11 އެޕްރީލް 2019 - 11:57
މެންޗެސްޓާ (އޭޕްރިލް 11) - ބާސެލޯނާގެ ދަނޑުގައި އެ ޓީމު ބަލިކުރެވޭނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި ބާސެލޯނާ އަތުން 1-0 އިން ބަލިވެފަ އެވެ. އެހެންވެ ސެމީ ފައިނަލަށް ދިއުމަށް ޔުނައިޓެޑަށް ޖެހިފައިވަނީ ބާސެލޯނާގެ ދަނޑުގައި ކުޅޭ މެޗުން ކުރި ހޯދާށެވެ. އެކަމަށް އޮތް ހިތްވަރަކީ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން ޕީއެސްޖީ އަތުން އަމިއްލަ ދަނޑުގައި 2-0 އިން ބަލިވެފައި އޮއްވާ ރަށުން ބޭރުގައި 3-1 އިން މޮޅުވެފައިވުމެވެ.
ޕޮގްބާ ބުނީ ބާސެލޯނާ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ޓީމަށްވާއިރު، އެ ޓީމާ ދެކޮޅަށް ކުޅުނު މެޗާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ބާސެލޯނާ އަށް ޔުނައިޓެޑުން މި މެޗުގައި އުނދަގޫތަކެއްކުރި ކަމަށް ޕޮގްބާ ބުންޏެވެ.
'އަހަރެމެންނަށް އެނގިއްޖެ ބާސެލޯނާ އަށް އުނދަގޫކުރެވޭނީ ކޮން ދިމާލަކުންކަން. ބާކީ އޮތީ އެންމެ ލެގެއް. އެ މެޗުގައި އަހަރެމެން ކުރެވުނު އެންމެ ބޮޑަކަށް މަސައްކަތްކުރާނަން. މި މެޗުގައި ވެސް ބާސެލޯނާ އަށް މާގިނަ ފުރުސަތުތަކެއް ނުލިބޭ،" ޕޮގްބާ ބުންޏެވެ.
"އަހަރެމެންނަށް މެޗުގެ ކުރިން ވެސް އެނގޭ ބާސެލޯނާ އަކީ އެޓޭކިން ގޭމުގައި ވަރަށް މޮޅު ޓީމެއްކަން. އެކަމަކު ކޮންމެ ޓީމެއްގައި ވެސް ހުންނާނެ މައްސަލަތަކެއް. އަހަރެމެންނަށް އެނގޭ ބާސެލޯނާގައި ހުރި މައްސަލަތައް. ކުރިއަށް އޮތް މެޗުގައި އެކަމަށް އަމާޒުކުރާނަން."
ޕޮގްބާ ބުނީ ޕީއެސްޖީ އަށް ވުރެ ބާސެލޯނާ ވަރުގަދަ ކަމަށާއި އެހެންވެ ޕީއެސްޖީ މެޗަށް ވުރެ މޮޅަށް ކުޅެގެން ނޫނީ ބާސެލޯނާގެ މައްޗަށް ކުރި ނުހޯދޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާފިޒު
12 April 2019
ބައެއްފަހަރު ވަރަށް އަސަރުކުރި މެންޔޫ ޕްލޭޔަރެއްގެ ފައިގަ ބޯޅަ ނުޖެހި އިރުތަކެއްވޭ.ހިތައް އެރީ ވަންޓަޗް ކުޅެނީއޭ ބާސާއިން.ޕޮގްބާއަށް ބުނެލަން އޮތީ ވަރަށްސަލާމޭ. ބާސާއަކީ ޕީއެސްޖިއެއްނޫނޭ
މެސީފޭން
11 April 2019
މެންޔޫ އަކީ މިނިކާ ރާއްޖޭގެ ޓީމެއްތަ؟ އެހެން މިއަހާލީ ރޭގަ ކުޅުނު ގޮތުން އެހެން ހީވާތީ
ސައްބެ
11 April 2019
ރޭގެ މެޗްގަ މެންޔޫއިން ބާސާ ކުޅުނަނުދީ ވަރައް ހިފެހެއްޓި އަދި ބާސާކޮޅައް ކޮންމެސްވަރެއްގެ ނުރައްކާތަކެއްވެސްކުރި އެހެންނަމަވެސް ބާސާދަނޑުގަ މެންޔޫއައް ވަރައް ނުރައްކާކޮށް ފެންނަނީ ..
ީމޭން
11 April 2019
ކުޅުން ދެކުނިންތަ؟
ރަދީފް
11 April 2019
ރޭގަ މެންޔޫއަށް އެންމެ ޝޮޓެއް ވެސް ހަދާނުލެވުނު ދޯ!!! 02 ވަނަ ލެގްގަ ކޮންމެ ފަދަ ނަތީޖާއެއްވެސް ނިކުމެދާނެ.އުއްމީދަކީ ބާސާ މޮޅުވުން.#ވިސްކައެލްބާސާ #ވިސްކައެލްބާސާ