ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ. ސަގާފީ ތަރިކަ ރައްކާތެރި ކުރުމަކީ މާލީ ފައިދާ ލިބޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި. މިހާރު/ފައިލް ފޮޓޯ
18 އެޕްރީލް 2019 - 14:35
ސަގާފީ ތަރިކަތައްް ރައްކާތެރިކޮށް ދެމެހެއްޓުމަކީ މާލީ ގޮތުން ވެސް އެތައް ފައިދާއެއް ލިބެން އޮތް ކަމެއް ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރާ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ މުނާސަބާގައި ދެއްވި ހިތާބެއްގައި ޔުމްނާ ވިދާޅުވީ ތަރިކައިގެ ދާއިރާއިން އިގުތިސާދީ ފައިދާ ލިބޭނެ ކަން ޔަގީންކުރައްވާ ކަމަށާއި އެއީ ޒިޔާރަތްކުރާ ގައުމުތަކުގައި ހުންނަ އާސާރީ ތަންތަނާއި ތަކެތި ބަލަން ޓޫރިސްޓުން ބޭނުންވާތީ ކަމަށެވެ.
"އަދި ސަގާފީ ތަރިކަތައް ރައްކާތެރިކޮށް ދެމެހެެއްޓިއްޖެ ނަމަ ފަތުރުވެރިކަމުގެ ދާއިރާ މެދުވެރިކޮށް މިކަމަކީ މާލީ މަންފާއެއް ލިބޭނެ ކަމެއް. ދިވެހިރާއްޖޭގެ އިގުތިސާދަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ސަގާފީ ތަރިކަތައް ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ވިދާޅުވެ، އެކަމުގައި އޮތް ފަރުދީ ޒިންމާ އަދާކުރުމަށް ޔުުމްނާ ގޮވައިލެއްވި އެެވެ. ތަރިކަ ރައްކާތެރިކުރަން ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޔުމްނާ ވިދާޅުވީ އެ މަސައްކަތް ކުރެވޭނީ އާއްމުން ހޭލުންތެރި ކުރުވައި ކުޑަކުދިންނާއި ޒުވާނުން ޝައުގުވެރިކުރުވައިގެން ކަމަށެވެ. އެގޮތުން ތައުލީމީ ބިންގާ އަޅާ އިރު ކުޑަކުދިންނަށް ސަގާފީ ތަރިކަތައް އެނގެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުދިން ތަރުބިއްޔަތު ކުރުމުގައި އަޅުގަނޑުމެންގެ ގައުމިއްޔަތާއީ ސަގާފީ ތަރިކަ، އޭގެ ބައެއް ކަމުގައި ހައްދަވައިގެން ކުރިއަށް ގެންދިއުމަށް އަޅުގަނޑު އިލްތިމާސްކުރަން،" ޔުމްނާ ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހެރިޓޭޖް މިނިސްޓްރީ އުފެއްދުމަކީ އެ ދާއިރާ އަށް ހާއްސަކޮށްގެން މިނިސްޓްރީއެއް އުފެއްދި ފުރަތަމަ ފަހަރު ކަން ފާހަގަ ކުރައްވަމުން ތަރިކަ ރައްކާތެރި ކުރުމަށް ކުރިން އެކިއެކި މަސައްކަތްތައް ކުރި ފަރާތްތަކަށް ޔުމްނާ ޝުކުރު އަދާކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުމަން
19 April 2019
ކެނެރީގޭ ނަސީދުގެ އަވާގައި މައުމޫން ޖެހުނީމާ ތާއީދެއް ނެއް ސޮރީ ޔުމްނާ މެންވެސް އަމިއްލަ އެދުން
ޝޮކްތެރަޕީ
18 April 2019
މިހާރަކު މައުމޫނަކަ ތާއީދު ނުކުރަން މައުމޫނަކީ އަމިލްލަ އެދުން އިސްކުރިމީހެ.
ހިގޮ
18 April 2019
ޔުމްނާ ތިކަން ކުރެވޭނެ މިނިސްޓްރީ އެއްތިކަމަށް ނެހެދިޔަސް ހަމަ ބޭކާރު މިނިސްޓްރީ އެއްތީ
ކާނި
18 April 2019
ހާދަ ވަނދުކޮށް ތި ދިޔައީ