ކަނޑޫދޫ މީހަކު މިރުސް ދަނޑެއްގައި މަސައްކަތްކުރަނީ: ރޯދައަށް މިރުހުގެ ހާލަތު ރަނގަޅުވާނެ ކަމަށް ބެލެވޭ --ފޮޓޯ: ކަނޑޫދޫ ކައުންސިލް
23 އެޕްރީލް 2019 - 11:10
ރާއްޖޭގައި އެންމެ ހިނގާ ތ. ކަނޑޫދޫ ގިތެޔޮ މިރުހުގެ ދަނޑުތަކަށް ފުރަތަމަ ފަހަރަށް ބޮޑު ހީނަރުކަމެއް އައިސް، ލިބޭ މިރުގެ އަދަދު މަދުވެ، އޭގެ އަގު މާލޭގެ ބާޒާރުގައި ރަނަށް އަރައިިފި އެވެ.
ކަނޑޫދޫ ކައުންސިލުން ބުނީ ދަނޑުތަކުގެ މަތިވަރު ދެރަވެގެން، މިރުހުގެ އަދަދު މަދުވީ، މިދިއަ ދެ މަސް ދުވަހު އާދަޔާ ހިލާފަށް ހޫނު ގަދަވުމުގެ ސަބަބުން ކަމަށެވެ.
ކަނޑޫދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނަވާޒް ވިދާޅުވީ މިދިޔަ ދެ މަހެއްހާ ދުވަހު ހޫނު ގަދަކަމުން މިރުސް ގަސްތަކުގައި މާ އެޅީ ވެސް މަދުން ކަމަށާއި އެޅި ގިނަ މާތައް މިރުހަށް ނުވެ ވަނދުވީ ކަމަށެވެ. އެހެންވެ އެރަށުން މިހާރު މިރުސް ކިލޯއެއް ވިއްކަނީ 500 ރުފިޔާ އާއި 600 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިން ނަމަ ކިލޯއެއް އުޅުނީ 200ރ އާއި 300ރ އާ ދެމެދުގެ އަގުތަކެއްގަ އެވެ.
"މިހާރު ވަރަށް މަދުން މާލެއަށް މިރުސް ގެންދެވެނީ. މިހާ ދަތިނުވޭ މީން ދުވަހަކު ވެސް،" ނަވާޒް ވިދާޅުވި އެވެ.
"މާލޭގައި މާރުކޭޓުގައި ތިބޭ ފަރާތްތަކަށް މިރަށުން މިހާރު މިރުސް ވިއްކަނީ 500، 600 އަށް. އެހެންވެ ބާޒާރުގައި މިހާރު މިރުސް އެ ވިއްކަނީ 800 ރުފިޔާއަށް."
ތ. ކަނޑޫދޫ މީހަކު މިރުސް ދަނޑުގެ މަސައްކަތުގައި: މިދިއަ ދެ މަސް ދުވަހު ދަނޑުތަކަށް ނުބައި އަސަރުކުރި . ފޮޓޯ: ކަނޑޫދޫ ކައުންސިލް
މާލޭގައި ކަނޑޫދޫ ގިތެޔޮ މިރުހެއް މިދުވަސްކޮޅު ލިބެނީ 7-10ރ. ގެ އަގުތަކުގަ އެވެ.
ކުރިއަށް އޮތް ރޯދަމަހަށް އުފާވެރި ޚަބަރެއް ވެސް އެބަ އޮތެވެ. އެއީ ރާއްޖެއަށް ވިއްސާރަ މޫސުން ފެށުމުގެ އަސަރުތައް ފެންނާތީ، ރޯދައަށް ވާ އިރަށް ކަނޑޫދޫގެ މިރުސް ތިޔާގިވުމުގެ ފުރުސަތު ބޮޑުވުމެވެ.
ނަވާޒް ވިދާޅުވީ ވިއްސާރަ މޫސުން ފެށުމާ އެކު ދަނޑުތަކުގެ ހާލަތު ރަނގަޅުވާ ފަށާފައިވާ ކަމަށެވެ. އެހެންކަމުން އަންނަ ރޯދަމަހު މިހާރަށް ވުރެ ގިނައިން ބާޒާރަށް މިރުސް ނެރެވޭނެ ކަމަށް އޭނާ އުއްމީދުކުރައްވަ އެވެ.
"ރޯދަމަހު މިއަށް ވުރެ މާ ބޮޑަށް ވެސް ރަނގަޅުވާނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަނީ. ވިއްސާރަ މޫސުން ފެށުނީމާ، މިހާރު މިރުސް ދަނޑުތައް ރަނގަޅުވަމުން އަންނަނީ،" އޭނާ ވިދާޅުވި އެވެ.
ކަނޑޫދޫގައި އަބަދުވެސް ގިތެޔޮ މިރުސް ހައްދަ އެވެ. ނަމަވެސް އެރަށުގެ މިރުސް ރާއްޖޭގައި މަޝްހޫރުވެ، ބާޒާރުގެ ކޮންޓްރޯލް ހޯދިތާ އަދި މިވީ 10 ވަރަކަށް އަހަރެވެ.
އެ ރަށުގައި ކުރިން ހައްދަމުން އައީ، ދަނޑުވެރިން ކިޔާ ގޮތުން ނަމަ، "ހުދު މިރުސް" (ފެހިކުލަ މަޑު) މިރުހެވެ. މިހާރު މަޝްހޫރުވެގެން އުޅޭ ކުޅި ގަދަ އަދި ފެހިކަން ވެސް ގަދަ މިރުސް އަޅަން ފެށީ، ކުރިން ވެސް ހައްދަމުން އައި މިރުހުގެ މުޑުވަކުންނެވެ.
ފެހި ކުލަ ގަދަ މިރުސް، އާންމު ނަމުން ނަމަ، "ކަޅު މިރުސް"، ފުރަތަމަ ފެންނަން ފެށުމުން އެއީ ކަމުނުދާ އެއްޗެއް ކަމަށް ބަލައި، އަޅާނުލާ ދޫކޮށްލީ އެވެ. އެކަމަކު ފަހުން އެނގުނީ އެ މިރުސް މީރުވެފައި، ކުޅި ވެސް ގަދަކަމެވެ. އެހެންކަމުން ކުޅި ގަދަކޮށް ކެއުމުގެ އާދަ އޮންނަ ދިވެހިންގެ ތެރޭގައި ކަނޑޫދޫ މިރުސް މަޝްހޫރުވެ، ޑިމާންޑް ބޮޑުވި އެވެ.
"އޭރު ކަޅު މިރުސް ގަހަކާ އެކަކު ވެސް އަޅައެއް ނުލާނެ. އެކަމަކު ފަހުން މި އެނގުނީ އެއީ މާ ކުޅި ގަދަ، މާ މީރު ވައްތަރެއްކަން. ދެން އެ ބާވަތް ބާޒާރުގައި މާ ހިނގާ އެއްޗަކަށް ވީ،" މިރުހުގެ ދަނޑުވެރިކަން ވެސް ކުރައްވަމުން އަންނަ ނަވާޒް ވިދާޅުވި އެވެ.
އާމްދަނީ ހޯދަން ކުރާ ހަމައެކަނި މަސައްކަތެއްގެ ގޮތުގައި މިރުސް ހައްދާ މީހުން ކަނޑޫދޫގައި އުޅެ އެވެ. އެކަމަކު ގިނަ މީހުން މިރުސް ހައްދަނީ އެހެން މަސައްކަތްތައް ވެސް ކުރަމުންނެވެ. މިރުސް ހައްދައިގެން ރަނގަޅު އާމްދަނީއެއް ވެސް ލިބޭ ކަމަށް ނަވާޒް ވިދާޅުވި އެވެ.
މިރުސް ވިއްކައިގެން ދަނޑުވެރިޔަކަށް އާންމުކޮށް މަހަކު 15،000ރ ލިބެ އެވެ.
.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންބެ.
23 April 2019
އެއްވެސް ކަމެއް ދިމާވީ އެއްނޫން. ތީ ރޯދައަންނަންވާއިރަށް އަގުބޮޑު ކުރަން ކުރާކަމެއް.
ޕްރީޕެއިޑް
23 April 2019
ޔޫގެންޑާމިރުސް އޯކޭ.
އާރީ
23 April 2019
800ރ މިރުސް ކިލޯއެއް ވިއްކާގެން އެއްފަހަރާ މުންސަދިވާން ވިންޔާ އުޅެނި
ޟަރިޔާ
23 April 2019
ކަނޑޫދޫ މިރުސް ނުގަންނާނަން. ތިޔަ މިރުހަށްވުރެ ސިއްހީ ގޮތުން ރަގަޅު މިރުސް ބާޒާރުން ލިބެން އެބަހުރި.
އިޙްސާސް
23 April 2019
ލިބޭ މިންވަރަށް، މާތްﷲ ދެއްވާ ރިޒްޤަށް ޝުކުރުކޮށްބަލަ. ތިޔަ މިރުސް ބޯކޮށް އޮތް އިރުވެސް ވިއްކީ ބޮޑުއަގުގަ.
ރަސްވިން
23 April 2019
ކުޑަ ކުޑަ ހަގީގީ ވާހަކައެއް ލިއާނަމެ. ކަޑޫދޫއައް ދިޔަދަތުރެއްގަ މިރުސްކޮޅެއް ހޯދަން ކަޑޫދޫ ރައްޓހިމީހާކާރީ ބުނީމެ. ރައްޓެހިމީހާ އަކީވެސް މިރުސްދަޑެއްގެ ވެރިއެކެ ގޭގައި އޭރުވެސް ބައިވަރު މިރުސްކަޑާފައިވެސްހުއްޓެ އެމިރުހުގަ އަތްއުގުޅަމުން ކޮތަޅެއްދޭށޭބުނީމެ. ރައްޓެހިމީހާބުނީ ވިއްކަންތަ? ގޭގަބޭނުންކުރަންތަ? ގޭގަބޭނުން ކުރާނަމަ ތިމިރުސް ގެންދާނެކަމެއްނެތް ތިވަރައްކެމިކަލް ބޭނުންކޮއްފަ ހުންނާނީ. އަދި ކުޑަ ދޮލަގެއް ގެނެސް އެއިން މިރުސް ނަގަން ބުންޏެ..
ރަދީފް
23 April 2019
ހެކިތަކާއިއެކު ފުޑްް & ޑްރަގް އޮތޯރިޓީއަށް ތިޔަ މައްސަލަ ރިޕޯޓްކުރުން އެއީ ރަސްވިންގެ ވާޖިބެއް.އަދި މިހާ ދުވަސްވަންދެން ލަސްކުރުން އެއީ ދެރަކަމެއް.
ޞަނަސް
23 April 2019
ޢެހާ ކުޅިކޮއްކާކަ ނުވާނެ.
ހަސަނބޭ
23 April 2019
ތިޔަ ކަނޑޫދޫމިރުސް ކެއުމަށްވުރެން މާރަނގަޅުވާނެ އިންޑިޔާންއެތެރެކުރާ ގިތެޔޮ މިރުހާ ހިކިމިރުހާ ރޯމިރުސް ތިޔަކަނޑޫދޫމިރުސް 2000ރުފިޔާއަށް ކިލޯ ވިއްކިޔަސް އަހަރެމެންހިތަކަށްނާރާ އެއްވެސްއެއްޗެއް
މަރޭމިތުރު
23 April 2019
ހަސަންބޭ! ތިބުނީ ހެޔޮކޮށް. އިންޑިއާމިރުސް މާމީރު އަދި މާއަގުހެޔޮ. އިންޑިއާ މިގޮތައް އެއްބައިވެ އޮތިއްޔާ ރާއްޖެ ޖެހިލުންވާކަށްނުޖެހޭނެ ހަމަ އެއްކަމެއްގަވެސް.
ރަދީފް
23 April 2019
އަހަރެން މިއީ ނުލާހިކު ކުޅިކޮށް ކާ މީހެއް.އެހެންވީމަ ރުޅިއަންނާނެ ދޯ.02 މިރުސް ކާލަން.ލޮލް
ކުޅި
23 April 2019
ކަލޭގެ މެއިން ދިލަ ނުނަގާކަން ނަސީބު. މަށަށް މިރުހުގެ އެއް ފަޅިވެސް ނުކެވޭނެ.
އިސްހާގު
23 April 2019
ހޯނޑެއްދޫ މިރުހެއް ގަންނަންވެސް ނުލިބޭ. އެއަށްވުރެ މަޝްހޫރު މިރުހެއް އެހާކުޅިމިރުހެއް ނުދެކެން.