އެމްއެސްސީ މެގްނިފިކާ ޕެސެންޖާ ލައިނާ މާލޭ ބަނދަރުގައި. --ފޮޓޯ:ނިޝާން އަލީ/މިހާރު
10 އެޕްރީލް 2019 - 10:30
ރާއްޖެއަށް މިހާތަނަށް އައި އެންމެ ބޮޑު އެއް ޕެސެންޖާ ލައިނާ މިއަދު މާލޭގައި ބަނދަރުކޮށްފި އެވެ.
އެމްއެސްސީ މެގްނިފިކާގެ ދިގުމިނުގައި 964 ފޫޓު ހުރެ އެވެ. މި ބޯޓުން 2،500 މީހުން އަ އެވެ. ކްރޫއިންގެ ގޮތުގައި 1،200 މީހުން ބޯޓުގައި އުޅެ އެވެ. މި ބޯޓު 2010 ދަތުރުތައް ކުރަން ފެށި އިރު މި ބޯޓު ބަންނަން 547 މިލިއަން ޑޮލަރު ޚަރަދުވި އެވެ. ބޯޓުގައި ސްވިމިން ޕޫލަކާއި ވެލްނެސް ސެންޓަރެއްގެ އިތުރުން ސިނަމާއެއް ވެސް ހުރެ އެވެ.
މި ބޯޓު މިއަހަރު 32 ގައުމަކަށް ދަތުރުކުރަން ވަނީ ހަމަޖެހިފަ އެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ 119 ދުވަހުންނެވެ.
"އެމްއެސްސީ މެގްނިޕިކާ" ރާއްޖޭން ފުރާނީ މާދަމާ އެވެ.
އެމްއެސްސީ މެގްނިފިކާ ޕެސެންޖާ ލައިނާއިން މާލެ އަށް އައި ޓޫރިސްޓުން ޖެޓީ ސަރަހައްދުގައި މަޑުކޮށްލައިގެން--ފޮޓޯ:ނިޝާން އަލީ/މިހާރު
ރާއްޖެއަށް ޕެސެންޖާ ލައިނާސް އާއި ސުޕަ ޔޮޓާއި މެގަ ޔޮޓުގެ އިތުރުން ގައުމުތަކުގެ ވެރިންނާއި ސެލެބްރިޓީން ގެނައުމުގައި ރާއްޖެ މާކެޓު ކުރާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން ބުނީ މިއަހަރު ރާއްޖެއަށް މިފަދަ 50 ބޯޓު އަންނާނެ ކަމަށެވެ. އޭގެ ތެރޭގައި "އެމްއެސްސީ މެގްނިޕިކާ" އަށް ވުރެ ބޮޑެތި ބޯޓުތައް ވެސް އައުމަށް ހަމަޖެހިފައިވާ ކަމަށް އޮފިޝަލް ވިދާޅުވެފައިވެ އެވެ.
ޕެސެންޖާ ލައިންތަކުން އަންނަ ޓޫރިސްޓުންނަށް މަޑުކޮށްލެވޭނެ ތަނެއް ނެތުމާއި ފާހާނާކުރާނެ ތަނެއް ނެތުމުގެ އިތުރުން ކްރޫޒް ލައިނާއެއް ގެންނަން ޖެހޭ އިރު ނަގަންޖެހޭ ހުއްދަ ހޯދުމަށް އުނދަގޫތަކާ ކުރިމަތިވާ ކަމަށް މާޔާ އިން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫޝައު
10 April 2019
މަގޭ އޮފީސް ކައިރީ އޮތް ބޯޓެއް ތީ
ކަބީދު
10 April 2019
އަހަރުމެން ދިވެހިންގެ "ރީތި ދިރިއުޅުން" ބަނދަރުގެ މޫދުން ނުފެނިއްޖެއްޔާ ރަގަޅު...ޕްލާސްޓިކު ފުޅިއާ ތަފާތު އެކިކަހަލަ ކުނިން ބުނިން އެތަން ފުރާލާފަ އޮންނައިރު އަހަރުމެންގެ ދިރިއުޅުމުގެ ބޮޑުބައެއް ޓްއަރިޒަމް.