ޚަބަރު / ލ. މުންޑޫ

ގަމާއި މުންޑޫ ގުޅާލަދޭން އެދެފި

ލ. މުންޑޫ، އެ ރަށާއި ގަމު ގުޅާލަދޭން ވަނީ އެދިފައި

ލ. ގަމާއި އެ އަތޮޅު މުންޑޫ ފާލަމަކުން ގުޅާލަދޭން، މުންޑޫ ކައުންސިލުން މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިފިި އެވެ.

ރައްޔިތުންގެ އެ ހުށަހެޅުން ކައުންސިލުން ހިއްސާކުރީ ރައީސް އޮފީހުގައި މިއަދު އޮތް ބައްދަލުވުމުގަ އެވެ.

އެކަމާ ގުޅޭ ތަފްސީލު ދެއްވަމުން، މުންޑޫ ކައުންސިލްގެ ރައީސް އިބްރާހިމް ނައީމް ވިދާޅުވީ އެ ދެ ރަށް ދޭތެރޭގައި ދެ ކިލޯ މީޓަރު ހުންނައިރު، ދިޔަވަރު ހިކި ދުވަސްވަރު ހިނގާލާފައި މުންޑުއިން ގަމަށް ދެވޭނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑު ދުވަސްވަރުގައި ވެސް އެ ދެމެދުގައި ހުންނާނީ މީޓަރެއްހާ ފުންމިން ކަމަށް އޭނާ ވިދާޅުވި އެވެ.

މުންޑު އާއި ގަމާ ދޭތެރޭ ފަޅު ފަސް ރަށް އޮވެ އެވެ. އޭގެތެރޭގައި ބެރަސްދޫ ކިޔާ، މުންޑުއަށް ވުރެ ބޮޑު ރަށެއް ހިމެނެ އެވެ.

ނައީމް ވިދާޅުވި ގޮތުގައި އެ ދެ ރަށް ދޭތެރޭ އެހެން ރަށްތަކެއް ހުރި ނަމަވެސް އެ ދެމެދުގައި ފާލަމެއް އަޅައި ގުޅާލުމަކީ، ލ. އަތޮޅުގެ އިރުމަތީ ބިތުގައި އޮންނަ އިސްދު އާއި ކަލައިދުު އާއި މާބައިދޫ ފަދަ ރަށްތަކަށް ލިބޭނެ ފަސޭހައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަތުރު ކުރަން ޖެހޭ ގޮތުން، އިސްދޫ މީހުން ގަަމަށް ދާން އެތައް އިރެއް އެބަ ނަގާ. އެކަމަކު އެ މީހުން މުންޑުއަށް އައިސް މުންޑޫން [އެއްގަމު ވެހިކަލެއްގައި] ގަމަށް ދެވުމަކީ ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް،" ނައީމް ވިދާޅުވި އެވެ.

މުންޑޫގައި މިހާރު އުޅެނީ މަދު ބައެކެވެ. އެ ރަށުގެ ގިނަ މީހުން މިހާރު ވަނީ ގަމަށް ހިޖުރަކޮށްފަ އެވެ.

މުންޑޫ ކައުންސިލުން ރައީސަށް ހުށަހެޅި އިތުރު ކަންތައްތަކުގެ ތެރޭގައި ސުނާމީގައި ގިނަ ގެތައް ހަލާކުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަމާއި ރަށުގައި ނަރުދަމާ އަދި ރައްކާތެރި ބޯފެނުގެ ނިޒާމު ފަދަ އަސާސީ ހިދުމަތްތައް ލިބެން ނެތުން ހިމެނެ އެވެ. އަދި ރަށުގެ މުއައްސަސާތަކުގައި އެކަށީގެންވާ ވަރަށް މުވައްޒަފުން ނެތުމުން ދިމާވާ ގޮންޖެހުންތައް ވެސް މެންބަރުން ހުށަހެޅުއްވި އެވެ.

25 ކޮމެންޓް, 55 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 2%
icon angry icon angry 55%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮންމަނިކު

12 April 2019

10000 މީހުން ލ. ގަމުގަ އާބާދީ ވީމަ ސިޓީ އަކައް ދެން ތަރައްޤީ މެކުހައް. ގިނަހިދުމަތް ތަކެއްދީ މީހުން އާބާދުކުރަން ފެނޭ ގަމު ކައުންސިލް އެކްޓިވްކޮއް މަސައްކަތްކޮއް ޕުލޭންތަކެއް އެބަހަދަންޖެހޭ ޓަައިމް އިޒް ވެރީ ލިމިޓަޑް!!!!!!!!!!!!!!!....؟

The name is already taken The name is available. Register?

ދެރަ.

13 April 2019

މާވަށުގަ ވެސް އެބަ ތިބި ބަދަލުވާން ބޭނުން ވާ އެކަމަކު ގަމުން ގޯތި ނުލިބިގެން. ކުއްޔަށް ވެސް އެބަ އުޅޭ. މާވަށުން ގޯތި ދޫނުކުރާތާ އެތައް އަހރެއް. ގެދޮރުގެ ދަތިކަން އިންތިހާ

The name is already taken The name is available. Register?

ބޮޑުގޮހޮޑ

12 April 2019

ތިކަން ކިށްދެވޭނެ ވެރިމީހާ ވަނީ ނަގާބޭރުކޮށްފަ....

The name is already taken The name is available. Register?

ދޮންމަނިކު

12 April 2019

(އިސްދޫ ދަބިދޫ ކަލައިދޫ) (މުންޑޫ ގަން ފޮނަދޫ) (ހިތަދޫ ކުނަހަންދޫ މާވައް) މިއީ 3 ފަޅެއްގަ އޮންނަ ރައްތަކެއް ދެން ވަކިން ވަށާ ކަނޑު އޮންނަ 2 ރަށް މިއޮތީ އެއީ މާބައިދޫ މާމެންދޫ މި 2 ރައް ގަމައް ބަދަލުކުރުން ލ.ތަރައްޤީ ޕުލޭން އިބޫ 2023

The name is already taken The name is available. Register?

ާްސި

12 April 2019

ލ.އަތޮޅު ގަންސިޓީ އަކަށް ހެދުމައްޓަކާ ލ.އަތޮލު އެކަހެރި ރަށްތަކުގެ މީހުން ގަމައް ބަދަލު ކުރަންވީ ތާ އަބަދަށް ނާތަހުޒީބު ގޮތް ދޫކޮއްލާ އެންމެން އެކުގާ ކުރިއައް ދާންވީ

The name is already taken The name is available. Register?

Mohammed

12 April 2019

ތިރަށު ބާކީތިބި މީހުން ގަމަށް ބަދަލު ކޮއްލީމަ ނިމުނީ

The name is already taken The name is available. Register?

މޮނިމ

12 April 2019

މާބައިދޫ މީހުން ގަމައް ބަދަލު ކުރަނީ ޖުމްލަ ގެއާއި ގޯއްޗާ އެއްކޮއްއޮތީ މުޅިޖުމްލަ 180.

The name is already taken The name is available. Register?

މަ މިއު މަ

12 April 2019

ބޮޑު ވެއްޖެ ކަމެއް. ދެރަށް ގުޅުވިޔަސް މުންޑޫ ކައުންސިލް ވެއްޖެ އުވާލަން. ލާމު އަތޮޅަކީ ހިތްވަރެއް ހުރިއްޔާ ވަރަށް ތަރައްގީ ކުރެވިދާނެ ތަނެއް. އިސްދޫ-ކަލައިދޫ-ދަނބިދޫ، ގަން-ފޮނަދޫ-ގާދޫ-މުންޑޫ، ހިތަދޫ-ކުނަހަންދޫ، އަދި މާވަށް. މި ހަތަރު ތަނަށް 4 ކައުންސިލް ހަދަންވީ. ކައުންސިލް ތަކުގެ އަސްލު ވަރަށް ޒިންމާ ބޮޑު، އެކަން އޮންނަން ވާނީ ވެސް އެހެން. (މާބައިދޫ އަށް ހަދާނީ ކިހިނެއް؟ ލޮލް)

The name is already taken The name is available. Register?

12345

12 April 2019

މާބައިދޫ ހަދާނޫ ވެރިކަން ކެރަން ރަށަށް ނޯނުއްވާ މިލިޓަރީ ބޭސްއަކަށް، ކަޑަތެ؟

The name is already taken The name is available. Register?

މުލޭ

12 April 2019

މުންޑޫ ގަމާއި ގުޅުވާނެކަމެއް ނެތް. ގެދޮރު ދީފަ ގަމަށް ބަދަލުކުީމަވެސް ނުދިޔަ ބައެއްތީ. އަދިވެސް ރަނގަޅުވާނީ ގަމަށް ހިޖުރަކުރުން. ނޫނީ ތިޔަހެން އެކަހެެރިވެގެން ތިބުން. ވެރިކަން ގެއްލިދާނެކަމުގެ ބިރުގަ ތިބެނީ މަދުބައެއްހެ ބޮލަށް ޗިޕުޖަހައިގެން. ކޮބާތަ ޢަލީ އާދަމް.

The name is already taken The name is available. Register?

ނާމު

12 April 2019

ގަމާ މުނޑޫ ދުރުމިން 12.5 ކިލޯމީޓަރ.

The name is already taken The name is available. Register?

ދޮންމަނިކު

12 April 2019

މުނޑޫ މާބައިދޫ މާމެންދޫ އެކަހެރިކޮއް އޮންނަ މި 3. ރަށުގެ މީހުން ގަމަށް ބަދަލު ވުމަށް 98% މީހު ބޭނުން ސަރުކާރުން މިކަމާ ވިސްނާ ރަނގަޅު ގޮތެއް ހަދާދިނުން އެދެން އެއްފަސްކުރުން ތަރައްޤީވެ ކުރިއަރާ ދޭ.......!!!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454