މުނިފޫހިފިލުވުން / ހޮލީވުޑް

ތައިލެންޑް ހޮހޮޅަ ހާދިސާގެ ސީރީޒް ނެޓްފްލިކްސް އަށް

މިދިޔަ އަހަރު ތައިލެންޑްގެ ތަމް ލުއާން ހޮހަޅައިގައި އެ ގައުމުގެ ފުޓްބޯޅަ ޓީމެއްގެ 12 ކުދިންނާއި ފުޓުބޯޅަ ކޯޗް ތާށިވި ހާދިސާގެ މައްޗަށް ބިނާކޮށް "ދަ ކޭވް" ގެ ނަމުގައި ފީޗާ ފިލްމެއް ހަދަމުން ދަނިކޮށް، ނެޓްފްލިކްސް އިން އެ ހާދިސާ އަށް ބިނާކޮށް މިނީ ސީރީޒެއް ވެސް ހަދަން ނިންމައިފި އެވެ.

އަދި ނަން އިއުލާންކޮށްފައި ނުވާ މި ސީރީޒް ޑައިރެކްޓް ކުރާނީ މިދިޔަ އަހަރު ރިލީޒްކުރި ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ކްރޭޒީ ރިޗް އޭޝިއަންސް" ގެ ޑައިރެކްޓަރު ޖޮން އެމް ޗޫ އާއި "ބޭޑް ޖީނިއަސް" ގެ ޑައިރެކްޓަރު ނަޓަވުޓް (ބަޒް) ޕޫންޕިރިޔާ އެވެ.

"މި ސީރީޒްވެގެން ދާނީ ބެލުންތެރިންގެ ހިތްތަކާ ވަރަށް ކުޅެލާ ކަހަލަ އެއްޗަކަށް. އަނެއްކާ ތައިލެންޑަކީ އަހަރެމެންގެ [ނެޓްފްލިކްސް] ގެ ވަރަށް ބޮޑު މާކެޓެއް. އެހެންވީމާ ސީދާ އެ ގައުމަށް ނިސްބަތްވާ އަދި އެ ހާދިސާއެއް މުޅި ދުނިޔޭގެ ސަމާލުކަމަށް އައި ހޮހޮޅައިގެ ހާދިސާ އަކީ ވަރަށް ވެސް ޝައުގުވެރި އަދި އެތައް ބައެއްގެ ޖަޒުބާތުތަކާ ވެސް ކުޅެލި ހާދިސާއެއް،" ނެޓްފްލިކްސްގެ ފަރާތުން ވާހަކަ ދެއްކި އެރިކާ ނޯތު ބުންޏެވެ. "އެކަހަލަ ކަމަކަށް ބިނާކޮށް ސީރީޒެއް ހެދުން ވެގެން ދާނީ ވަރަށް ހާއް ކަމަކަށް."

ނެޓްފްލިކްސްގެ ސީރީޒާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު މީގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

"ދަ ކޭވް" ގެ ނަމުގައި ހަދާ ފިލްމު މި އަންނަ ޖުލައި މަހުގެ ތެރޭގައި ރިލީޒް ކުރަން ނިންމާފައިވާ އިރު، އެ ފިލްމުގެ ޑައިރެކްޓަރަކީ ޓޮމް ވެލާ އެވެ. އޭނާ ކުރިން ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ދަ ލާސްޓް އެކްޒެކިއުޝަނާ (2014) އާއި މައިންޑްފުލްނެސް އެންޑް މާޑާ (2011) ހިމެނެ އެވެ.

ފުޓުބޯޅަ ޕްރެކްޓިހަކަށް ފަހު ޖޫން 23 ވަނަ ދުވަހު ތަމް ލުއާން ހޮހަޅަ އަށް "ވައިލްޑް ބޯސް" ޓީމްގެ ކުޅުންތެރިން ވަން ފަހުން ހޮހަޅައިގެ ތެރޭގައި ފެންބޮޑުވެ ސަލާމަތް ވެވޭނެ ގޮތެއް ނެތި އުޅެނިކޮށް ކުދިން ހޯދާފައި ވަނީ އިނގިރޭސިވިލާތުގެ ދެ ޑައިވަރުންނެވެ.

Thailand ge hoholha haadhisaa ah hadhaa film "The Cave" anna July mahu

Thailand ge hoholha haadhisaa ah hadhaa film "The Cave" anna July mahu

The most trusted news source in the Maldives

Mihaaru

"ދަ ކޭވް" އަކީ ޖުލައިގައި ރިލީޒް ކުރަން ނިންމާފައިވާ ފިލްމެއް.

އޭގެ ފަހުން މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނު އޮޕަރޭޝަނެއްގައި 12 ކުދިންނާއި ކޯޗް ސަލާމަތް ކުރީ ބައިނަލްއަގުވާމީ ޑައިވަރުންގެ ޓީމަކުން 17 ދުވަހު ކުރި މަސައްކަތުންނެވެ. ހޮހަޅައިގެ ފެންފަނޑުގެ ތެރޭން ކުދިން ނެރުނީ ހޭނައްތައިގެންނެވެ. އެއީ އުމުރުން 11-16 އަހަރާ ދެމެދުގެ ކުދިންނެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454