ސީލައިފް ޕްރޮޖެކްޓް ފެށުމުގެ ރަސްމިއްޔާތުގައި އެކުންފުނީގެ އައްމަޓީ (ކ-3) ސޮއި ކުރައްވަނީ. --ފޮޓޯ/މިހާރު
18 އެޕްރީލް 2019 - 17:00
ހުޅުމާލޭގައި ފްލެޓް އަޅަން މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު، ފްލެޓް ނާޅައި އަދި އެ ފައިސާ އަނބުރާ ނުދިން މައްސަލާގައި ހިމެނޭ ސީލައިފްގެ ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ހައްޔަރުކުރަން އިންޓަޕޮލްގެ އެހީ އަށް އެދިއްޖެ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްމަޓީ ހޯދަން އިންޓަޕޮލްގެ ރެޑް ނޯޓިސް ނެރެދޭން ފުލުހުން އެދިފައިވާ ކަމަށެވެ.
Interpol Red Notice is a tool we use to request to law enforcement organisations worldwide to locate or provisionally arrest a fugitive. Last Red Notice request we made was on Mr. Ahmed Moosa Mohamed
— Mohamed Hameed (@M_Hameedh) April 18, 2019
V.Thinadhoo/Red House (Sea Life case). It will soon be made a public Red Notice.
ޕޮލިސް ކޮމިޝަނަރު ހަމީދުގެ ޓުވީޓު
ސީލައިފްގެ މައްސަލަ ފުލުހުން ބަލަން ފެށުމާ އެކު އައްމަޓީ ވަނީ ރާއްޖެ އިން ބޭރަށް ގޮސްފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ އުޅެނީ ސްރީ ލަންކާގަ އެވެ. އެއީ އިންޓަޕޮލްގެ މެންބަރު ގައުމެކެވެ.
އައްމަޓީ ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ވެސް ނެރެފަ އެވެ.
ބޯހިޔާވަހިކަމަށް އެތައް ބަޔަކު އެއްކުރި ފައިސާ ނަގައި، އެ މީހުންނަށް ބޮޑު ހިތްދަތިކަމެއް ލިބިފައިވާ އިރު އެކަމުގައި އެ އާއިލާތަކަށް އިންސާފު ލިބުން ވަނީ ދިގުލައިގެން ގޮސްފަ އެވެ.
އެޗްޑީސީން، ސީ ލައިފްއާ ހަވާލުކުރީ ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށެވެ. ސީ ލައިފުން ފްލެޓްތަކަށް އެތައް ބައެއްގެ އަތުން ފައިސާ ނެގި ނަމަވެސް ފްލެޓް އެޅުމުގެ މަސައްކަތެއް ނުކުރެ އެވެ. އެ ކުންފުންޏަށް ފައިސާ ދެއްކި 200 އަށް ވުރެ ގިނަ މީހުން ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ފުލުހުންގެ އިތުރުން އޭސީސީން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިކާލޯ
20 April 2019
ތިޔަ މީހާ އެބަހުރި ލަންކާގަ..
ނޫސް ބަލާމީހާ
19 April 2019
ތިކަހަލަ އަމުރެއް ނެރެގެން ކުރެވުނުކަމެއް އަދިއެއްނެތް. އެހާބައިވަރު ފައިސާގެ ބޮޑު ޚިޔާނަތެއް ވެގެން ފައިސާތައް ހިފައިގެން ގޮސް ހުރެވިގެންނޫވާނެ. ބޭންކްގައިހުރި ފައިސާތައް ހިފެހެއްޓެންޖެހޭނެ.
ޚުކހް
19 April 2019
މމޕރސ އޯކޭ. އައްމަޓީ ގޯސް ؟ ދެން އަންނަ ވެރިޔަކު އޭނަޔަށް މައުފުކުރާނެ. ބަލަން ތިބޭތި.
ވޮލިނި
19 April 2019
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްމަޓީ ހޯދަން އިންޓަޕޮލްގެ ރެޑް ނޯޓިސް ނެރެދޭން ފުލުހުން އެދިފައިވާ ކަމަށެވެ. ނޯޓިސް ނެރުމުގެ ކުރިން އަވަހަށް ތިތަނުން ފިލާށޭ ދޯ ތިބުނީ،
މިގް
19 April 2019
މޮހޯމެން ދޫކޮއްލާފަ ސުރުހީ ބަދަލުކޮއްލަނީ ދޯ؟
ޒާލިމު
19 April 2019
އަޅުގަނޑުގެ މައުލޫމާތު ކުށް ކަމުގައި ނުވާނަމަ މިވީހާތާނގައި ރާއްޖޭން މީހަކު ހޯދަން އިންޓަރޕޯލްގައި އެދިގެން އަދި ފެނިފައެއް ނެތް. ކިތައް މީހުން ހޯދަން ރާއްޖެއިން އިންޓަރޕޯލްގައި އެދެފިތޯ؟ ތިބޭފުޅުން ވިދާޅުވެލައްވާ އެއްވެސް މީހަކު ފެނުނުތޯ؟
ސިމާނު
19 April 2019
ބަލަގަ މީނަޔާއެއްވަރަށް ތިކަމުގެ ޒިންމާ މިހާރު އެޗުޑީސީގެ އެމްޑީ ސުހައިލްއާ ކުރީގެ ލީގަލްބައިގެ ވެރިޔާ ހަސަން ޝަފީގު ނަގަންޖެހޭނެ.
ކަލް
19 April 2019
ހަސަނަކީ ތިޔަކަހަލަ މީހެއްނޫން. މީހުންގެ އަބުރު އަސާސެއް ނެތި ކަތިލަނީ. ޔާމީނު ކެމްޕޭނަށް އެއިން އެއްވެސް އެއްޗެއް ޚަރަދުކުރިތޯ؟
އިސްލޤހު
19 April 2019
އަބަދު އައްމަޓީ ، އައްމަޓީ ނުކިޔާ ތީގެ އަޑީގައި ތިބި މީހުންގެ ނަންތައްވެސް ނިކަން ހާމަ ކޮއްލަ ބަލާށެވެ. ބަޔަކު ތަނެއްގެ ބިންގާ އަޅާވާހަކަ ދައްކާ އިރަށް ފައިސާ ދެއްކުންވެސް އެއީ މައްސަލަ އެކެވެ.
ޝިމާދު
19 April 2019
ސޮރީ ބްރޯ.
ފްލެޓް ދޮންބެ
19 April 2019
ފޭރުން ގިނަ ވުމުން މައުލޫ ބަދަލު ކޮއްލީ.
ހުސްނުހީނާ
19 April 2019
މިއަށްވުރެ ވަކި ބޮޑު ފޭރުމެއް ކޮބާ؟
ޖޯޖް
19 April 2019
ފޭރެނީ ސަރުކާރުންތަ މައުލޫ ބަދަލުކުރަން ؟؟؟؟ ފޭރެނީ ރައްޔިތުންނަށް ލިބިފައިވާ ދަރިން އެދަރިނއ ތަރުބިއްޔަތުކުރުމުގައި ފެެއިލްވީމް އިންތިހާބުން ބަލިވީމަ އެކަނުގެ ޖަޒުބާތުގައި ނުޖެހިބަލަ