އޭ އެޗް ބްރަދާސްގެ ފިހާރަ--ފޮޓޯ:އާކައިވް
21 އެޕްރީލް 2019 - 15:36
އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ މަހަށް ހާއްސަ ޕްރޮމޯޝަނެއް އޭއެޗް ބްރަދާސް އިން ފަށައިފި އެވެ.
މި ޕްރޮމޯޝަން ގައި، އެ ފިހާރައިން ގަންނަން ލިބޭ ތަކެތިން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓޔ ލިބޭނެ އެވެ. އަދި 2،000ރ. އިން ފެށިގެން މަތީގެ ވިޔަފާރިކުރާ ކޮންމެ މީހަކަށް ވަގުތުން އިނާމެއް ލިބޭނެ ކަމަށް އޭއެޗް ބްރަދާސް އިން ބުނެ އެވެ.
މިދިޔަ އަހަރުތަކުގެ ރޯދަ މަހު ގައި ވެސް އޭއެޗް ބްރަދާސް އިން ހާއްސަ ޕްރޮމޯޝަނެއް ހިންގާފައިވެ އެވެ.
ރާއްޖޭގައި ހާޑްވެއާ ސާމާނު ވިއްކާ ނަން މަޝްހޫރު ފިހާރަތަކުގެ ތެރޭގައި ހިމެނޭ އޭއެޗް ބްރަދާސް އިން، އިމާރާތް ކުރުމަށް ބޭނުންވާ ސާމާނާއި އެކި ވައްތަރު ޕްލައިވުޑާއި އެކި ސައިޒުގެ ޕީވީސީ ހޮޅި އާއި ފިޓިންސް އާއި ޕަވާ ޓޫލްސް ލިބެން ހުންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބަރާއި ފޮޓޯ
22 April 2019
ލިޔުމުގައި ވަނީ ހާޑްވެއަރ ސާމާނުކަމަށް, ފޮޓޯއިން ފެންނަނީ ގޭތެރޭގައި ގެންގުޅޭ އިލެކްޓްރިކަލް އެއްޗެހި. ތިތަނުގައި އަސްލު ވިއްކަނީ ކޮންއެއްޗެއްސެއް