އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ-ފޮޓޯ:ނިޝާން އަލީ/މިހާރު
14 އެޕްރީލް 2019 - 11:58
މޯލްޑިވިއަންގެ ދަތުރުތަކަށް ޓިކެޓް ނެގުމަށް ފަހު ރީފަންޑުކުރާ ނަމަ އެއް ދުވަސް ތެރޭ ރީފަންޑު ލިބޭނެ އިންތިޒާމް މި މަހު ހަމަޖެހޭނެ ކަމަށް ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ މިއަދު ވިދާޅުވެއްޖެ އެވެ.
ރިޒްވީ ވިދާޅުވީ، ރީފަންޑު ލިބުން ލަސްވާތީ ވަރަށް ގިނަ ބަޔަކު ޝަކުވާކުރާ ކަމަށެވެ. އެހެންވެ މި މަހުގެ 21 އިން ފެށިގެން، އެ ދުވަހުން ދުވަހަށް ރީފަންޑް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ކުރިން ރީފަންޑު ހޯދުމަށް 15 ވަރަކަށް ދުވަސް ހޭދަވެ އެވެ.
"ރީފަންޑު އަޅުގަނޑުމެންގެ އޮފީހުން އެ ދުވަހުން ދުވަހަށް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ރިވިްޒީ ވިދާޅުވީ، ހިދުމަތްތައް އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން މިމަހުގެ 21 އިން ފެށިގެން އައިލެންޑް އޭވިއޭޝަންގެ ކޯލް ސެންޓަރުގެ ހިދުމަތް ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 12:00 އަށް އިތުރުކުރާނެ ކަމަށެވެ. ކޯލްސެންޓަރުގެ ހިދުމަތް ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ލިބޭނެ ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާން
14 April 2019
އައްޑޫ ދާއިރު އެދޭ ލެކްނޯ ޖޫސްކޮޅޮވެސް މަތިން ހަނދާން ކޮއްލާ
ކަޏޑުއަލި
14 April 2019
ދަތުރުކުރާ ފަރާތްތަކުގެ އަތުން ނަގާ ޓެކްސް ދަތުރު ނުކުރާއިރު ދައްކާކަށް ނުޖެހޭނެ ކަން ކަށަވަރު. ނަމަވެސް ރީފްންޑް ކުރާއިރު ޓެކްސް އަށޭ ކިޔާފައި 500++ އެބަ ނަގާ. މިއީ ދެން ޖޯކެއްނު!
ލަތީބެ ގަން އެއަރޕޯޓު
14 April 2019
ތިތަނަށް ފޮނުވާ ބިލްތަކަށް ލާރި ދައްކަނީ ކިތައްމަސްތެރޭގައި. ލާރިނުދައްކާތީ މަތިންދާބޯޓަށް ތެޔޮއެޅުން ހުއްޓާލީމަ ލާރިދައްކަނީ.
ފުންއަސަރު
14 April 2019
ރިފަންޑު ހޯދުމަށް ކުރިން 15 ދުވަހެއްނޫން ނަގަނީކީ. މަހެއްހާދުވަސް ނަގާ. ދޮގުނަހަދާ ރަނގަޅަށްބުނޭ. ވިސްނާލަބަލަ ކަންތައްވާގޮތް. ކަންކުރެވެން ހުރި ފަސޭހަކަން. ހަމަ އެންމެ ދުވަހަކުން ވާންއޮތްކަމެއް ކުރުމަށް އެއްމަސް. ހެޔޮވާނީ ކިހިނެތް.
އަބްދުﷲ ރަޝީދު
16 April 2019
އަދިވެސް ރިފަންޑެއް ނުލިބި އެބަވޭ. މިދިޔަ އަހަރު ކުރީ ކޮޅުގެ. އަހަރެން މާލެ އިން ކާޑެއްދު އަށް އައުމަށް ނެގި ޓިކެޓް. ދަތުރު ކުރެވެން ނެތިގެން ކެންސަލް ކުރީ. ދުވަސްވެ މިހާރު މަގޭ އަތުން ސްލިޕް ކޮޅު ގެއްލިއްޖެ. ގުޅާއިރަށް ބުނަނީ އެތަނުން ދޫކުރި ސްލިޕް ކޮބައިހޭ. އައިފާނު ބިލްޑިންގ ގްރައުންޑް ގަ ހިންގާ މޯލްޑިވިއަންގެ އެޖެންޓް.
ޟަރޭ
14 April 2019
ޢެކަނޑާ ބައި ލިބޭނެ ނަމަ ރަގަޅު 970 އަށް ލިބޭ ޓިކެޓުން އަތަށް ލިބެނީ 400 މިކަން ރަގަޅުކޮށްލަ ދެއްވުން އެދެން
ދިވެހި ދަރި
14 April 2019
ތިީ މިހާތަނަށް ނިންނި އެންމެ ރަނގަޅު ނިންނުން.ޝުކުރިއްޔާ
ޖޯކު
14 April 2019
ރީފަންޑް ލައިގެން އުޅޭތާ 3 އަހަރު ވެއްޖެ.. އަދި ވެސް ރީފަންޑް ނުލިބޭ...