ޚަބަރު / ރާއްޖެ-ސީރިއާ

ސީރިއާގައި ތިބި ދިވެހިން ކަމަށް ބުނާ ލިސްޓެއް އާއްމުކޮށްފި!

ސީރިއާގައި ހުރި ދިވެހި ކުޑަކުއްޖަކު އަމާޒަށް ބަޑި ޖަހާ މަންޒަރު އާއްމުކޮށްފައި.-- ފޮޓޯ: ބިލާދު އަލް ޝާމް މީޑިއާ

ސީރިއާގެ ހަނގުރާމަވެރި ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ ކަމަށް ބެލެވޭ ދިވެހިންނާއި އެ ތަނުގައި އެ މީހުންނަށް ލިބިފައިވާ ދަރިން ކަމަށް ބުނާ ކުދިންތަކެއްގެ ލިސްޓެއް ސޯޝަލް މީޑިއާގައި އިއްޔެ އާއްމުކޮށްފި އެވެ.

އެ މައުލޫމާތުތަކުގައިވާ ގޮތުން އުމުރުން އެއް މަހުން ފެށިގެން 10 އަހަރާ ދެމެދުގެ ކުދިން އެބަ ތިއްބެވެ. ބައެއް ކުދިންގެ މަންމަގެ ނަން ހިމަނާފައިވިޔަސް ބައްޕަގެ ނަމެއް ނެތެވެ. އެ ލިސްޓްގައި ޖުމްލަ 33 ނަން ހިމެނެ އެވެ.

ބައެއް ކުދިންގެ އުމުރު ނެތުމުން ލިސްޓްގައި ހިމެނެނީ ޖުމްލަ ކިތައް ކުދިންކަމެއް ނޭނގެ އެވެ.

މި ލިސްޓާ ގުޅޭ ގޮތުން ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އާއި ރަސްމީ އެހެން އިދާރާއަކުން ވެސް އަދި ވާހަކައެއް ނުދައްކަ އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި، ކައުންޓަ ޓެރަރިޒަމް ސެންޓަރުން އަންނަނީ އެ ލިސްޓުގައިވާ މައުލޫމާތުތައް ބަލައި ކަމާ ގުޅޭ އިދާރާތަކާ އެކު މަސައްކަތް ކުރަމުންނެވެ.

ސީރިއާގައި ތިބި ދިވެހިންތަކެއް އަމާޒަށް ބަޑި ޖަހަނީ-- ފޮޓޯ: ބިލާދު އަލް ޝާމް މީޑިއާ

އެ ސެންޓަރުން މިދިޔަ ފެބުރުއަރީ މަހު ބުނެފައިވާ ގޮތުގައި، ހަނގުރާމައިގައި ބައިވެރިވާން 61 ފިރިހެނަކު ސީރިއާ އަށް ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ފުރީ އަނބިދަރިން ގޮވައިގެން ކަމަށް ބުންޏަސް ތަފްސީލު އަދަދެއް ހާމައެއް ނުކުރެ އެވެ.

ހަނގުރާމަވެރި ކޭމްޕްތަކުގައި އުޅޭ ބައެއް މީހުންގެ ފިރި މަރުވެ، ހާލުގައި ޖެހުމުން ރާއްޖެ ގެނެސްދޭން ވެސް އޭގެ ތެރެއިން ބައެއް މީހުން އެދިފައިވެ އެވެ. އެކަމަކު، އެއީ ކޮން ބައެއް ކަން އެނގޭނެ ފަދަ ލިޔެކިޔުންތައް ނެތުމާ އެކު އެ މީހުން ރާއްޖެ ގެންނަން ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް އެންސީޓީސީން ބުނެފައިވެ އެވެ.

ހަނގުރާމަ އަށް ދިޔަ ބަޔަކު ސީރިއާގައި ހަތިޔާރާ އެކު

އެންމެ ބޮޑު ދައްޗަކީ، އެ މީހުން މިހާރު ތިބި ތަންތަނުގައި ލިބިފައިވާ ދަރިންނަކީ ކޮން ބައެއްކަން އަންގައިދޭ ފަދަ ލިޔެކިއުންތައް ނެތުން ކަމަށް އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލް ބްރިގޭޑިއާ ޒަކަރިއްޔާ މަންސޫރު ވަނީ ވިދާޅުވެފަ އެވެ. އެފަދަ ކުދިންނަކީ ދިވެހި ރައްޔިތުންކަން ކަނޑައެޅުމުގައި ވެސް ދަތިތައް އެބަހުރި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

"[އެއީ] އެ ކޮޅުގައި އެ ތިބި ތަނެއްގައި ލިބިފައި ތިބި ދަރިން. އެ މީހުންގެ އައިޑީ ކާޑެއް އެއްޗެއް ނޯންނާނެ. ދިވެހި ރައްޔިތުންކަން ކަނޑައަޅާ ސާބިތުކޮށްދެވޭނެ ގޮތެއް، އަޅުގަނޑުމެންގެ އުސޫލީ މިންގަނޑުގެ ތެރެއިން އެކަން ކުރެވޭނެ ގޮތެއް ވެސް އަޅުގަނޑުމެންނަށް އުނދަގޫވާނެ،" މަންސޫރު ވިދާޅުވި އެވެ.

47 ކޮމެންޓް, 202 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 23%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލަފުއި

05 May 2019

މި މީހުން ގެޕާސްޕޯޓް ކެންސަލް ކުރަންވީ ވީހާވެސް އަވަހަށް، މިކޅުގަ އުޅޭ މީގެ ބައިގަނޑު ލަންކާގަ ވީގޮތައް ނުވަނީސް ބޭރުކުރުން ވަރަށް މުހިންމު

The name is already taken The name is available. Register?

ދިލް

02 May 2019

ޖިހާދުގެ ނިމުމަކީ، މަރުވުން، ނޫނީ މޮޅުވުން - ދެކަމުން އެއްކަމެއްވެސް ނުވަނީ އެނބުރި އަންނަނީޔޯ؟

The name is already taken The name is available. Register?

ިއިބްރާހީމް ރަޝީދު.

02 May 2019

ސަލާމް ޢަލައިކުމް ޒަކަރިއްޔާ މަންސޫރު. ޑީ.އެން.އޭ ހައްދަވާ އޭރުން މަންމަ ކަށަވަރުވާނެ. އެހިސާބުން ދިވެހިންކަން ކަށަވަރުވީ. ކަމެއްޖެހުނީމަ ހަދާނެގޮތް ހުސްވެގެން ތި އުޅުއްވަނީ ކީއްވެތޯ؟

The name is already taken The name is available. Register?

ނަހުލާ2019

02 May 2019

ތިޔަ ލިސްޓުގަ ކޮނޑޭ އިން ދިޔަ އާއިލާ ގެ އެކަކުވެސް ނެތް! ޒާހިޔާ ޒަރީރު، ޒާހިދާ ޒަރީރު، ޒޫނާ ޒަރީރު، ޒީނާ ޒަރީރު، އާދަމް ހައިތަމް، އަހްމަދު އިޝްފާހު، އަބްދުއްލާ މުބާރިކް ހަސަން، އަހްމަދު އަޒްމީރް ހަސަން، ލިލިއަން، އަލީ މުއިއްޒު ހަސަން، ފާތިމާ ބިންތި އަހްމަދު (2 އަހަރު)، ޔޫނުސް ބިން އަޙްމަދު (6 މަސް). ޖުމްލަ 5 ފިރިހެނުން، 5 އަންހެނުން، 2 ކުދިން

The name is already taken The name is available. Register?

ޙާޖީ

01 May 2019

މިގައުމުގެ ސަރުކާރުން ގައުމައްޓަކައި ކޮއްދިން ވަރަށް ރަގަނޅުކަމެއް މިގައުމުގައި ތިބި ޓެރަރިސްޓް ވައިރަސް އަރައިފައިތިބި މީހުން ގައުމުން ބޭރުވިއިރު އަޅާނުލާ ތިބިކަން އެއީ އަދި ތިވައިރަހަކަށް ބޭހެއނުހެދޭ އެހެންވީމާ ކޮންމެެސް މިގައުމަށް ނުގެންނާތި ގްރޫޕް

The name is already taken The name is available. Register?

ބިންލާދިން

01 May 2019

ލަންކާގެ ހަމަލާގައި އެއުޅެނީވެސް ސީރިޔާއިން ތަމްރީނު ވެފައިތިބި ބައެއް.

The name is already taken The name is available. Register?

ދދދދދދ

01 May 2019

ނަޝީދު ނަމަކަށް ކިޔާ މީހަކު ހެދި ލިސްޓަކަށް ތިވާނީ.

The name is already taken The name is available. Register?

usmaan

01 May 2019

މިމީހުން މީ ބޭނުމެއްގައި ގޮސް އުޅޭބައެއް.

The name is already taken The name is available. Register?

ނިޒާމު

01 May 2019

ޚކޮބާ އީސީ ސަރީފު ސީރިއާގައި ވޯޓްފޮއްޓެއް ނުބަހައްޓާނަންތަ ވަރައްފެނޭ .މ

The name is already taken The name is available. Register?

ނަރަސިމްހަރާއޯ

01 May 2019

މި މީހުން ދިވެހިރާއްޖެެ ގެނައުމަކީ ގައުމަށް ހުރި ވަރަށް ބޮޑު ނުރައްކަލަކަށްވާނީ މިތާގަ ފިތުނަ ފަސާދަ އުފައްދާ އެކްސްޓްރީމިޒަމް ފަތުރަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ އަދި ތަންތަން ގޮއްވާ މީހުން މެރުމަކަށް އެއްވެސް ވަރަކަށް ޖެހިލުމެއް ނުވާނެ. އެއްވެސް އިންސާނިއްޔަތު ކަމެއް ނުހުންނާނެ. ސަރުކާރުން މިމީހުން ގެންނަށް އެއްވެސް މަސައްކަތެެއްކުރުމަކީ މި ހަރުކަށި އަމަލު ތަކުގައި ސަރުކާރުން ވެސް ބައިވެރިވުން

The name is already taken The name is available. Register?

ރުލާ އެންޑް ޓީމް

01 May 2019

ދިވެހި ރައްޔިތުކަން ނިގުޅައިގަނޭ .... ޔޫ.ކޭ ގައި ހަދަނި އެހެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454