ކުޑަހުވަދޫގެ މަގެއް. އެރަށުގެ ބޮޑު ބައެއްގައި މިރޭ ކަރަންޓެއް ނެތް. ފޮޓޯ: ކުޑަހުވަދޫ ކައުންސިލް
25 އެޕްރީލް 2019 - 20:20
ދ. ކުޑަހުވަދު އަށް ކަރަންޓް ދޭން ހުރި ތިން ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރެއް މައްސަލަ ޖެހި އެ ރަށަށް ކަރަންޓް ދިނުން ދަތިވެއްޖެ އެވެ.
ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާމް މިރޭ ވިދާޅުވީ އެރަށުގެ ބޮޑު ބަޔަކުން މިއަދު މެންދު ފަހުން ފެށިގެން ކަރަންޓް ކެނޑިފައިވާ ކަމަށެވެ.
ކުޑަހުވަދޫން މައުލޫމާތު ދިން މީހަކު ބުނީ 1200 ކިލޯވޮޓްގެ ކަރަންޓް ބޭނުންވާ އިރު އެރަށު އިންޖީނުގޭގައި މިހާރު ހިންގަމުން އަންނަ ދެ ޖަނަރޭޓަރުން ދޫކުރެވެނީ 700 ކިލޯވޮޓްގެ ކަރަންޓް ކަމަށާއި އެހެންވެ ލޯޑް ބޮޑުވެ، ރަށުގެ ބޮޑު ބަޔަކުން މިހާރު ވެސް ކަރަންޓް ކެނޑިފައިވާ ކަމަށެވެ.
އޭނާ ބުނިގޮތުގައި ގޮތުގައި މިއަދު މެންދުރުފަހު 2:00 އިން ފެށިގެން މިރޭ 6:00 އާ ހަމައަށް މުޅި ރަށުން ވެސް އޮތީ ކަރަންޓް ކެނޑިފަ އެވެ. އެއަށް ފަހު އަލުން ކަރަންޓް ދޫކުރިތާ ގިނަ އިރެއް ނުވެ އަނެއްކާ ވެސް ޖަނަރޭޓަރެއް ނިވި ބޮޑު ބަޔަކުން ކަރަންޓް ކެނޑިފައިވާ ކަމަށް ވެސް ބުންޏެވެ.
"މިރަށަށް ކަރަންޓް ދެމުން އައީ 600 ކިލޯ ވޮޓްގެ ތިން ޖަނަރޭޓަރުން. އޭގެ ތެރެއިން އެއް ޖަނަރޭޓަރު ހަލާކުވެފައި ހުންނަތާ މިހާރު މިވީ ހަ މަސް. ދެން ހުރި ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރުން ދޫކުރެވެނީ އެންމެ 300 ކިލޯވޮޓްގެ ކަރަންޓް. އެހެންވެ، ގިނަ ގިނައިން ކަރަންޓް ކެނޑޭ. ދެން އެކަމަކު މިއަދު މި މައްސަލަ އެންމެ ބޮޑުވީ،" އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ކުޑަހުވަދޫން މައުލޫމާތު ދިން މީހާ ބުންޏެވެ.
ކުޑަހުވަދު އަށް ކަރަންޓް ދެމުން އަންނަނީ އަތޮޅުތަކުގައި ކަރަންޓާއި ފެނުގެ ހިދުމަތްދޭ ދައުލަތުގެ ކުންފުނި ފެނަކައިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާަްޕޮލިސް
05 May 2019
ތީކުރީގެ ރައީސް ހުރިހާ ރަށަކަށް ކަރަންޓް ޔަގީން ކުރަން އަގުހެޔޮ ކޮށް ފޭކު ޖަނަރޭޓަރު ބަހާފައެެެއްނު.
ބުހާރީ
27 April 2019
ކީއްކުރާ ޖަނަރޭޓަރުތަކެއް؟ ފުޅިބައްތި ދިއްލާ! މީ ޖަޒީރާ ރާއްޖެއެއްނުން.
ކެކެކެ
26 April 2019
ކުޑަހުވަދޫ ޝަމީމު ޫ ޫ ކޮބާ ކިހިނެއް ހީވޭ. ދެން އަތް ޖަހާ ކަލޭ.
އިބްރާ
26 April 2019
މި ސަރުކާރުގައި ކަމެއް ނުވެގެން ރައްޔިތުންނަށް ދަތިވާ ކޮންމެތަނެއްގައި ކަނޑާލާނީ ކުރީސަރުކާރުގެ ބޮލަށެވެ. އަންނިގެ ވެރިކަމުގައިވެސް ކަމެއް ނުކޮށްދެވުނީމާ ކަނޑާލީ މައުމޫނުގެ ބޮލަށެވެ. ޑޮލަރު ތާށިވީމާ ބުނީ ޑޮލަރު ކޮންޓްރޯލް ކުރީ ބޮޑު ހަމީހުންކަމަށެވެ. ކުރިޔަށްއޮތްތަނުގައި އިންތިޚާބާއި ހަމައަށްވެސް ރައްޔިތުންނަށް ކެތްކުރެވޭނެކަމާއި މެދު ޝައްކެވެ.
އެޕޮއިންޓް
26 April 2019
ސޯލާ ބަހައްޓަބަލަ ަމިޒަމާނުހަްި މީހުން އުލެ ގޮތެއްނޫން
ކައްކަކާކޯ
26 April 2019
ޔާމީނު ވެރިކަމުގެ ކޮރޮޕްޝަންގެ އަސަރު ތިފެންނަނީ. ބޮޑުއަގުގަ އާދައިގެ އިންޖީނު . ދެންތިބޭ
ހަސަން ނުވަވަނަ
26 April 2019
އެޖެންޑާ 19 ސަޅި ވާނެ. ޖަޒީރާ ކޮންސެޕްޓްގަ އޮންނަނާ ފުޅި ބައްތި ބިގަރު ފާނޫޒު އިނގޭތޯ. ޕާކާސް. ދެން ތިބޭ އަތަފަނި ބޮއެގެން
ެއއސ
26 April 2019
ޖަޒީރާ ވެރިކަމުގަ މިިހެއް އުޅެއްް ޖެހޭނީ. މިއޮތީވާ ސަރުކާރެއް.
ހަޑިގިއްލާ
26 April 2019
ވަރަށް ފުރިހަމަކޮށް ތަރައްޤީ ކޮށްފައޮއްވާ 2 މަސްދުވަސްތެރޭ އިންޖީނުތައް ބާވެ، ކުއްލިއަކަށް އިންޖީންތައް ކުޑަވެ ކަނުއަނދިރީގަ ތިބެންޖެހޭތީ ހައިރާންވޭ... އެމްޑީޕީއަށް ވެރިކަން ލިބުމާއެކު އިންޖީނުތަކަށް ކޮންމެވެސް ކަމެއްވާނެ.
ޒަމާން
26 April 2019
ޔާމީނުގެ ޕަޕެޓުން އިންޖީނުގެތަކުން ބޭރު ނުކޮށް މައްސަލަތަކަށް ނިމުމެއް ނެތް
ޔާމީން އިދްރީސް
25 April 2019
ތަރައްގީގެ ބާނީ މީގެ ޒިއްމާ ނަގަންޖެހޭނެ. ޔައުނީއެއީ މެމްބަރު އާމިރު. އަލިފްހާ