާ ދާއިރާތަށް އެމީހުންގެ ބާރު ކަނޑުވާ ދިވެހިންނަށް ލިބޭނެގޮތް ހެދުމަށް. އިތުރު ދޮރާށިތަށް ހުޅުވައިގެން އަދިވެސް ވައްދަނީ ދޯ
މީމަށޭ
04 April 2019
ތިދެން ގައުމުތަކުގެ ސިފައިން ލޭބަރުނގެ ނަމުގައި އަންނަން ދޮރު ހުޅުވާލީ
ބަލަމާ
03 April 2019
ތިޔަދެން މިހާރަށްވުރެން ބިދޭސީންގެ ކަންތައް ގޯސްވުމުގެ ފާލެއް.
ޒުވާރި
03 April 2019
މާލެ ނޫންތަނަކުން މިކަހަލަ ފަސޭހައެއް ލިބުނީމަ ނިކަން މޮޅެތި ކޮމެެންޓުތައް ފެންނާނެ.
ސަކީނާ
03 April 2019
ދެކުނުގެ އަތޮޅުތަކަށް ވަރަށް ފަސޭހަވާނެ
ހިގޮ
03 April 2019
އަނެއްކާ އޮޅިގެން ޑީޕޯޓު ކުރާމީހުން ނުވައް ދައްޗޭ މި ޢީ ވަރައް ކަންތައް ތައް އޮޅޭ ގައުމެއް
ވޯރާ
03 April 2019
ހުރިހާދޮރެއް ހުޅުވާލާ .... ކަނޑުމަގުންވެސް އެތެރެކުރެވުނުގޮތަކަށް އެތެރެކުރަންވީ.....