(ކ-ވ) ސައީދު، ގާސިމް އަދި އާދަމް ޝަރީފް: ގާސިމާއި ސައީދުގެ ދާއިރާގެ ވޯޓުތައް އަލުން މިއަދު ގުނަން ވަނީ ނިންމާފައި. އަދި އާދަމް ޝަރީފުގެ ދާއިރާގެ ވޯޓުތައް ވެސް ގުނަން އީސީން ވަނީ ކަނޑައަޅާފައި.---ފޮޓޯ: މިހާރު
10 އެޕްރީލް 2019 - 12:17
ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް، ގޮނޑި ދިފާއު ކުރެއްވި މާމިގިލީ ދާއިރާ އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހޮވިވަޑައިގެންނެވި މާވަށު ދާއިރާގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ކާމިޔާބު ކުރެއްވި މަޑުއްވަރީ ދާއިރާގެ ވޯޓުތައް އަލުން ގުނަން މިއަދު ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، މި ތިން ދާއިރާގެ ވޯޓުތައް ގުނާނީ އިންތިޚާބާ ބެހޭ މައި މަރުކަޒުގައި މިއަދު ހަވީރު ކަމަށެވެ.
މީގެ ކުރިން، ބާތިލް ވޯޓު ގުނާފައިވާ ގާސިމްގެ ދާއިރާ އިން މިއަދު އަލުން ގުނަން ނިންމީ އެންމެ ފޮއްޓެކެވެ. އެ ފޮށި އަލުން ގުނައިދޭން ވެސް އެދުނީ ކުރިން ޝަކުވާ ހުށަހެޅި އޭނާގެ އިންތިޚާބީ އެޖެންޓެވެ.
ބާތިލް ވޯޓުތައް އަލުން ގުނިއިރު ގާސިމަށް 19 ވޯޓު ވަނީ އިތުރުވެފަ އެވެ. އޭގެ ކުރިން އެމަނިކުފާނާއި އެ ދާއިރާ އަށް ވާދަ ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓާ މެދު ހުރީ 80 ވޯޓުގެ ތަފާތެކެވެ.
މާވަށު ދާއިރާގައި ބެހެއްޓި 96 ވޯޓު ފޮށީގެ ތެރެއިން 69 ފޮއްޓެއް ގުނައިދޭން އަލުން ހުށަހެޅީ އޭނާއާ ވާދަ ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމްގެ ފަލާހުގެ ފަރާތުންނެވެ. މީގެ ކުރިން، ޝަކުވާ ހުށަހަޅައިގެން އިއްޔެ ގުނިއިރު ސައީދަށް ވަނީ އެއް ވޯޓު މަދުވެފަ އެވެ. އޭނާ އާއި ފަލާހްއާ ދޭތެރޭގައި މިހާރު އުޅެނީ ފަސް ވޯޓުގެ ފަރަގެކެވެ.
އާދަމް ޝަރީފް ކާމިޔާބު ކުރެއްވި މަޑުއްވަރީ ދާއިރާ އިން ގުނަން ނިންމީ ތިން ފޮއްޓެކެވެ.
އާދަމް ޝަރީފް ކުރި ހޯއްދެވީ 868 ވޯޓުންނެވެ. އޭނާއާ ދެން އެންމެ ގާތުން ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް ޝިހާމަށް ލިބިވަޑައިގަތީ 851 ވޯޓެވެ. އެއީ 17 ވޯޓުގެ ފަރަގެކެވެެ.
މި އިންތިޚާބުގައި 65 ގޮނޑިއާ އެކު މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދީ އެމްޑީޕީންނެވެ. އިދިކޮޅަށް ލިބުނު 22 ގޮނޑީގެ ތެރެއިން ޕީޕީއެމް/ކޮންގްރެސް ޕާޓީ އަށް ލިބުނީ އަށް ގޮނޑި އެވެ. ޖުމްހޫރީ ޕާޓީ އަށް ފަސް ގޮނޑި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
11 April 2019
ތި ޤާސިމާ، ސައީދާ، ސަރިފަކީ ރައްޔިތުންގެ މަޖްލިހަށް ވައްދަން ހެޔޮވާ ވަރުގެ ބައެއް ނޫން!
ކަރީޕަހުމީ
11 April 2019
މާވަށު ދާއިރާގައި ބެހެއްޓި 96 ވޯޓު ފޮށީގެ ތެރެއިން 69 ފޮއްޓެއް ގުނައިދޭން އަލުން ހުށަހެޅީ އޭނާއާ ވާދަ ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމްގެ ފަލާހުގެ ފަރާތުންނެވެ މިލިޔެން ކިޔާލީމާ މިއެނގެނީ ކޮންބަޔަކު ބުނެގެންކަން އަލުންވޯޓް ގުނަނީ ކޮންމެ އެއްޗެއް ކިޔަސް މިފަހަރު މިއޮތީ އޮޅުވާލާފައި ވާކަމަށް މިވަނީ ވީމާ ކިހިނެއްތޯ ގަބޫލް ކުރެވޭނީ ހުރިހާ ދާއިރާޔެއް ސައްހަކަން މިހާރު ގަބޫލް ކުރަންދަތި ގަބޫލެއް ނުކުރެވޭ ވޯޓްފޮށި ގިނަވީމަވެސް ސުވާލް އުފެދޭ މފދ
ދުރުންނޭހުރަސް
10 April 2019
ގާސިމާއި ސައީދުގެ ވޯޓުތައް އަލުން ގުނަނީ، އާދަމް ޝަރީފް ވެސް ލިސްޓަށް އިތުރުވެއްޖެއޭ އެހެންތޭ ތަމެން ތިޔާއީ ހާދަހާވާ ބަލާބޮޑު އެއްޗެހިތަކެކޭ ދޯ ތަމެންނަށް ނޭނގޭތޭ މަމެން ޕިންކީންގެ ޓައިޓޭނިއަމް ޕްލޭޓެޑް މިނިސްޓަރުން ހޮވުނީމާ ދެން ތަމެން ޖެހޭނީ މަމެން މަގުގެ މެދުން ހިނގާފައި ދާއިރު މަގުގެ އެއްފަރާތުގައި އުނގުގައި އަތް އަޅައިގެން ތިބެން ކަން ތަމެން ހަނދާން ކުރާތި މަމެން ކުރިމަތިން މަގު ހުރަސް ކުރަން ނަހަދާތި އިނގޭތޭ މަމެންގެ ފަހަތުން 1000 މީޓަރު
އަސްލު
10 April 2019
މިހާރު ހޮވިފަތިބި, އެމްޑީޕީ ނޫން މީހުން އިސްތިއުފާދީފައި އެ ގޮނޑިތައްވެސް ނުފުރިގެން އުޅޭ އެމްޑީޕީއަށް ދޭން ފެންނަނީ
ސޭޓުގެ ދަނބި ދަރި
10 April 2019
ބޭރުކޮއްލާ!!!!
މިސްރާބު
10 April 2019
ޚަބަރުން ދޭހަވީ ޤާސިމްގެ ފޮށި ގުނަނީ ޤާސިމުގެ އެޖެންޓްގެ އެދުމުގެ މަތިންކަން. ޢަދި ސައީދުގެ ފޮށި ގުނަނީ އެމް.ޑީ.ޕީ ކެންޑިޑޭޓްގ އެދުމުގެ މަތިންކަން. އާދަން ޝަރީފުގެ ފޮށި ގުނަން ޖެހުނީ ކޮންބައެއްގެ އެދުމުގެ މަތިން ކަމެއް ލިއުމަކުން ދޭހަ ނުވި. ކޮމެންޓް ކިޔާލީމަ ހީއެއް ނުވޭ އެއްވެސް ބަޔަކު މި ޚަބަރު ރަނގަޅަށް ކީހެނެއް!
ވަކަ ސައީދު
11 April 2019
ޢަދުރޭ ގާތުން ހިސާބު ޖަހަން ދަސްކުރީ ދޯ
ާފާތިހު
10 April 2019
ވޯޓްލާން ހަދާނެ ކަމެއްނެތްހުރިހާފޮއްޓެއް އެމްޑީޕީ އަށް ދީ އެނިމުނީނު
އީސީ ސަރީފޫ
10 April 2019
ހާދަ އިންތިޚާބު ހިލާލަން އުޅޭހެން ހީވެޔޭ
ހޭބަލިމިތުރު
10 April 2019
ބާތިލް ވޯޓުގެ ތެރެއިންފެންނަ ސައްހަ ގިނައަދަދެއްދެ ވޯޓަކީ އިދިކޮޅުކެންޑިޑޭޓުންގެވޯޓު. ވޯޓުހިލާލަން އުޅޭނަމައްވުރެ ރަނގަޅުވާނެ ވޯޓުހިލާފަތޯ އޮތީ ސުވާލުއުފެއްދިއްޔާ. ހުރިހާވޯޓުފޮއްޓެއްވެސް އަލުން ގުނަންވީ.
ޥޯޓް.
10 April 2019
މި އޮތީ އިންތިހާބެއްބޭއްވިފަ. ޢިންތިހާއަށް ކަރެޕްޝަން. ރައީސްސޯލިހުގެ ޚިޔޒަނާތް އިންތިހާއަށްފެނިގެންދިޔަ މި އިންތިހާބުގަ ޓްރާންޕޭރެންސީ މޯލްޑިވްސް އޮބްޒާވްކުރީ ނިދާފަ ތިބެގެން.
÷ޢަހްމަދު
10 April 2019
މިހާރު މިފެންނަގޮތުން މިފަހަރުގެވޯޓަކީ ކިހާސައްހަވޯޓެއްބާއޭ މިހާރުއެބަހިތައްއަރާ