މާމިގިލީގައި ހިނގި އަލިފާނުގެ ހާދިސާގައި ޕިކަޕެއްގައި ރޯވެފައި: ބިދޭސީއަކަށް ވަނީ އަނިޔާވެފައި-- ފޮޓޯ: ފުލުހުން
12 އެޕްރީލް 2019 - 20:01
އދ. މާމިގިލީގައި މިއަދު ރަށުޕިކަޕެއްގައި ރޯވެ ބިދޭސީއެއްގެ ފައި ފިހިއްޖެ އެވެ.
ފުލުހުން ބުނިގޮތުގައި އެ ބިދޭސީ މީހާ އަށް އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އޭނާގެ ހާލު ރަނގަޅެވެ.
ރޯވި ޕިކަޕު ބޭނުން ކުރަމުން ދިޔައީ އެ ރަށުގައި މަދިރި ކޮންޓްރޯލް ކުރުމަށް ބޭސް ޖެހުމަށްޓަކައި ޑީސަލާއި ޕެޓްރޯލާ އެކު ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މިއަދު ހަވީރު ހިނގި އެ އަލިފާނުގެ ހާދިސާގައި ޕިކަޕުގައި ރޯވިތާ ގިނަ އިރުތަކެއް ނުވަނީސް ނިއްވާލެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުދުގުދާ
13 April 2019
ތިޔަވައްތަރުގެ ޕިކަޕްގައި ރޯވާނެ! ތިޔައީ ބެޓެރިން ދުއްވާ ޕިކަޕް! ޗައިނާއިން ވަރަށް އާދައިގެ ކޮލިޓީ ދަށް ފެންވަރަށް ހަދާފައިވާ އެއްޗެއް ތިޔައީ! ބެޓެރި ސެޓްގައި ރޯވާނީ!
ޕްރައިމަރީ
13 April 2019
ކުރޮޅިއަކާވައްތަރީ
ހިގޮ
12 April 2019
ހަމަ ހިސާބައް ވުރެ ފަރުވާ ކުޑައީ
ޢަދުބު
12 April 2019
ގާސިމް އޭނަގެ ރަށަށް ވަރަށް ކަންތައް ކޮށްދޭ ކަމަށް ހެދިގެން އުޅޭ! އެކަމަކު ކައުންސިލަށް ޕިކަޕެއް ހާ މިންވަރުވެސް ދޭކަށް ނުކެރޭ މީހެއް. އަމިއްލަ އެދުން ބޮޑު ގޮލައެއް
އަމްމަޑޭ މާމިގިލީ
12 April 2019
މާމިގިލީ ކައުންސިލަރުން މޮޔަވެގެން މިއަދު ރަށައް ބޭސްޖެހީ. މަދިރި ގިނައިން އުޅޭ ދުވަސް ކޮޅު ބޭސް ނުޖަހާފަ. ދެން ކޮން ބޭހެއް ޖަހާކަށް ތައް.
މާމިގިލި މީހާ
12 April 2019
ބޭސް ޖެހިޔަސް ބޭސް ނުޖެހިޔަސް ސަލާމަތެއް ނެތް..ދިވެހިންގެ އަސްލު ސިފަޔަކީތީ.. ރަނގަޅު އެއްގޮތެއް ވެސް ނޯންނާނެ..