ވިންޑޯޒް 10 އަޕްޑޭޓްކުރުމުން، ޔޫއެސްބީ ޑްރައިވް ކުއްލިއަކަށް ނައްޓުވާލުމުން މައްސަލައެއް ނުޖެހޭނެ ކަމަށް މައިކްރޮސޮފްޓުން ބުނޭ
09 އެޕްރީލް 2019 - 07:14
ޔޫއެސްބީ ޕެންޑްރައިވް، ތަމްބް ޑްރައިވް އަދި ތަންޑާބޯލްޓް ޑްރައިވްތައް ކޮމްޕިއުޓަރުން ނައްޓުވާލުމުގެ ކުރިން، "ސިސްޓަމް ޓްރޭ" އަށް ގޮސް "ސޭފްލީ ރިމޫވް ޔޫއެސްބީ ޑްރައިވް" އަށް ފިތާލަން ޖެހެ އެވެ. މިއީ މުސްކުޅި ގަދީމީ ވިސްނުމެއް ކަމަށް ގަބޫލުކުރެވިދާނެ އެވެ. ނަމަވެސް، ހަމަ ކުއްލިއަކަށް ޔޫއެސްބީ ޑްރައިވް ދަމައިގަތުމުން، އޭގައި ހުންނަ ފައިލްތައް ހަލާކުވުން ނުވަތަ ޑްރައިވް އަށް ގެއްލުމެއް ލިބުން ފަދަ ކަމެއް މެދުވެރިވުން ވެސް އެކަށީގެންވެ އެވެ. މި ކަހަލަ ހާލަތްތައް ބައެއް މީހުންނަށް ތަޖުރިބާކުރެވިފައި ވެސް އެބަ ހުއްޓެވެ.
މައިކްރޮސޮފްޓުން މިހާރު ބުނަނީ، ވިންޑޯޒް 10، ވާޝަން 1809 އަށް އަޕްޑޭޓްކުރުމަށް ފަހު، "ސޭފްލީ ރިމޫވް ޔޫއެސްބީ ޑްރައިވް" އަށް ވިސްނަން ނުޖެހޭނެ ކަމަށެވެ. އެ މީހަކު ބޭނުންއިރެއްގައި ޕެންޑްރައިވް ދަމައިގަންނަންވީ ކަމަށެވެ.
ވިންޑޯޒް 10، ވާޝަން 1809 އަށް ކޮމްޕިއުޓަރު އަޕްޑޭޓްކުރުމުން، ޔޫއެސްބީ ޑްރައިވް ކުއްލިއަކަށް ނައްޓާލަފާނެ ކަމަށް ވިންޑޯޒް ބަލަ އެވެ. މިކަން ކަށަވަރުކުރުމަށް "ދިސް ޕީސީ" އައިކަން އަށް ކަނާތު މައުސް ބަޓަނުން ފިތާލައި "ޕްރޮޕަޓީޒް" އިޚުތިޔާރުކުރާށެވެ. އެ އަށް ފަހު "ޑިވައިސް މެނޭޖާ" އަށް ގޮސް "ޑިސްކް ޑްރައިވްސް" އަށް ފިތާލާށެވެ. މިކަން މި ގޮތަށް ކުރާއިރު، ޔޫއެސްބީ ޑްރައިން އިންނަން ޖެހޭނީ ކޮމްޕިއުޓަރަށް ގުޅާފަ އެވެ.
ޔޫއެސްބީ ޑްރައިވް އަށް "ރައިޓް ކްލިކް" ކުރުމަށް ފަހު، "ޕްރޮޕަޓީޒް" ދެން "ޕޮލިސީޒް" އަށް ދާށެވެ. ޔޫއެސްބީ ޑްރައިވް މިހާރު ހުންނަންޖެހޭނީ "ކުއިކް ރިމޫވަލް" އަށް ސެޓްވެފަ އެވެ.
"ކުއިކް ރިމޫވަލް" ފީޗާ އަކީ ވަރަށް ގިނަ މީހުން ބޭނުންވާ ފަސޭހައެކެވެ. އެކަމަކު "ބެޓާ ޕާފޮމަންސް" އަށް ސެޓްކުރުމުން، ޔޫއެސްބީ ޑްރައިވްގައި އިންނަ ފައިލެއް ހުޅުވައިގެން ކުރާ މަސައްކަތްތައް "ކުއިކް ރިމޫވަލް" އަށް ސެޓްކޮށްފައި ހުންނައިރަށް ވުރެ، އަވަހެވެ. ޔޫއެސްބީ ޑްރައިވް "ބެޓާ ޕާފޮމަންސް" އަށް ސެޓްކުރުމުން ދެން ޑްރައިވް ނައްޓާލަން ވާނީ "ސޭފްލީ ރިމޫވް ޔޫއެސްބީ ޑްރައިވް" އިޚުތިޔާރުކުރުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުއިކް ރިމޫވް
09 April 2019
ޑިފޯލްޓްގައި އިންނަނީ ކުއިރިމޫވް ޗެކްކުރެވިފަ. ބެޓަރ ޕަރފޮމަންސަށް ލާން ތިޔަގޮތް އޯކޭއި.
ޕްރޯ
09 April 2019
ބޭކާރު ފީޗާއެއް
ތިމާވެށި
09 April 2019
ޔޫއެސްބީ ޑްރައިވް ބޭނުންކޮއްކޮއްހުއްޓާ ދަމައިގަތަސް އެހަލާކެއްނުވާނެ، އެކަމަކު ފައިލް ސޭވްނުވަނިސް ނޫނީ ޕީސީއައް އަޕްލޯޑްނުވަނިސް ދަމައިގެންފިއްޔާ އެފައިލް އަޕްލޯޑް ނޫނީ ޑައުންލޯޑްނުވާނެ. އެކަމަކު ކުރިންސުރެ އޭގަހުރި އެއްވެސްފައިލްއަކައް ގެއްލުމެއްނުވާނެ.