ހުސް ކުރަން އަންގާފައިވާ ނިއުޕޯޓް ވިއު ރެސްޓޯރެންޓް: މުއްދަތު ހަމަވިއިރު ވެސް އެތަން ހުސްކޮށްފައެއް ނުވޭ-- ފޮޓޯ: މިހާރު
12 އެޕްރީލް 2019 - 21:11
ބްރިޖް ބަލަން މީހުން ތިބެން އެޅި ޕްލެޓްފޯމާ އެކު ތަރައްގީކޮށް ހުޅުވި ނިއު ޕޯޓް ވިއު ރެސްޓޯރަންޓު ބަންދުކޮށް، އެ ބިން އެއް މަސްދުވަހުގެ ތެރޭގައި ހުސްކުރަން ސަރުކާރުން ދިން މުއްދަތު އިއްޔެއަށް ހަމަވިއިރު ވެސް އެތަން ހުސްނުކޮށް ވިޔަފާރި ކުރާ މައްސަލަ ފެންމަތިވެއްޖެ އެވެ.
ހިޔާނާތުގެ ތުހުމަތުތައް ކުރެވޭ، ނިއު ޕޯޓަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ލޮނިޒިޔާރަތްކޮޅުން ދީފައިވާ ބިން ހުސްކުރުމަށް މި ސަރުކާރުގެ ޕްލޭނިން މިނިސްޓްރީން އެންގީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ. މިނިސްޓްރީން އަންގާފައިވަނީ އެއް މަސް ދުވަހުގެ ތެރޭގައި އެ ތަން ހުސްކޮށް ސަރުކާރާ ހަވާލު ކުރުމަށެވެ.
ނަމަވެސް އިއްޔެ އަށް އެއްމަސް ވީއިރު ވެސް އެތަން ހުސްކޮށްފައެއް ނުވެ އެވެ. އަދި މިހާރު ވެސް ދަނީ އެތަނުގައި ވިޔަފާރި ކުރަމުންނެވެ.
ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް، "މިހާރު" އަށް ވިދާޅުވީ އެތަން ހުސްކުރަން ދިން މުއްދަތު އިތުރު ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ ނިންމުން ބަދަލު ކުރަން ސަރުކާރުން ނުނިންމާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް ދެން އެ މިނިސްޓްރީން ކަން ކުރަން ނިންމާފައިވާ ގޮތެއް ވިދާޅެއްނުވެ އެވެ.
އެތަން ހުސްނުކުރާ ސަބަބު ހޯދުމަށް އެ ކުންފުނީގެ ވެރިންނަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
އެ ބިން އެ ކުންފުންޏަށް ދިންއިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އޭރު ވެރިކަން ކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި އަދި ފަހުން ޕީއެންސީގެ ކައުންސިލްގައި ވެސް އުޅުއްވި ޒާހިދު ރަމީޒެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ޒާހިދު ވަނީ ފަހުން ދޫކޮށްލައިފަ އެވެ. ނަމަވެސް ކުންފުނި ހިންގަނީ އޭނާގެ އާއިލާއިންނެވެ.
އެ ސަރަހައްދު ހުސް ކުރަން ސަރުކާރުން ނިންމީ ބަދަލު ދޭ ގޮތަށެވެ. ނަމަވެސް ނިއު ޕޯޓް ހިންގާ ސްޓްރާޑާއިން ބޭނުންވަނީ ބަދަލު ދިނުމުގެ ކަންތައް ކޯޓުން ނިންމާށެވެ. އަދި އެ ކުންފުނިން ދެކެނީ އެއީ ސިޔާސީ ގޮތުން ސަރުކާރުން އަޅާ ފިޔަވަޅެއް ކަމަށެވެ.
ޕްލެޓްފޯމާ އެކު ރެސްޓޯރެންޓެއް ހިންގާ ގޮތަށް އެ ސަރަހައްދު ސްޓާރާޑާ އަށް ފުރަތަމަ ދިނީ ތިން އަހަރަށެވެ. ނަމަވެސް އޭރުގެ ސަރުކާރުން ފަހުން އެ މުއްދަތު ވަނީ އަށް އަހަރަށް ބަދަލުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އެތަން ކުއްޔަށް ދީފައި ވަނީ ތިން ފަހަރަށް ކުލި ބަދަލުވާ ގޮތަށެވެ. އެގޮތުން މިހާރު ވެސް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ކުލީގެ ގޮތުގައި އަންނަނީ ދައްކަމުންނެވެ. އަދި އަށް އަހަރުގެ މުއްދަތު ނިމޭއިރު އެތަނުގެ ކުލި މަހަކު 300000 އަށް އަރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލިމީ
14 April 2019
ތިބުނާގޮތަކައް ތިކަމެއްނުވާނެ ކޯޓުމެދުވެރިކޮއް އޮންނަ އުސޫލުގެ ތެރެއިން ތިކަންވާނެ ނެރެފީޔާ ބަދަލުވެސް ދޭންޖެހޭނެ އެވެރިން ބަދަލުހޯދާނެ ލިބެންވެސް ލިބޭނެ ޕާޓީކުދިން އާއިލީ ވެރިކަން ހިފަހައްޓަން ތީފުކެއް ބޮޑުވަރު...ކޮބާތޯ އަދީބު އެމްޑީޕީ ވެރިކަމައް ގެންނަން މިލިއަނުން ހަރަދު ކުރީމަ އޭނަވީ ހުދުކާފޫރަށްދޯ....؟ ކަލޭމެންނައް ހިންގޭނީ ވެރިކަމެއްނޫން ހިންގަނީ ބލވރކނ
އައްޑޫ2023
13 April 2019
މަގުމަތީ އުޅޭ ދޮޅަހަކަށް އެމްޑީޕީ މީހުން އުފާކޮއްލަން ވެގެން ހިންގާ ޖަރީމާއެށް.. އެމްޑީޕީ އަށްވެރިކަން ލިބުނީމަ ކުރާކަމަކީ މަގުބަންދުކޮއްފަ ޕާޓީކުދިން އަފަލުގަ ކޮންމެވެސް ކެއުމެއް ބޭށްވުން ދެން ކުރާކަމަކީ ޓުވިޓާގަ މީހުންގެ އަބުރު ކަތިލުން މިކަންކޮއްފަ އެހެންކަމެއްކުރާނެ ވަގުތެއްނޯވޭ
ސީރާ
13 April 2019
ކުރީގެ ކޮރަޕްޓް މީހުންގެ ސަކަރާތްޖެހުން ނުހުއްޓެވިގެން މިއުޅެނީ ކީއްވެ. މަޖިލީހުގެ 65 ގޮނޑި ދިނީމަ މަސްދުވަސް ފަހުން ދައްކާނެ އެއްވެސް އުޒުރެއް ނޯން ނާނެ.
1414
13 April 2019
ހުޅުމާލެ ބީޗު ހުސްކުރެވުނުތަ؟
ހޭކެނޑޭ
13 April 2019
ރައީސް އިބޫއެވެ. މަމެން ރައްޔިތުން މަނިކުފާނަށް ތިއޮތީ ހުރިހާ ބާރަކާއި އާރެއްވެސް ދީފައެވެ. މިހެންކަމުން ތިކަން ނުކުރެވިގެން ތިޔަ އުލުއްވަނީ ކީއްވެގެންތޯއެވެ. ތިކަން ކުރަން މަދުވަނީ ކޯޗެއްތޯއެވެ. އެކަންވެސް މަނިކުފާނަށް ކޮއްދޭން މަމެން ރައްޔިތުން މިތިބީ އަރުވާ ޖަހައިގެން ތައްޔާރަށެވެ. އިޝާރާތެއް ކޮއްލަދޭށެވެ.
އިސްމާލި
13 April 2019
މަށައް ފެންނަނީ އެތަނ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް އަތު ނުލާ ބަހައްޓަން. އަދި އެއްވެސް މީހަކު އެތަނށް ނުގޮސް ބޮއިކޮޓް ކުރަން..އޭރުން ސަރުކާރުން ބަދަލު ދޭކަށް ނުޖެހޭނެ. އަދި ބަދަލުގައި ސަރުކާރަށް އެތަށް ލައްކަ ރުފިޔާ ކުލީގެ ގޮތުގައި ލިބޭނެ. އިސާހިތަކު އެތަނުން ގެއްލުންވާން ފެށީމައި އަމިއްލައަށް ދޫކޮއްލަފާނެ.
ސާލިހު
13 April 2019
ވ. ޜަންގަޅު. ތާއީދު.
ހިތަދޫ ހުސެން
13 April 2019
ނުގަވާއިދުން ދީފައި ވާ ތަނަކައް ބަދަލް ދިނުމަކީ އޮންނަކަމެއް ނޫން އިނގޭތޯ! ނުގަވައިދުން ތަން ހޯދައިގެން އިންވެސްޓޮ ކުރާއިރު އިނގޭނެ މިކުރެވެނީ ކުށެއްކަން.
ރިލްވާނު
13 April 2019
އޮޅުވާލައިގެން ހަބަރު ފެތުރުން ނޫންކަމެއް ކަލޭމެނެއް ނުކުރޭ.. އެމްޑީޕީގެ ޕްރޮޕަގަންޑާ ގުންޑާ މެޝިނު ތީ
މުހައްމަދު އަޒީޒު އިބުރާހިމް
13 April 2019
ނިއުޕޯޓު ވެރިޔަކީ ކާކު... ހެއް ހެއް ހެއް ހެއް ހެއް.
ގަޓޭގެޖައްލާދު
13 April 2019
ޒާހިދުއަކީ ގަޓު ރައީސްގެ މީހެއް. އޭނައަށް ދައުލަތުގެ މުދަލާ ފައިސާތައް ގަޓު ރައީސް ވަނީ ހިތްފުރޭވަރަށް ދީފަ. މިއެންމެންނާ މެދު ވެސް ޝަރީއަތްކުރެވި ގެއްލިފައިވާ ރައްޔިތުންގެ މުދަލާ ފައިސާ އަވަހަށް ހޯދަންޖެހޭ