ޚަބަރު / ޕީޕީއެމް

ޕީޕީއެމް ހަމަޔަކަށް ނޭޅި، ހިޔާލު ތަފާތުވުންތަކެއްގައި!

ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކޮންގްރެސް ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން--. ފޮޓޯ: ނިޝާން އަލީ/މިހާރު

މިދިޔަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު ޕާޓީގެ ތެރޭގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި މައްސަލަ ހައްލު ނުވެ ދިގުލައިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް އެ ޕާޓީގެ ކައުންސިލް ބައެއް މެމްބަރުން އިއްޔެ ވިދާޅުވެއްޖެ އެވެ.

"މިހާރު" އާ ވާހަކަ ދެއްކެވި ކައުންސިލްގެ މެމްބަރުން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން، އެންމެ ފަހުން ބައިވެރިވެވަޑައިގެންނެވި ކައުންސިލް ބައްދަލުވުމުގައި "ބޮޑު ހައިޖާނުގަނޑެއް" އުފެދުނު ކަމަށެވެ. އެއް ކަމެއްގެ ގޮތުގައި މެމްބަރުން ފާހަގަކުރެއްވީ ރިޔާސީ އިންތިޚާބުގައި 96،000 ވޯޓާ އެކު ޔާމީނަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އެމަނިކުފާނު އަދިވެސް ގަބޫލުފުޅު ނުކުރެއްވުމެވެ.

"ޑިމޮކްރަސީގެ ސަޅި، ރަނގަޅު ގޮތަކީ ވެސް ހިޔާލު ތަފާތުވުން އޮވެގެން ކުރިއަށް ދިއުން. ޕާޓީގެ ތެރޭގައި މާޔޫސްކަން އެބައޮތް. ޖަޒްބާތުތަކެއް ވެސް ހުންނާނެ. ހިޔާލު ތަފާތުވުން އެބަހުރި. އެކަމަކު ކުޑަ ކުޑަ ވަގުތުކޮޅެއް ނަގާނެ އެ ހިޔާލު ތަފާތުވުންތައް ނައްތާލަން،" ---ޝިޔާމް

"ކައުންސިލް ބައްދަލުވުމުގައި ޔާމީން ވިދާޅުވި ރިޔާސީ އިންތިޚާބުގެ ބަލި ގަބޫލު ނުކުރާ ވާހަކަ. ކޮންމެވެސް މަކަރެއް ނޫނީ އޮޅުވާލުމެއް ހިނގާފައިވާ ކަމަށް. އެކަމަކު އަޅުގަނޑުމެން ޔާމީން އަރިހުން ދެންނެވިން އެންމެން އޮބްޒާވް ކުރި އިންތިޚާބެއްގައި ކޮން މަކަރެއްތޯއޭ ހެދޭނީ؟" މެމްބަރަކު ވިދާޅުވި އެވެ.

ދެ ވަނަ ކަމެއްގެ ގޮތުގައި އެ މެމްބަރު ފާހަގަކުރެއްވީ ޔާމީންގެ އެކައުންޓްތަކުގައި ހުރި ފައިސާ ޕީޕީއެމްގެ އެކި ކަންކަންމަށް ޚަރަދު ކުރަން އެމަނިކުފާނު ދެކޮޅުހެއްދެވުމެވެ. ޔާމީން ގަބޫލުފުޅު ކުރައްވަނީ، އެއީ އެމަނިކުފާނުގެ ފައިސާގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު ހަގީގަތަކީ، އެއީ ޕީޕީއެމްގެ ކަންކަމަށާއި އާންމު އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓުންނަށް ޚަރަދު ކުރުމަށް ހެޔޮ އެދޭ މީހުން ދިން ފައިސާ،" ޔާމީންގެ އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް އިޝާރާތް ކުރައްވައި ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ޕީޕީއެމުން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި އެ ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި މަންދޫބުން އަތް ހިއްލައިގެން.---

"ޔާމީނާއި އަބްދުއްރަހީމްގެ ކޯޅުން ބޮޑު"

ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ފޮނަދޫ ދާއިރާގެ މެމްބަރު، އަދި ކޮންގްރެސް ޕާޓީގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ހިމެނިވަޑައިގަންނަވަ އެވެ. އެކަމަކު ޔާމީނާއި އަބްދުއްރަހީމާ ދޭތެރޭގައި ހިޔާލު ތަފާތުވުން އުފެދި ދެ ބޭފުޅުން ބައްދަލު ނުކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް، މައުލޫމާތު އެނގިވަޑައިގަންނަވާ ކައުންސިލް އެހެން މެމްބަރަކު ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.

އެކަމަކު ޕީޕީއެމާއި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވެފައި ވަނީ ޔާމީނާ ބައްދަލުކުރައްވައި، މިހާރު ވެސް މަޝްވަރާ ލިބެމުން އަންނަ ކަމަށެވެ. އަދި ޕީޕީއެމާއި ޕީއެންސީއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުލޫމާތު ހުރި ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ޔާމީނާއި އަބްދުއްރަހީމާ ދެމެދު މައްސަލަ ޖެހުނީ ކޮންގްރެސް ޕާޓީގެ ނައިބު ރައީސް ކަން އަބްދުއްރަހީމްގެ ދަރިފުޅު އަދި ހުޅުމާލެ ދާއިރާ އަށް ވާދަކުރެއްވި ފައިސަލް އިބްރާހިމަށް ނުދޭން ނިންމުމުން ކަމަށެވެ.

"ޔާމީން ބޭނުންފުޅެއް ނުވޭ ފައިސަލަށް ޕީޕީއެމްގެ ނައިބު ރައީސް ކަން ދޭން. އެހެންވެ، ޔާމީނާއި އަބްދުއްރަހީމް އެކި ކަންކަމުގައި މަޝްވަރާ ނުކުރައްވާތާ ދުވަސްތަކެއް ވަނީ ވެފައި،" އޭނާ ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ ގޮނޑި އިތުރު ދައުރަކަށް ދިފާއު ކުރެއްވި އަހުމަދު ޝިޔާމާއި ގުރައިދޫ ދާއިރާގެ އިންތިޚާބީ މެމްބަރު ޣައްސާން މައުމޫނާއި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު، ޕީޕީއެމްގެ ނައިބު ރައީސުންގެ ގޮތުގައި ހަމަޖެއްސީ އަބްދުއްރަހީމްގެ ވިސްނުމާ ހިލާފަށް ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.

އެހެންވެ، އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ކޮންގްރެސް ޕާޓީއާ ދާދި ފަހުން ގުޅިވަޑައިގަތުމަކީ އެ ހިޔާލުތަފާތުވުން ބޮޑުވެފައި އޮތް ކަމުގެ ހެއްކެކެވެ. ނިހާން، ޕީޕީއެމް ދޫކުރައްވައި ވަޑައިގެންނެވީ ޕީޕީއެމްގެ ލީޑަޝިޕް ފެއިލްވީ ކަމަށް ވިދާޅުވެ އެވެ. ކައުންސިލް މެމްބަރު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ޕީޕީއެމްގެ ބައެއް އެހެން ބޭފުޅުން ވެސް ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގަތުން ކައިރި އެވެ.

"ޕާޓީގެ ކަންކަމަށް ޔާމީން ޚަރަދު ކުރައްވާ"

ޕީޕީއެމްގެ ކައުންސިލް މެމްބަރުން ދެއްކެވި ބައެއް ވާހަކަތައް ދޮގުކުރައްވައި ޝިޔާމް "މިހާރު" އަށް ވިދާޅުވީ "ޕާޓީ ކުރިއަށް ދިއުމަށް ހުރަހެއް އެޅޭ ވަރުގެ ހިޔާލު ތަފާތުވުންތަކެއް ނެތް" ކަމަށެވެ. އެކަމަކު މާ ބޮޑު ތަފްސީލެއް ނުދެއްވައި، އޭނާ ވިދާޅުވީ ޕާޓީގެ ތެރޭގައި ވެސް ހިޔާލު ތަފާތުވުން ހުރި ކަމަށެވެ.

"ޑިމޮކްރަސީގެ ސަޅި، ރަނގަޅު ގޮތަކީ ވެސް ހިޔާލު ތަފާތުވުން އޮވެގެން ކުރިއަށް ދިއުން. ޕާޓީގެ ތެރޭގައި މާޔޫސްކަން އެބަ އޮތް. ޖަޒްބާތުތަކެއް ވެސް ހުންނާނެ. ހިޔާލު ތަފާތުވުން އެބަހުރި. އެކަމަކު ކުޑަކުޑަ ވަގުތުކޮޅެއް ނަގާނެ އެ ހިޔާލު ތަފާތުވުންތައް ނައްތާލަން،" ޝިޔާމް ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީ އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމާއި ކުރީގެ ރައީސް ޔާމިން ބައިވެރިވެވަޑައިގަންނަވަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވެސް އެއްބަސްވެވަޑައިގެންނެވި ގޮތުގައި ޔާމީންގެ އެކައުންޓްތަކުގައި ހުރި ފައިސާއަކީ ހެޔޮ އެދޭ ފަރާތްތަކުން ޕީޕީއެމްގެ ކަންކަން ހިންގަން ދިން ފައިސާ އެވެ. އެކަމަކު އެ ފައިސާ ޕާޓީގެ ކަންކަމަށް ޔާމީން ޚަރަދު ނުކުރައްވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރެއްވި އެވެ.

"ޕީޕީއެމްގައި ހުރި ދަތިތައް ފިލުވަން ޔާމީން މަސައްކަތް އެބަ ކުރައްވާ. އެގޮތުން ފޯނު ބިލްތައް ވެސް ދައްކަމުން ދަނީ ޔާމީންގެ އެހީތެރިކަމުގައި. ޔާމީނަކީ އެންމެ ވަރުގަދަ ޗެނަލް،" ޝިޔާމް ވިދާޅުވި އެވެ.

ޕީޕީއެމުން ބުނެފައިވާ ގޮތުގައި، އެ ޕާޓީ އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީ އަށް ދައުލަތުން ލިބެން ޖެހޭ ފައިސާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހިފެހެއްޓުމެވެ. އެ ފައިސާ ލިބިގެން ނޫނީ ބޮޑެތި ދަރަނިތައް ފިލުވައި ނުލެވޭނެ ކަމަށް ޝިޔާމް ވެސް ވިދާޅުވި އެވެ.

އެހެންވެ، އެ ފައިސާ ހޯދަން ޕީޕީއެމުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ޕީޕީއެމް ހަރުދަނާ ކުރާނީ ޔާމީންގެ ލަފަ އާއި އިރުޝާދާ އެކުގަ އެވެ. އެމަނިކުފާނުގެ ހިޔާލުތައް ޕާޓީ އަށް އަދިވެސް ލިބެމުންދާ ކަމަށް ވިދާޅުވި އެވެ.

"ކައުންސިލް ބައްދަލުވުމުގައި ޔާމީން ވިދާޅުވި ރިޔާސީ އިންތިޚާބުގެ ބަލި ގަބޫލު ނުކުރާ ވާހަކަ. ކޮންމެވެސް މަކަރެއް ނޫނީ އޮޅުވާލުމެއް ހިނގާފައިވާ ކަމަށް. އެކަމަކު އަޅުގަނޑުމެން ޔާމީން އަރިހުން ދެންނެވިން އެންމެން އޮބްޒާވް ކުރި އިންތިޚާބެއްގައި ކޮން މަކަރެއްތޯއޭ ހެދޭނީ؟" -- ކައުންސިލް މެމްބަރެއް

ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ ވެރިންނާ ދެމެދު އި ހިޔާލު ތަފާތުވުން އުފެދިފައި އޮތް އޮތުމާ މެދު ޝިޔާމް ވިދާޅުވީ މިދިއަ އިންތިޚާބުތަކުން ޕީޕީއެމަށް ނާކާމިޔާބުވުމުގެ ނުތަނަވަސްކަމާއި ޖަޒްބާތުތަކެއް އަދިވެސް އެބަހުރި ކަމަށެވެ. އެކަމަކު ޕީޕީއެމާއި ކޮންގްރެސް ޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ އެއް ބައެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

"ނިހާން ވަޑައިގެންނެވީ ކޮންގްރެސް ޕާޓީ ވަރުގަދަ ކުރަން. ހަގީގަތުގައި ނިހާނަކީ ޕީޕީއެމްގެ އެއް ތަނބު، ނިހާންގެ ހުންނާނީ ޕީޕީއެމްގެ ޑީއެންއޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެ ޕާޓީގެ އިސް ސަފުގައި ވެސް ތިބީ ސިޔާސީ ގޮތުން އެންމެ ވަރުގަދަ ބޭފުޅުން،" ޝިޔާމް ވިދާޅުވި އެވެ.

އެކަމަކު މައުލޫމާތު އެނގޭ ކައުންސިލް ބައެއް މެމްބަރުން ވިދާޅުވަނީ ހައްލުކުރަން އުނދަގޫ ކަންކަން ދެ ބައި މީހުންގެ މެދުގައި އެބަ ހުރި ކަމަށެވެ. އެކުގައި ނޫސްވެރިންނާ ބައްދަލުކުރުމަކީ އަދި ހަގީގީ މަންޒަރެއް ނޫނެވެ.

20 ކޮމެންޓް, 62 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 11%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

falcon_autho

24 April 2019

ޔާމީނު ގަބޫނުކުރިޔަސް އަހަރެމެންނަށް ވަރިހަމަ. ދެން ދިވެހި ދައުލަތުގެ އެއްވެސް މަގާމެއް ރައްޔިތުން ޔާމީނަކަށް ނުދޭނެ. ތިޖޫރި ވީތަންވެސް އަދިވެސް ނޭގޭ.

The name is already taken The name is available. Register?

ވާލުސޮރު

24 April 2019

ފީ އިލޮށި ކޮޅެއްވެސް މިހާރުވާނީ ތިޔަ ދެޕާޓީގެ އެންމެ ވަރުގަދަ ތަނބަކަށް. ރައްޔިތުން ބަލައިނުގަނެ ސިޔާސީ ގޮތުން ފެއިލްވީމަ ވައިއަނގަތެޅުން ފިޔަވާ ދެންކުރެވޭނެ އެހެންކަމެއްނޯންނާނެ.

The name is already taken The name is available. Register?

މޮހޮނުގެ މޮހޮނާ

24 April 2019

ހުސްދޮގު އެއީ ދައުލަތުގެ ފައިސާ އެމް.އެމް.ޕީ.އާރު.ސީ ގެ ފައިސާ ކާކު 100 މިލިއަން ދޭނީ. ޕީޕީއެމް/ޕީއެންސީ ކިޔަސް ތީ ހަމަ އެއްބަޔެއް ދިން ކޮން ޕީޕީއެމް/ޕީއެންސީ އެއްތަ؟ ޕީއެންސީ ގަ ތިބޭނީ 3000 މީހުން އެއީ ޕާޓީ އުފަދަން ޕީޕީއެމުން ގެންދިޔަ މީހުން ދެ ޕާޓީގަވެސް ތިބޭނީ ހުސް ޕީޕީއެމް މީހުން

The name is already taken The name is available. Register?

އަބީ ބަކްރް

24 April 2019

މި ލާރި ކޮލު ބައްކޮއްގެން އޮއްވާ ރިޔާސީ އިންތިހާބުން ފޭލު ވީ. ޔާމީނު އަކީ ސިޔާސީ ޕާޓީ އެއް ހިންގޭ ވަރައް ވުރެން ދަހި ބޮޑު މީހެއް. އަދިވެސް މައުމޫނާ ހަވާލުކޮއްބަ.

The name is already taken The name is available. Register?

ކަނބާއައިސަާ

24 April 2019

ޕާޓީ އުވާލާ ނޫނީ މައުމޫނާ ހަވާލުކުރޭ ތީ ބޭކާރު ބައެއް ލީޑްކުރާ ޕާޓީއެއް، ރައްޔިތުން ބަލައިނުގަންނަ ބައެއް އިސް ސަފުގައި ތިބި ޕާޓީއެއް..

The name is already taken The name is available. Register?

ޝޮކްތެރަޕީ

24 April 2019

މިޕާޓީވަރުގަދަ ވާނީ ޔާމިން އަދުރޭ ސިޔާސީ މައިދާނުން އެކެހެރިވީމަ

The name is already taken The name is available. Register?

ބޭރު

24 April 2019

ޕީޕީއެމްގެ ކަންކަމަށް ޚަރަދުކުރަން ދިން ފައިސާ ކީއްވެތޯ ޔާމީނުގެ އެކައުންޓަށް ލައިގެން އެ ފައިސާ އިންވެސްޓްމެންޓް އެކައުންޓުތަކުގައި ބަހައްޓައިގެން އެއިން މަންފާ ހޯދަނީ. ރިޔާސީ އިންތިހާބަކީ އެންމެ މުހިއްމު އިންތިހާބު އެ އިންތިހާބު ނިމުނު އިރުވެސް ކެމްޕޭނަށް ޚަރަދުކުރަން ދިން ފައިސާގެ 100 މިލިޔަން ރުފިޔާ ޔާމީނުގެ އެކައުންޓުގައި، މީ ދެން ބޮޑުވަރު. މިވަރުން ހިޔާލު ތަފާތުވާން ނުހުންނަ މީހާވެސް ހިޔާލު ތަފާތުވާނެ.

The name is already taken The name is available. Register?

އެދަރު

24 April 2019

އަހަރެމެންނަށް ވަރިހަމަ ތިމީހުން ކިތަންމެ ވަރަކަށް ކޯޅުނަސް. މިޤައުމަށް މިއަދު ކުރިމަތިވެފައިވާ ގެއްލުމެއްވާނަމަ އެކަމުގެ ފަހަތުގައި ތިބީ ތިމީހުން.

The name is already taken The name is available. Register?

ބަނާނާ ރައީސް

24 April 2019

ތިޔަ ކައުންސިލް މެމްބަރަކީ ހަނދުކޭތަ ބަލާ ނުޖޫމީ އިލްމުވެރިޔާގެ އެޖެންޓަކަން ޔަގީން. ޕޕމގެ އާއްމު މެމްބަރުންގެ މިއަދުގެވެސް އެއްމެބޮޑު ތުހުމަތަކީ ރިޔާސީ އިންތިހާބުގެ ވޯޓުގަ އޮޅުވާލުން އެބައޮތްކަން ހަމައެކަނި ތުހުމަތެނޫން އާއްމު ރައްޔިތުން މިކަމުގަ ހެކިދޭ ތިޔަ މެމްބަރު މިކަމުގަ ޕޕމގެ އާއްމު މެމްބަރުންނާ ދެކޮޅަށް މީޑިޔާގަ ޕޕމ ރޔާމީނާ ދެކޮޅަށް ވާހަކަ ދެއްކުމުންއެގެނީ ތިއީ ޕޕމ ފަނި ކުރަން ގެންގުޅޭ ފަންޏެކަން. ރޔާމީނާ ނުލާ ޕޕމ ކުރިޔަށް ނުގެންދެވޭނެ.

The name is already taken The name is available. Register?

ގަމާރުބީތާއިންނޭ

24 April 2019

ޕީޕީއެމް ހަމައަކަށް އެޅޭނީ ޕީޕީއެމްގެ ކައުންސިލުން އަދުރޭ އަދި ނިހާނު ފަދަ ބްރޯ އަތުން ސުޕާރީ ކައިގެން ޕީޕީއެމް ރައީސް މައުމޫނު އަތުން ފޭރިގަންނާން ހިތްވަރު ދިން އެންމެން ޕީޕީއެމް އިން ބޭރުވުމުންނޭ އެނޫން ގޮތެއް މީގައި ނޯންނާނެއޭ މަމެން ނުދެކެމޭ އަދުރޭ ވެސް އަދި ނިހާން އަކީ ވެސް ޕޮލިޓިކަލް ސައެންސްގެ އަލިފުބާ ވެސް ދަންނަ ބަޔެއް ކަމަށް ރޮލެކްސް ގަޑިއެއްގެ ފޮޓޯ ޖަހާ ޓްވީޓް ނުކުރާނެ މީއޭ ތިމަންނާ ދެކޭ ހުވަފެނަކީ ބުނެ މަޖްލީހުގެ މެޖޯރިޓީ ލީޑަރެއް

The name is already taken The name is available. Register?

ހަސަން މާހިރު

24 April 2019

ޢަޖައިބެކެވެ! އަދީބު ހެދި ޕާޓީ އަށް ތިޔަ މީހުން ނުދިޔައީ ކީއްވެބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454