ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ޔާމީންއާ ދެކޮޅަށް ހެކިންގެ ގޮތުގައި އަދީބު، ޒަމީރު އަދި އޭސީސީގެ ރައީސް ދައުލަތުން ހުށަހަޅައިފި

ކުރީގެ ރައީސް ޔާމީން: އެމަނިކުފާނާ ދެކޮޅަށް ހެކިންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަދީބާއި ޒަމީރުގެ އިތުރުން އިތުރު ބައެއް މީހުންގެ ނަން ވަނީ ހުށަހަޅާފައި -- ފޮޓޯ/މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިންގެ ދައުވާގައި އެމަނިކުފާނާ ދެކޮޅަށް ހެކިންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސާއި ނައިބު ރައީސް ދައުލަތުން ހުށަހަޅައިފި އެވެ.

ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުރި އެކައުންޓަކަށް އެސްއޯއެފްގެ ދެ ޗެކަކުން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގަ އެވެ. އަދި ފަހުން އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮތް ސޭވިން އެކައުންޓަކަށް އެ ފައިސާ ޖަމާ ކުރުމަށް ފަހު ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް އެ ފައިސާ ޖަމާކުރި ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

މީގެ އިތުރުން އޭސީސީއާ އެކު އެމަނިކުފާނު އެއްބަސްވެ ވަޑައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެސްކްރޯ އެކައުންޓަށް އެމަނިކުފާނުގެ އެކައުންޓަށް ވަތް ޑޮލަރު ނޫން އެހެން ފައިސާއެއް ޖަމާ ކުރުމަށް ފަހު، އޮޅުވާލި ކަމަށް ވެސް ދައުލަތުގެ ދައުވާގައިވެ އެވެ.

ކުރީގެ ރައީސް ޔާމީން (ކ) އާއި ކުރީގެ ނައިބް ރައީސް އަދީބު. --ފައިލް ފޮޓޯ

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންއާ ދެކޮޅަށް ދައުލަތުން އަށް ހެކިވެރިއަކާއި ބައެއް ލިޔުންތައް ހުށަހެޅި އެވެ. އެގޮތުން އަދީބާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޒަމީރާއި އޭސީސީގެ ރައީސް ހަސަން ލުތުފީ އާއި އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ހުށަހެޅި އެވެ. އަދި ބީއެމްއެލްގެ ބޯޑު މެމްބަރެއް ކަމަށްވާ މުހައްމަދު ލުވައިޒާއި އެ ބޯޑުގެ މެމްބަރެއް ކަމަށް އިސްމާއިލް ޝަރީފްގެ އިތުރުން އިތުރު މީހެއް ވެސް ދައުލަތުން ހުށަހެޅި އެވެ.

ދައުލަތުން ބުނިގޮތުގައި އަދީބު ހެއްކެއްގެ ގޮތުގައި ހުށަހަޅަނީ ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި އަދި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި އަދީބު ހުންނެވިއިރު، އެ ޕާޓީއަށް އެކި ފަރާތްތަކުން ދޭ ފައިސާގެ އަދަދުތައް އެހާ ބޮޑު ނޫންކަން ސާބިތުކޮށް ދިނުމަށާއި އަދި އެގޮތަށް ލިބޭ ފައިސާ ވެސް ލިބެނީ ދިވެހި ރުފިޔާއިން ކަން ސާބިތުކޮށް ދިނުމަށެވެ. ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ކޮން ފައިސާއެއް ކަން ނޭނގޭ ކަން ސާބިތު ކުރުމަށް ކަމަށެވެ.

ލުތުފީ އާއި މުވައްވިޒްގެ ނަން ހުށަހެޅީ އޭސީސީއާ ޔާމީނާ އެކު އެއްބަސްވެ ވަޑައިގެން ހެއްދެވި، އެސްކްރޯ އެކައުންޓާ ގުޅޭ ކަންކަން ސާބިތު ކުރުމަށެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޒަމީރު. --ފައިލް ފޮޓޯ

ޒަމީރުގެ ނަން ދައުލަތުން ހުށަހަޅަނީ އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަން ސާބިތު ކުރުމަށެވެ. އަދި ހެއްކެއްގެ ގޮތުގައި ހުށަހެޅި އާންމު މީހާއަކީ ހުޅުމާލޭގައި އޮތް ޒަމީރުގެ ބިމެއް ދެ މިލިއަން ޑޮލަރަށް ގަތް މީހެއް ކަމަށް ދައުލަތުން ބުންޏެވެ.

ޒިޔަތުގެ ނަން ދައުލަތުން ހުށަހެޅީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ދޫކުރުމުގައި ޔާމީންގެ މަޝްވަރާ އެ އެކި ކަންކަމުގައި ލިބުނު ކަން ސާބިތު ކުރުމަށެވެ. ބީއެމްއެލްގެ ބޯޑުގެ ދެ މެމްބަރެއްގެ ނަން ދައުލަތުން ހުށަހެޅީ އެސްކްރޯ އެކައުންޓާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން ކިތާބީ ހެކީންގެ ގޮތުގައި ބައެއް ފަރާތްތަކުގެ ބޭންކް ސްޓޭޓްމަންޓްތަކާއި ޗެކްތަކެއްގެ އިތުރުން ޔާމީން ފުލުހުންގެ ތަހުގީގަށާއި އޭސީސީގެ ތަހުގީގަށް ދެއްވި ބަޔާން ވެސް ދައުލަތުން ހުށަހެޅި އެވެ.

ދައުލަތުން ދައުވާ އިއްވުމުން ޔާމީން ވިދާޅުވީ އެ ދައުވާ ސާފު ނުވާ ކަމަށެވެ.

އެމަނިިކުފާނުގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ އެ ދައުވާއާ ގުޅިގެން ބައެއް ކަންކަން ސާފުނުވާ ކަމަށެވެ. އެގޮތުން ދައުލަތުގެ ދައުވާގައި، ތިން މުއާމަލާތެއްގެ ވާހަކަ އޮތްއިރު، މަނީ ލޯންޑްރިންގެ ދައުވާ ބިނާކުރަނީ ކޮން މުއާމަލާތަކަށް ކަން ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ކޮން ކުށަކާ ގުޅޭ ފައިސާއެއް ކަން ވެސް ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާޒް ވިދާޅުވި ގޮތުގައި އެ ދައުވާ އެ ގޮތުގައި ކުރިއަށް ގެންދަން ހުރަސްތަކެއް އެބަހުއްޓެވެ. އެހެންވެ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި އެކަންކަން ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އެ ދައުވާ ބިނާކުރަނީ ދައުވާގައި ބުނާ ތިން މުއާމަލާތް ވެސް ހިމެނޭ ގޮތަށް ކަމަށެވެ. ކުށެއް ކޮށްގެން ހޯދި ކަމަށް ބެލެވޭ ނުވަތަ ޝައްކު ކުރެވޭ މުދަލެއް ފޮރުވުމަކީ މަނީ ލޯންޑްރިންގެ އަމަލެއް ކަމަށް މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގައި ބުނާ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން އެގޮތަށް ބުނުމުން ޔާމީން ތެދުވެ ވަޑައިގެން، ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވީ އެސްއޯއެފްގެ ފައިސާ ކަމަށާއި އެއީ އެމްއެމްޕީއާރުސީގެ ފައިސާއެއް ނޫން ކަމަށެވެ.

އެމަނިކުފާނުގެ ވަކީލް ޝިޔާޒް ވިދާޅުވީ ޖަމާވި ފައިސާއަކީ ކޮން ކުށަކާ ގުޅޭ ފައިސާއެއް ކަމަށް ދައުލަތަށް ބުނެ ނުދެވޭ ކަމަށެވެ. ދައުވާ ކުރަނީ ދައުލަތުން ކަމަށް ވާއިރު، އެކަންކަން ދައުލަތަށް ސާފުކޮށް ދެވެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ހައިލަމް ވެސް ދައުލަތާ ސުވާލު އަމާޒު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އެއީ ކޮރަޕްޝަންގެ ކުށްތަކާ ގުޅުންހުރި ކަމަށް ބެލެވޭ ފައިސާ ކަމަށެވެ. އެގޮތުން، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ އެހެން މައްސަލަތައް މިހާރު ވެސް ކޯޓުތަކުގައި ހިނގަމުންދާ ކަން ފާހަގަކޮށް، ދައުލަތުން ބުނީ އެ ދައުވާ ކުރަނީ އެސްއޯއެފް އިން ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ކޮރަޕްޝަންގެ ކުށުން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭތީ ކަމަށެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާ ކުރިއިރު ހުށަހެޅި ހެކިތަކުގެ އިތުރުން އިތުރު ދެ ހެއްކެއް ވެސް ދައުލަތުން އޮތީ ފަހުން ކޯޓަށް ހުށަހަޅައިފަ އެވެ. އެހެންވެ، އެ ދެ ހެކިން ވެސް ބަލައިގަތުމަށް ދައުލަތުން އެދުނެވެ.

ދައުވާ ކުރިއިރު، އެ ހެކިންގެ ހުށަނޭޅީ ކީއްވެގެންތޯ އިސްގާޒީ ހައިލަމް ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އެ ހެކިންގެ ބަޔާންތައް ލިބުނީ ފަހުން ކަމަށާއި އެ ހެކިންނަކީ ދައުވާ ކުރިއިރު ފުލުހުންނަށް ނުހޯދި ތިބި ބައެއް ކަމަށެވެ. އޭގެ ތެރޭގައި އެސްއޯއެފްގައި މަސައްކަތްކުރި މުވައްޒަފަކު ވެސް ހިމެނޭ ކަމަށް ދައުލަތުން ބުންޏެވެ.

އިސް ގާޒީ ވިދާޅުވީ އެ ހެކިން ބަލައިގަތުމާ މެދު ގޮތެއް ނިންމަވާނީ އެކަމާ ގުޅިގެން ދެ ފަރާތަށް ވެސް ވާހަކަ ދައްކަން ފުރުސަތު ދެއްވުމަށް ފަހު ކަމަށެވެ.

މީގެ އިތުރުން ދައުލަތުން ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅި ބޭންކް ސްޓޭޓްމަންޓްތަކާއި ޗެކްތަކުގެ ކޮޕީ އާއި ޗެކް ޖަމާކުރި ކަމުގެ ލިޔުންތައް ކޯޓުން ކަނޑައަޅާ އުސޫލެއްގެ ދަށުން ސިއްރުކޮށް ދިނުމުގެ އަމުރަކަށް ވެސް ދައުލަތުން ކުރިން އޮތީ އެދިފަ އެވެ. އެ ލިޔުންތައް ސިއްރުކުރާ ސަބަބާ ބެހޭގޮތުން ދައުލަތުން ބުނީ އެގޮތަށް އެދެނީ އެއީ ބައެއްގެ ޒާތީ މައުލޫމާތު ހިމެނޭ ލިޔުންތަކަކަށް ވާތީ ކަމަށެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތްގޮތުން ވެސް އެފަދަ ލިޔުންތައް ސިއްރު ކުރެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

އެކަމާ ގުޅިގެން އިސްގާޒީ ނިންމެވީ ބޭންކް ސްޓޭޓްމަންޓްތައް ވަކި އުސޫލެއްގެ ދަށުން ސިއްރު ކުރުމުގެ ވަގުތީ އަމުރެއް ނެރުއްވާ ކަމަށެވެ. އެކަމަކު ޗެކްތަކުގެ ކޮޕީ އާއި ޗެކް ޖަމާކުރިކަމުގެ ލިޔުންތައް ސިއްރު ނުކުރެވޭނެ ކަމަށާއި ޗެކް ޖަމާކުރި ފަރާތްތަކަކީ ކޮބައިކަން ދައުވާލިބޭ ފަރާތަށް ވެސް އެނގެން ޖެހޭނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް އިސްގާޒީ ވިދާޅުވި އެވެ.

އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދެ ފަރާތަށް ވެސް ފުރުސަތު ދެއްވުމަށް ފަހު އެވެ. އެ ހުށަހެޅުންތައް ލިޔުމުން ކޯޓަށް ހުށަހެޅުމަށް ދެ ފަރާތަށް ވެސް ގާޒީ އެންގެވި އެވެ.

އެ މައްސަލާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ. އެކަމަކު ހައި ކޯޓުން ފަހުން ވަނީ އެ އަމުރު ބާތިލްކޮށް، އެމަނިކުފާނު މިނިވަންކޮށްފަ އެވެ.

35 ކޮމެންޓް, 138 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 1%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަހީދު

27 April 2019

އަދީބު ޔާމީނާއި އެއްކޮޅަށް އަރާނެ މިމައްސަލަ ނިމޭއިރު. ބަލަން ތިބޭ

The name is already taken The name is available. Register?

މޮހޮނު123

27 April 2019

"ކުށެއް ކޮށްގެން ހޯދި ކަމަށް ބެލެވޭ ނުވަތަ ޝައްކު ކުރެވޭ މުދަލެއް ފޮރުވުމަކީ މަނީ ލޯންޑްރިންގެ އަމަލެއް ކަމަށް." އެެހެންވީމާ ޔާމީން އެމުދަލެއް ނުފޮރުވައެއްނު؟ ބޭންކެއްގައި، ޖަމާކޮށްފައިހުރުމުން ފޮރުވީކަމަށް ވާނެތަ؟ އަދި އެފައިސާ ބޭންކުން ނަގައިގެން ފޮރުވި ފައިސާއެއްނޫން.. އެހެންވީމާ ތި ދަޢުވާ އަދި ހަމަޖެހޭ ހެނެއް ހީއެއްނުވޭ!

The name is already taken The name is available. Register?

އެފްބީ

26 April 2019

ތި އެއްމެންވެސް ޔާމީނާ ދެކޮޅަށް ހެކިބަސް ދޭނެ. އަދި ޔާމީނު ޖަލަށް ހުކުމް ވެސް ކުރާނެ. ތި މަންސަލަ އަކީ މާގިނަ ބަހަނާ ދެށްކެން އޮތް މަންސަލައެއް ނޫން އަމިންލަފުޅަށް އިއުތިރާފްވެފަ މަންސަލަ އެއް.

The name is already taken The name is available. Register?

ގުލިބަލް ދިވެހިން

26 April 2019

ޢެކޮޔެ ހާސްނުވޭ މަސްހުނި ނިޒާމުން އެއްކަމެއްވެސް ނުކުރެވޭނެ، ބުނޭ އެފައިސާ އެއީ ކިއްލި ތަޅައިގެން ލިބުނުފައިސާއޭ އޭރުން ތިބޭނެ ބޯގޮވާފަ

The name is already taken The name is available. Register?

ސަލީމު އިދުރީސް

26 April 2019

ޔާމީނު މަރާލައް ބޮންހެދި މީހަ ހެކިބަސް ދީގެން އަދީބު ޖަލައް ލެވެންޏާ އަދީބު ހެކިބަސް ދީގެން ޔާމީނު ޖަލައް ލުން އެއީ މައްސަލަޔެއް ނޫން

The name is already taken The name is available. Register?

އާންމު އާދުމީ

25 April 2019

އަދީބުގެ ބަސް ހެކިވެރިއެއްގެ ގޮތުގަ ބަލައިގަންނަ ޝަރުޢީ ނިޒާމަކީ ހަމަގައިމުވެސް މައްސަލަތަކެއްހުރި ނިޒާމެއްކަމުގެ ސާބިތު ހެއްކެއް. ސާބިތު ދޮގުވެރިންްގެ ކިބައިން ހެކިވެރިއެއްކަމުގެ ޝަރުތު ބީވާވާހަކަ އިސްލާމް ފޮތުން ކިޔެވި ހަނދާންވޭ. ތިޔަނޫން ހެކިވެރިން ގެނެސް ރަނގަޅު ޝަރީޢަތެއްކުރޭ ޔާމީނެއްކަމަކު.

The name is already taken The name is available. Register?

ބުއްޅަބޭ

26 April 2019

އިސްލާމް ފޮތުގަ އޮންނަގޮތަކަށްނޫން ސަރިޔަށްކުރާނީ، އިންޑިޔާ ބުނާގޮތަށް ކުރީމަ ރަނގަޅުވާނެ!

The name is already taken The name is available. Register?

އަހުވަ

25 April 2019

މިޔާމީނަކީ މި ލަދެއް ހުރި މީހެއްބާ؟

The name is already taken The name is available. Register?

ޖަމާކުރުންއޯކޭ

25 April 2019

ޔާމީންއާ ދެކޮޅަށް ހެކިންގެ ގޮތުގައި އަދީބު، ޒަމީރު އަދި އޭސީސީގެ ރައީސް ދައުލަތުން ހުށަހަޅައިފި ނަމަ ވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ މަމެންނަށް ތިޔާއިން ސާފުނުވާ އެއްޗަކީ ރާއްޖޭގެ ރައީސް އަކަށް ވުމުން އޭގެ މާނަ އެއް ނޫނޭ އޭނާ މުދަލާއި ފައިސާ ހޯދަން މަސައްކަތް ނުކުރުން ރައީސް ޔާމީން އަކީ ރާއްޖޭގެ ރައީސް ކަމަށްވާއިރު ސިސްޓަމް ތެރޭން ވެސް ކަމެއް ކުރަން ބޭނުންވާ މީހަކު ޕީޕީއެމް ހިންގުމަށް ޓަކައި ދޭ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް

The name is already taken The name is available. Register?

ކަކުނިބޯ

26 April 2019

ތިޔަ ޑޮންޑޮން ކައްކާ ކޮންމެސް އެހެންތާކު އޯކޭ

The name is already taken The name is available. Register?

ކާޖާ

25 April 2019

ޖަހުގަ ބަހައްޓަންޖެހޭ މީހަކު ކީއްވެތޯ ދޫކޮށްލާފައި ތިޔަ ބަހައްޓަނީ! ހެކިންނަށް ނުފޫޒު ފޯރުވުމުގެ ބިރު ބޮޑު އަދި ފަޑިޔާރުންނަށްވެސް! އަވަހަށް ޖަލަށް ފޮުވާލާށެވެ.

The name is already taken The name is available. Register?

ގުދޯ ގުދޯ

25 April 2019

މިއަދު އަދީބުގެ ބަސް ވެސް އޯކޭ!

The name is already taken The name is available. Register?

ިއިބްރާ

25 April 2019

ޢެމްޑީޕީ އަތަށްގޮވަނީ. މަކަރާއި ދޮގު ވާހަކަ އިންތިހާއަށް ހަދައިގެން ވެރިކަމަށް އައީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454