ސައުދީ އަރަބިއާގެ އިމިގްރޭޝަނުގެ ޑިރެކްޓާ މޭޖާ ޖެނެރަލް ސުލައިމާން އަލް ޔަހުޔާ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޑިޕާޗާ ލޯންޖް ހުޅުއްވައި ދެއްވަނީ. --ފޮޓޯ:އޮކާޒް
02 ސެޕްޓެމްބަރ 2016 - 16:06
ރިޔާޒް (ސެޕްޓެމްބަރު 2) - ޝައްކު ކުރެވޭ ބެކްގްރައުންޑް ހުރި އެކަކަށް ވެސް މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާ އަށް އެތެރެ ނުވެވޭނެ ކަމަށް އެ ގައުމުގެ އިމިގްރޭޝަން ކޮންޓްރޯލާ ވިދާޅުވެއްޖެ އެވެ.
"ޑިޕްލޮމެޓިކް އަދި ކޮންސިއުލާ މިޝަންތަކުން ހައްޖު ވިސާ ދޫކުރި އިރު ވާނީ ވަރަށް ރަނގަޅަށް ޗެކްކޮށް ބަލާފައި. އަދި ހައްދުފަހަނަޅާފައިވާ ވިސްނުން ހުރި ކަމަށް ބެލެވޭ މީހަކު ވިއްޔާ ވާނީ އިތުރަށް ޗެކްކޮށްފައި،" ޑިރެކްޓާ އޮފް ޕާސްޕޯޓްސް މޭޖާ ޖެނެރަލް ސުލައިމާން އަލް ޔަހުޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސައުދީ އަށް އެތެރެވެވޭ ހުރިހާ ޕޮއިންޓުތަކުގައި ވެސް ހުންނާނީ ވަރަށް ރަނގަޅަށް މީހުން ފިލްޓާ ކުރެވޭނެ ނިޒާމް ގާއިމްކޮށްފައި ކަމަށާއި ޝައްކު ކުރެވޭ މީހަކު ވިއްޔާ ހުއްޓުވާނެ ކަމަށެވެ.
ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭރުގެ އެއާލައިންތަކަށް އާ ޑިޕާޗާ ލޯންޖެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޔަހުުޔާ ވިދާޅުވީ އެއްގަމާއި ކަނޑާއި ވައިގެ މަގުން އަންނަ ޕަސިންޖަރުންގެ ޕާސްޕޯޓް ބެލުމުގެ މަސައްކަތް ހަލުއި ކުރައްވާނެ ކަމަށެވެ.
އަލް ޔަހުޔާ ވިދާޅުވީ ސައުދީ އަށް އަންނަ ހައްޖާޖީންނާއި ހައްޖުވެރިން ފުރާއިރު ޚިދުމަތް އަވަސް ކުރުމަށް ޕާސްޕޯޓް ޑިޕާޓްމަންޓުން ޚާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވުމަށް ޚާއްސަ ޓީމުތައް ހަރަކާތްތެރިވާނެ ކަމަށެވެ.
"އިމިގްރޭޝަން ޚިދުމަތްތައް ވަރަށް އަވަހަށް 100 ޕަސެންޓް އޮޓޮމޭޓް ކުރާނަން. ހައްޖަށް އެތެރެވާ މީހުންނާއި ފުރާ މީހުންގެ މައުލޫމާތު ސްކޭނާ މެދުވެރިކޮށް ބަޔޯމެޓްރިކް ޑޭޓާ ވެރިފައި ކުރާނަން،" ޔަހުޔާ ވިދާޅުވި އެވެ.
އީރާނުގެ 63،000 މީހުންނަށް މި އަހަރުގެ ހައްޖަށް ނުދެވުނު ނަމަވެސް އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ އަދި ޔޫރަޕުން ވަނީ އީރާނުގެ ވަރަށް ގިނަ މީހުން ހައްޖަށް ސައުދީ އަށް އެތެރެވެފަ އެވެ. އީރާނު މީހުން ހައްޖަށް ނުފޮނުވުމަށް ނިންމީ މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ދިމާވި މައްސަލަތަކާ ގުޅިގެން ސައުދީއާ އެކު އެއްބަސްވުމަކަށް ނާދެވިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން
03 September 2016
މިކަމުގައި އަދާލަތު ޕާޓީގެ ބަހެއް ބޭނުން. ބުނެފާނެކަން ނޭނގެ ސަޢޫދީ ސަރުކާރަކީ ލާދީނީ ސަރުކާރެކޭ.
ޖިހާދީ ޖޯން
03 September 2016
ޝައްކު ކުރެވޭ މީހުން މާތް ވެގެންވާ މުގައްދަސް ބިމަށް ނާރުވަން ތިޔަ އުޅެނީ މާތް ރަސްކަލާނގެ ގެފުޅު ހުރި އެކަލާނގެ މާތް ކުރެއްވެވި މުގައްދަސް ބިން ހިމާތްނުކުރައްވަނީތޯ؟
ކޮމެންޓޭ
04 September 2016
އެބިމަށް ހައްޖަށްދާ އަހަރުމެންގެ އެތައް މިލިއަން އަޚުންގެ ރައްކަލަކަށް. އެބިމާއި ގެފުޅަށްވުރެން ﷲގެ ހަޒުރަތުގައި އެއްމެ މުސްލިމުއްގެ ލެޔާއި މުދަލާއި އަބުރަކީވެސް މުގައްދަސް ވެގެންވާ އެއްޗެއް.
ދެނޯ
02 September 2016
ކޮބާތާ "ޝައްކުކުރެވޭ މީހުން"ގެ މާނައަކީ؟ ކޮންކަމަކަށް ޝައްކު ކުރެވެނީ؟
ނުުމާން
04 September 2016
ޢެއީ ހަމަލައެއް ދީފާނެ ކަމަށް ޝައްކު ކުރެވޭ ވާހަކަ
ވާނުވާ
04 September 2016
އެ ރަނގަޅަށް ކިޔާފަ ތިސުވާލުކުރިނަމަ.
މޫސަ
04 September 2016
އެއީ ތުބުޅިން