ކައިބާން އޭނާގެ މަންމައާ އެކު: އާއިލާގެ އެހެން މީހުންނަށް ވިސާ ލިބުނު --ފޮޓޯ/އޭބީސީ ނިއުސް
21 އެޕްރީލް 2019 - 14:48
އުފެދުމުގައި ހުރި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ދިވެހި ފިރިހެން ކުއްޖަކަށް އޮސްޓްރޭލިއާ އިން ވިސާ ނުލިބި، ޑިޕޯޓްކޮށްލަފާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.
ދިވެހި ދެމަފިރިއަކަށް ލިބިފައިވާ ދެ އަހަރުގެ ކައިބާން ޖަމްޝާދު އުފަންވީ ވެސް އޮސްޓްރޭލިއާ އަށެވެ. ހިމޮފީލިއާގެ އިތުރުން އުފެދުމުގައި ސިކުނޑިއަށް ގެއްލުންތައް ލިބިފައިވެ އެވެ.
އޮސްޓްރޭލިއާގެ އޭބީސީ ނިއުސް އިން ބުނީ އެކަންކަމަށް ކޮންމެ ހަފުތާއަކު ވެސް ފަރުވާ ހޯދަން ޖެހޭ ކަމަށެވެ.
އޮސްޓްރޭލިއާގެ އިމިގްރޭޝަން ގާނޫނުތައް އޮންނަ ގޮތުން ސިއްހީ ބޮޑު މައްސަލައެއް ހުންނަ ފަރާތްތަކަށް ވިސާ ނުދިނުމާއި އެ ގައުމުގެ ރައްޔިތުކަން ނުދީ ހިފެހެއްޓެ އެވެ. އެހެންވެ އެ ކައިބާންއަށް ވެސް ވިސާ ނުދޭން އޮސްޓްރޭލިއާގެ ހޯމް އެފެއާޒް ޑިޕާޓްމެންޓުން ނިންމައިފައިވާ ކަމަށް އޭބީސީން ބުނެ އެވެ.
އޭބީސީން ބުނާ ގޮތުގައި ކައިބާންއަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ރާއްޖެއިން އެކަށީގެންވާ ފަރުވާ ނުލިބޭނެކަން އަންގައި، ވެސްޓަން އޮސްޓްރޭލިއާގެ ހިމޮފީލިއާ ސާވިސް އިން ހޯމް އެފެއާޒް ޑިޕާޓްމެންޓަށް ސިޓީއެއް ވެސް ފޮނުވި އެވެ. އެކަމަކު ހޯމް އެފެއާޒް އިން ނިންމީ، އޭބީސީން ބުނި ގޮތުގައި، އެ ކުއްޖާއަށް ވިސާ ދޭން ޖެހޭ ފަދަ ކަންތައްތަކެއް ހުރި ކަމުގެ އެކަށީގެންވާ ހެއްކެއް ނެތް ކަމަށެވެ.
އޭބީސީން ބުނީ ކައިބާން ވިސާ ނުދިނަސް، އާއިލާގެ އެހެން މެމްބަރުންގެ ވިސާގެ ކަންކަން ހަމަޖެހިފައިވާ ކަމަށެވެ. ކުއްޖާގެ މަންމަ އޮސްޓްރޭލިޔާގައި މަސައްކަތްކުރަނީ ސޯޝަލް ވޯކަރެއްގެ ގޮތުގަ އެވެ.
ކައިބާންއަށް ވިސާ ނުދޭން ނިންމި މައްސަލަ އެ ގައުމުގެ އެޑްމިނިސްޓްރޭޓިވް އެޕީލް ޓްރައިބިއުނަލްގައި މިހާރު ވަނީ އިސްތިއުނާފް ކޮށްފަ އެވެ. އެކަމަކު އެ ޓްރައިބިއުނަލްގެ ނިންމުން އަންނަން އެތައް މަހެއް ހޭދަވެދާނެ ކަމަށް އޭބީސީން ބުނެ އެވެ.
އޮސްޓްރޭލިއާގެ ހެލްތު އެންޑް ޑިސްއެބިލިޓީ ސްޕެޝަލިސްޓެއް ކަމަށްވާ ޖެން ގޮތާޑްއާ ހަވާލާދީ އޭބީސީން ބުނީ އެ ގައުމުގެ އިމިގްރޭޝަން ގާނޫނު އޮތް ގޮތުން އެހެން ގައުމުތަކުގެ އެތައް އާއިލާއަކަށް ކޮންމެ އަހަރަކު ވެސް އެފަދަ މައްސަލަތައް ދިމާވާ ކަމަށެވެ. ސިއްހީ މައްސަލައެއްގެ ސަބަބުން ކަމަށް ބުނެ އެގޮތަށް ނިންމުމަކީ ވަަރަށް ބޮޑު ތަފާތު ކުރުމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކަރިބޯ
22 April 2019
މިތާ ކޮމެންޓު ކުރާ ކިތައް މީހިން އެއްބަސްވާނަންތަ ރާއްޖޭގަ ވޯކް ޕާމިޓް އޮންނަ އެންމެންނާ އެމީހުންގެ ޑިޕެންޑެންޓް ވިސާގަ ތިބި އާއިލާތަކަށް އާސަންދައިން ހިލޭ ބޭސްކުރެވޭނެ ގޮތް ހަމަޖެހުން؟ އޮސްޓްރޭލިޔާގަ އެތާ ސަރުކާރުގެ ހެލްޓު ސްކީމުގެ ދަށުން އެތާ މަސައްކަތްކުރާ އެންމެންނާ އެމީހުންގެ ޑިޕެންޑެންޓުގެ ސިއްހީ ހިދުމަތްތަށް ކަވަރުކުރޭ. އެހެންވެ އެމީހުން ބޭނުމެއްނުވޭ ބަލިވެ އަބަދު ބޭސްކުރަންޖެހޭ ފަރާތްތަކަށް ވިސާދޭން.
ޢަހާށޭ
22 April 2019
ތިޔަބުނީ ވަރަށްބޮޑު ދޮގެއް، އޮސްޓްރޭލިޔާ ރައިއްޔަތުންވެސް ފައިސާދައްކައިގެން ޑޮކްޓަރަށް ދައްކާ ބޭސްކުރެވެނީ އަދި ބޭސްގަންނަންވެސް ފައިސާ ދައްކަންޖެހޭ އަދި އޮޕަރޭޝަނެއްކުރންޖެހިއްޖެޔާ ޕްރައިވެޓް އޮމެޑިކަލް އިންޗުއަރަންސް ނެތިއްޖެއްޔާ އެމީހާ އިންދަޖައްސާލާ
ރޭންޑަމް
22 April 2019
މިތަނުން އެކަށީގެންވާ ވަރަށް ޙިދުމަތް ނުލިބެންޏާ އެހެން ޤައުމުތައް ކައިރިއަށް ސަލާންޖަހަން ދާކަށްނުން ޖެހޭނީ.
ކޮވެލި
22 April 2019
ބްރޯ. އެކުުއްޖާގެ މައިންބަފައިން ތިބީ ވަގުތީ ވިސާއެއްގައި. އެއީ ވަޒީފާދޭ ފަރާތަކުން ސްޕޮންސަރ ކޮށްގެން ނޫނީ ވަޒީފާ އަކާ އެކު ލިބޭ ވިސާއެއް. ވިސާގެ މުއްދަތުގައި ދާއިމީ ރަށްވެއްސަކަށް ވުމަށް މި ޢާއިލާ އިން އެޕްލައި ކުރީ. އެކަމަކު އެގައުމުގެ ގާނޫނު އޮންނަ ގޮތުން ސިއްޙީ ގޮތުން ޓެކްސްޕޭޔަރަށް ވަކިވަރަކަށްވުރެ ޚަރަދު ބޮޑުވާފަދަ ފަރާތްތަކަަށް ވިސާނުދޭން ނިންމެ ގޮތެއް އޮވޭ. މީ ވެގެން އުޅޭ ގޮތަކީ. އެނިންމުން ބަދަލު ކުރެވޭތޯ މި ޢާއިލާއިން އުޅެނީ.
ނައުމާ
22 April 2019
ބަލަ ދާއިމީ ރަށްވެހިންނަށް ވަންޏާ މިވެރިންވެސް ޓެކްސް ދައްކައިގެން ތިބޭނީ. ތިއީ ހަމަޖެހޭ ވާހަކައެއް ނޫން. މިކަހަލަ ކިތައްމެ ކޭސްއެއް އެބައުޅޭ!
ޓުރަމްޕު
22 April 2019
އޮސްޓްރޭލިޔާގެ މަންމައަކަށް ނުކުޅެދޭ ކުއްޖަކުު ލިބިއްޖިއްޔާ ހަދަންޖެހެނީ ކިހިނެތް. އޮޮސްޓްރޭލިޔާ މީހުންނަށް ނުކުޅެދޭޭ ކުދިން ނުލިބޭތަ. އޮސްޓްރޭލިޔާގައި ނުކުޅެދޭ މީހުން ނޫޅޭޭތަ. އޮސްޓްރޭލިިޔާ މީހަކު ނުކުޅެދޭ މީހަކަށް ވެއްޖިއްޔާވެސް އޭނާ ގައުމުން ބޭރު ކޮށްލާނެތަ. އޮސްޓްރޭލިޔާގައި ނުކުޅެދޭ މީހަކަށް ވުމަކީ މަނާ ކަމެއްތަ. އޮސްޓޭރިޔާއަކީ ނުުކުޅެދޭ މީހުން ނެތް ހަމައެކަނި ގައުމުތަ. ގާނޫނަކުން ނުކުޅެދޭ މީހުން އުފަންވުން ތިޔަ ގައުމުގައި ހުއްޓުވޭނެތަ.
ނަސީމް ގުބާދު
22 April 2019
މަންމަ، ބައްޕަ އަދި ދަރިފުޅަކީވެސް އަކީ ވެސް ދިވެހިން. އޮސްޓްރޭލިއާ ގެ ރައްޔިތުންނެއް ނޫން! މި ގައުމުގެ އާސަންދައިން ބަންގާޅު މީހުންނައް އަދި އެމީހުންގެ ދަރިންނައް ހަރަދު ކުރަމުތަ؟
އެމްސް
22 April 2019
ދިވެހިރާއްޖެ ނޫން ޤައުމުތަކުގަ އެޤައުމުން ބޭރު ބަޔަކަށް އެއްވެސް ކަމެއް އެހާ ފަސޭހައެއް ނުވާނެ، އެކަމަކު ރާއްޖޭގަ ދިވެހިން ކުރާ އެންމެ އާދައިގެ ވިޔަފާރިވެސް ބިދޭސީންނަށް ކުރެވޭ
އަލްތާފް ޝާކިރު.
22 April 2019
ދެރަކޮން ވާ ކަމެއް. އަވަސް ޝިފާ އަކައް އެދެން! އެކަމަކު ވިސްނާލުން ރަގަޅު ދެއްތޯ. އެމީހުންގެ ގާނޫނު އަސާސީ ގަ އޮންނަ ގޮތައް އެމީހުން އެ އަމަލު ކުރަނީ! މި ރާއްޖޭގެ ގާނޫނު އަސާސީ ގަ އޮންނަ ގޮތުން، ވިސާ ކީއްކުރަން، ރައްވެހިކަން ވެސް ނިގުޅައިގަނޭ، ވަކި ގޮތަކައް ވިސްނޭ(ނާ) މީހަަކައް ނުވަންޏާ! އެހެން ގައުމަކައް އެރުމުގެ ވިސާ އަކީ ހައްގެއް ނޫން! އެކަމަކު އަމިއްލަ ގައުމުގެ ރައްޔިތު ކަމަކީ ކޮންމެ މީހެއްގެވެސް ހައްގެއް!
ސަލީމު އިދުރީސް
22 April 2019
ތިއަކީ އެއްވެސް މައްސަލަޔެއް ކަމުގަނުދެކެން އަދި އަމުދުން ރާޖޭގެ އެންމެބޮޑު ނޫހައް އަރާވަރު ވާހަކަޔެއް ކަމުގަވެސް ނުދެކެން ސަބާކީ އެތަނުގެ ގާނޫނު އެގޮތައް އޮތީމަ! އެހެންވެއްޖެއާ ސައުދީގަ އަތުގަ ޓަޓޫއެއްޖަހާފަ ހުންނަމީހަ ޑިޕޯކުރަނީ ކީއްވެތޯ
އެމްބީއެސް
01 May 2019
ސަލީމު ކައިރީ ކާކުތަ ބުނީ ޓެޓޫ އެއްހުރިއްޔާ ސައުދީން ޑިޕޯޓުކުރެއޭ! އެތާނގަ އުޅޭ އެތައްހާސް ފިލިޕީނޯއެއް ޓެޓޫޖަހައިގެން އެއްވެސް މައްސަލައެއް ނުޖެހޭ، އަދި އެހެން ގަުއުމތަކުގެ މީހުންވެސް އުޅޭ! ހިތުން މޮޅުވާހަކައެއް ފަޅާލީދޯ ހެހެހ
ނަން ރީތި
22 April 2019
ކިހާ ހަމަހަމަކަމަށް ލޯބިކުރާ ބައެއް؟ އެކަމަކު އިސްލާންދީނޭ ކިޔައިގެން އެއްޗެކޭ ކިޔަން ވެއްޖެއްޔާ މި މީހުންނަށްވުރެ ހަމަހަމަ ބައެއް ނުތިބޭނެ. ވަރަށް ސަލާމް
ޑާޑާ
21 April 2019
"ކުއްޖާގެ މަންމަ އޮސްޓްރޭލިޔާގައި މަސައްކަތްކުރަނީ ސޯޝަލް ވޯކަރެއްގެ ގޮތުގަ"، ބައްޕަ.......!!!؟
ބޮލުރޮދި
22 April 2019
ޑާޑާ.. ކަލޭ ބަލަންޖެހޭތަ ހުރިހާ ކަމެއް. ކަލެޔަށް ކީތް
ރީތި މޫސަ
21 April 2019
އޮސްޓްރޭލިޔާއަކީ ނަސްލީތަފާތުކުރުންވެސް އިންތިހާ ދަރަޖަޔަށް އޮންނަތަނެއް އެމީހުންގަބޫލުކުރާގޮތުން އެމީހުންނަކީ ދުނިޔޭގެ އެންމެމަތީ ނަސްލުގެމީހުން އެހެންވީމަ އެމީހުންގެ ޤާނޫނުވެސް އެގޮތަށް ބައްޓަންކޮށްއޮންނަނީ
ލަބީބު
21 April 2019
ތިމާގެ ގައުމު ނޫން އެހެން ތަނެއްގައި އުޅުމަކީ ހައްގެއް ނޫން.
ޖަލީލުު
21 April 2019
ނުކުޅެދޭ ކުދިންނާއި ބަލިމީހުންނާ ދެކޮޅަށް ވިސާ ނުދޭން ވަކާލާތު ކުރާ މީހުން އެހެންވީރު އިންސާނީ ހައްގޭ ކިޔާފަ އަނގަ ނުހުޅުވާނީ.