މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސަލްމާންގެ ހާންގެ ކުރިއަށް އޮތް ފިލްމު "ބާރަތު" ގެ ފުރަތަމަ ލަވަ ދައްކާލައިފި އެވެ.

"ސްލޯ މޯޝަން" ގެ ނަން ދީފައިވާ މި ލަވައިން ސަލްމާނާ އެކީގައި ފެންނަނީ ޒުވާން ބަތަލާ ޑިޝާ ޕަޓްނީ އެވެ. "ބާރަތު" އިން ސަލްމާންގެ ފަސް ލުކެއް ހިމެނޭއިރު، ޑިޝާ ފެންނަނީ ސަލްމާން ޒުވާން ދުވަސްވަރުގެ ޓްރެކުންނެވެ.

"ސްލޯ މޯޝަން" އަކީ އަކީ ވިޝާލް-ޝޭކަރާއި ނަކަޝް އަޒީޒްގެ އިތުރުން ޝްރެޔާ ގޯޝަލްގެ އަޑުން ކިޔާފައިވާ ލަވައެކެވެ. ލަވައިގެ ޅެން އިރުޝާދު ކާމިލް ހަދާފައިވާ އިރު، މިއުޒިކް އެރޭންޖްކޮށްފައި ވަނީ މެގްދީޕް ބޯސް އެވެ.

އަންނަ ޖޫން މަހުގެ 5 ވަނަ ދުވަހު ރިލީޒް ކުރަން ނިންމާފައިވާ "ބާރަތު" ގެ ކާސްޓުން ކެޓްރީނާ ކެއިފް، ތައްބޫ، ޖެކީ ޝްރޮފް، ނޯރާ ފަތެހީ އަދި ސުނިލް ގްރޯވާ ފެނިގެން ދާނެ އެވެ. ފިލްމުގެ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

މި ފިލްމުގައި ސަލްމާން ފެނިގެން ދާނީ "ބާރަތު" ކިޔާ ކެރެކްޓާއަކުންނެވެ. އޭނާއަކީ ގައުމަށްޓަކައި ގުރުބާންވާ މީހެކެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ 2014 ގައި ރިލީޒް ކުރި ކޮރެއާ ފިލްމު "އޯޑް ޓް މައި ފާދާ" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

"ބްލޭންކް" ގެ "އަލީ އަލީ" ދައްކާލައިފި

އަންނަ މަހު ރިލީޒް ކުރާ ކަރަން ޕާޑިއާގެ އަލަތު ފިލްމު "ބްލޭންކް" އަށް އޭނާގެ ޅިޔަނު އަކްޝޭ ކުމާރު ކުޅެދީފައިވާ ޕްރޮމޯޝަނަލް ލަވަ "އަލީ އަލީ" ދައްކާލައިފި އެވެ.

މި ލަވައިގެ ވީޑިއޯ އިން ފެނިގެން ދަނީ ކަރަން އާއި އަކްޝޭ އެވެ. ކަރަންއަކީ އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާގެ ދެބޭންގެ ދެދަރި ކޮއްކޮއެކެވެ.

"އަލީ އަލީ" އަކީ ބީ ޕްރާކް އާއި އާކޯ ކިޔާފައިވާ ލަވައެކެވެ. ލަވައިގެ މިއުޒިކް ވެސް ހަދާފައި ވަނީ އާކޯ އެވެ.

ސަނީ ޑިއޯލް ވެސް މުހިއްމު ރޯލަކުން ފެނިގެންދާ "ބްލޭންކް" އަކީ ބެހެޒާދު ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ މެއި މަހުގެ 3 ވަނަ ދުވަހު އެވެ.

"ނާގިން 3" ނިންމާލަނީ

ކަލާޒުން މިހާރު ދައްކަމުން އަންނަ އެކްތާ ކަޕޫރްގެ ޓީވީ ސިލްސިލާ "ނާގިން" ގެ ތިން ވަނަ ސީޒަން އަންނަ މަހު ނިންމާލަން ހަމަޖެހިއްޖެ އެވެ.

ބެލުންތެރިންގެ މަގުބޫލުކަން ވަރަށް ބޮޑަށް ހޯދި މި ސިލްސިލާގެ ތިން ވަނަ ސީޒަން ނިންމައިލަން ހަމަޖެހިފައި ވަނީ މެއި މަހުގެ 26 ވަނަ ދުވަހު ދައްކާ ފިނާލޭ އެޕިސޯޑުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ސިލްސިލާގެ ނިމުން ގެނެސް ދޭން ހަމަޖެހިފައި ވަނީ ވަރަށް ހާއްސަ ގޮތަކަށެވެ. އެގޮތުން "ނާގިން" ގެ ފުރަތަމަ ދެ ސީޒަނުގެ ލީޑް ކާސްޓް ވެސް ތިން ވަނަ ސީޒަނުގެ ފަހު އެޕިސޯޑުން ދައްކައިލާނެ އެވެ.

"ނާގިން 3" ގެ މުހިއްމު ތަރިންނަކީ ސުރްބީ ޖިއޯތީ، އަނީތާ ހަސަން ދާނީ، ޕާލް ވީ ޕޫރީ އަދި ރަޖަތު ޓޯކަސް އެވެ. މި ސިލްސިލާ ދައްކަން ފެށީ މިދިޔަ އަހަރުގެ ޖޫން 2 ގަ އެވެ.

"ނާގިން 3" ނިންމައިލުމަށް ފަހު ކަލާޒުން ދެން ދައްކަން ފަށާނީ ކުރިން ގެނެސް ދިން ސިލްސިލާއެއް ކަމަށްވާ "ކަވަޗް" ގެ ދެވަނަ ސީޒަނެވެ. އެ ސިލްސިލާގެ ޕްރޮމޯ ވެސް މިހާރު ދައްކަމުން އަންނަ އިރު، އޭގެ ބަތަލާއަކީ ސްޓާ ޕްލަސް އިން ގެނެސް ދިން "ދިޔާ އޯރް ބާތީ ހަމް" ގެ ބަތަލާ ދީޕިކާ ސިންގެވެ.

"ޕަވާ" ގެ ޝޫޓިން ނިންމާލައިފި

ދާދި ފަހުން އިއުލާން ކުރި އެކްޓަރު މަހޭޝް މަންޖްރޭކަރް ޑައިރެކްޓްކުރާ ގޭންގްސްޓާ ފިލްމު "ޕަވާ" ގެ ޝޫޓިން ނިންމާލާފައިވާ ކަމަށް ޕްރޮޑިއުސަރު ވިޖޭ ގަލާނީ ބުނެފި އެވެެ.

އޭނާ މި މަހުގެ ތެރޭގައި ފިލްމު އިއުލާން ކުރީ ވެސް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޝޫޓިން ނިންމައިލުމަށް ފަހު ކަމަށެވެ. މިހާރު "ޕަވާ" އޮތީ ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގަ އެވެ.

މި ފިލްމުގެ ޓީމުން ވަނީ ޝޫޓިން ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ވެސް ހިއްސާކޮށްފަ އެވެ.

"ޕަވާ" ގެ ތަރިންނަކީ ވިދުޔަތު ޖަމްވަލް އާއި އެކްޓަރު ކަމަލް ހަސަންގެ ދޮށީ އަންހެން ދަރިފުޅު ޝުރޫތީ ހަސަނެވެ. އަދި ފިލްމުގެ މުހިއްމު ރޯލަކުން މަހޭޝް ވެސް ފެނިގެން ދާނެ އެވެ.

ނަމަވެސް ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454