އެމްޓީސީސީއިން ސްޕީޑް ފެރީގެ ހިދުމަތް ދޭ ލޯންޗެއް: އެ ކުންފުނިން މިއަދު ވަނީ ހއ. އާއި ހދ. އަތޮޅުގައި ފެރީގެ ހިދުމަތް ފަށާފައި-- ފޮޓޯ: އެމްޓީސީސީ
16 އެޕްރީލް 2019 - 18:22
ރާއްޖޭގެ އެންމެ އުތުރުގެ ދެ އަތޮޅު ކަމަށްވާ ހއ. އާއި ހދ. އަތޮޅުގައި އެމްޓީސީސީން ލޯންޗް ފެރީގެ ހިދުމަތް މިއަދު ފަށައިފި އެވެ.
އެ ކުންފުނިން ބުނިގޮތުގައި މިއަދު އެ ހިދުމަތް ފެށީ އަޖުމަ ބެލުމުގެ ގޮތުންނެވެ. ފެރީގެ ހިދުމަތް އަދި ދެނީ ހއ. ދިއްދޫ އާއި ހދ. ހަނިމާދޫގެ އިތުރުން ހދ. ކުޅުދުއްފުށި ގުޅޭގޮތަށެވެ. ހިދުމަތުގެ ފީ އުޅެނީ 150ރ. އާއި 250ރ. އާ ދޭތެރޭ އަގުތަކެއްގަ އެވެ.
އަޖުމަ ބެލުމަށް ފަހު އެ ދެ އަތޮޅުގެ ރަށްތަކަށް ދާއިމީކޮށް ހިދުމަތް ދޭން ފަށާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން މިހާރު ވެސް އަންނަނީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ފެރީގެ ހިދުމަތް ދެމުންނެވެ.
ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމަކީ މިސަރުކާރުގެ ވައުދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރާސިލު
18 April 2019
ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމަކަށްވީއިރު، ކަނޑުމަގުން އެއްތަނުންއަނެއްތަނަށް ދަތުރުކުރެވޭނެ ފަސޭހަ، އަގުހެޔޮ ދަތުރުފަތުރުގެ ނިޒާމެއް އޮންނަންޖެހެއެވެ. ކޮންމެ އަތޮޅެއްގެ އެއްރަށުން އަނެއްރަށަށް ދެވޭގޮތަށެވެ. އަދި އެއްއަތޮޅުން އަނެއް އަތޮޅަށްވެސް ދެވޭނެގޮތަށެވެ. ކޮންމެ އަތޮޅަކުންވެސް ފްލައިޓަށްވުރެ ހެޔޮއަގުގައި ކަނޑުމަގުން މާލެ ދެވޭނެފަދަ ނިޒާމެއް މިހާރުންމިހާރަށްވެސް ބޭނުންވެއެވެ.
ގައުމުގެ އަޑު
17 April 2019
މިހިދުމަތް ބަލައިގަންނަންޖެހޭ. މުޅިއަތޮޅުތެރެއަށްވެސް ސްޕީޓް ލޯންގެހިދުމަތް ދޭންވީ. ވިސްނުންއެބަޖެހޭ ބަދަލުވާން. ދިވެހިން އަރަންޖެހެނީ ޓޮއްޓޮއް ކިޔާ މަސްދޯނި ގަނޑަކަށްނޫން. ބާރުސްޕީޓްގައި މަދުވަގުތުކޮޅެއްގައި މިޒަމާނުގައި މިހިދުމަތް ދެވެންއެބަޖެހޭ. މިއީ ވަރަށް ސިލްޕަލްކަމެއް ހަމައެކަނި ވިސްނުން ބަދަލުކޮށްލަން ޖެހެނީ. ދިވެހިން ދަތުރުކުރާނީ ސްޕީޓް އުނޅަދުގައި.
ލިމްަސް
17 April 2019
ގދ. އަތޮޅަށް ނެތްތަ ތިކަހަލަ ކަމެއް..
ސޯބު
17 April 2019
ބޮޑު ކަނޑެއްހުރަސްކޮށް ދިގު ދަތުރުކުރަންޖެހޭ އިހަވަންދިއްޕޮޅުގެ ރައްޔިތުން ބާކީވެފައި. އެއްމެ ރަށަކަށް ކަން ކޮށްދީފައި އަތޮޅޭ ނުކިޔާތި. ދިއްދުއަށް ހިދުމަތްދިންވާހަކަ ކިޔާ.
ހަސަނުބެ
17 April 2019
ހުރިހާ ރަށަކަށް ސްޕީޑް ލޯންޗް ފެރީގެ ހިދުމަތް ދިނުމަކީ ކުރެވޭނެ ކަމެއްނޫން. އެކަން ހަމަވިސްނޭ ކޮންމެ މީހަކު ގަބޫލު ކުރާނެ. ރާއްޖޭގައި އޮތީ 99 ޕަސެންޓް ކަނޑު. ބަސް ސްޓޮޕްތައް ހުންނަތަނަށް މީހާ ދާންޖެހޭނީ! މީހުންތިބޭ ކޮންމެ ތަނަކަށް ބަހެއް ނުހުއްޓާނެ. އެހެންވީމާ ލޯންޗް އޮތްތަނަށް މީހާ އައިމާ އެކަން އެނިމުނީ.
ކެލާ ޢަލީ
17 April 2019
ހަނިމާދޫ /ކެލާ ފެރީއެއް ބާއްވާނީ ކޮން އިރަކުން. ފަސިންޖަރުންގެ އިތުރުން މުދާ އުފުލޭގޮތަށް ހަނދަނިކޮން ވައިބަލްވާނެ.
އިހަވަންދޫ މީހާ
16 April 2019
ތިޔައީ ދިއްދޫ މީހުންނަށް އެކަނި ކޮށްދޭކަމެއް، މުޅި ހއ. ވާހަކަ ނުކިޔާ
1414
16 April 2019
މާލެއިން ކުޅުދުއްފުއްޓައް -/150 ތަ؟
ކުކުޅު ކަހާނީ ގާތަށް
16 April 2019
ހުޚުކެއާ މާލެއާ ދެމެދު ފާލަން އެޅީމަ އެމްޓީ ސީސީ ފެރީތައް ބާކީވެ ފެރީ ދަތުރުން ގެއްލުންވާން ފެށީ އެތަން ފޫބައްދަން ދުއްވައިގަތީ ބޮޑެތި ެާބާދީތަކާ ދިމާއަށް ހަގީގަތަކީ މިއީ
ދެރަ
16 April 2019
ކުދި ރަށްރަށުމީހުންނަށް ލިބޭނެ އުފަލެއްނެތް.
އަހުމަދުޖައު
17 April 2019
ކުދިރައްރަށު މީހުން އަމިއްލަޔައް ވިސްނުން ބަދަލު ކޮއްފަ ސުލްހަވެރި ކަމާއެކު ސަރުކާރުގަ ދަންނަވައިފިނަމަ ސަރުކާރުން އެއްފަސްވުމައް ފުރުސަތުދޭނެ ކުޑަރިކިލި އާބާދީ އެހާކުޑަ ނަމަވެސް ކާބަފައިންގެ ކަނޑިކި ދޫކޮއްފަ ނުދާން މީކޮންކަހަލަ ވިސްނުމެއް