މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އެކްތާ: އޭނާގެ އާ ސިލްސިލާއަކީ "ބޭޕަނާ ޕިޔާރު".

ނެޓްފްލިކްސް އިން މިދިޔަ އަހަރު ގެނެސް ދިން އިންޑިއާގެ ކާމިޔާބު ވެބް ސީރީޒް "ސެކްރެޑް ގޭމްސް" ގެ ދެވަނަ ސީޒަނުގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

ދެވަނަ ސީޒަން ވެސް ވެގެން ދާނީ ފުރަތަމަ ސީޒަން ފަދަ ޝައުގުވެރި އެއްޗަކަށެވެ. ޓީޒާ އިން އަދި ހަމައެކަނި މުހިއްމު ތަރިންތައް ދައްކައިލީ އެވެ. އަނުރާގް ކެޝަޕާއި ވިކްރަދަތިޔާ މޮޓްވާނޭ ޑައިރެކްޓް ކުރާ "ސެކްރެޑް ގޭމްސް" ގެ ކާސްޓުން މި ފަހަރު ވެސް ސީޒަން އެކަކުން ފެނުނު ސައިފް އަލީ ހާނާއި ނަވާޒުއްދީން ސިއްދީގީ ފެންނާނެ އެވެ.

މީގެ ކާސްޓާ އަލަށް ގުޅުނު ތަރިންގެ ތެރޭގައި އަނުރާގްގެ ކުރީގެ އަންހެނުން ކަލްކީ ކޮއެޗްލިން، ޕަންކަޖް ތުރިޕަތީ އަދި ރަންވީރު ޝޯރޭ ހިމެނެ އެވެ.

ދެވަނަ ސީޒަން ސްޓްރީމް ކުރަން ފަށާނެ ތާރީހަކާއި، ހިމެނޭނީ ކިތައް އެޕިސޯޑް ކަމެއް އަދި ނޭނގެ އެވެ.

ފުރަތަމަ ސީޒަނުގައި ގެނެސް ދިނީ 8 އެޕިސޯޑެވެ.

"ކްލާސް އޮފް 83" ގެ ޝޫޓިން ފަށައިފި

ދާދި ފަހުން ނެޓްފްލިކްސް އިން އިއުލާން ކުރި އިންޑިއާގެ އާ ކޮންޓެންޓްގެ ތެރޭގައި ހިމެނޭ ފިލްމު "ކްލާސް އޮފް 83" ގެ ޝޫޓިން ފަށައިފި އެވެ.

ޝާހްރުކް ހާންގެ ފިލްމު ކުންފުނި ރެޑް ޗިލީޒް ޕްރޮޑަކްޝަނާ ގުޅިގެން ހަދާ މި ފިލްމުގެ ބަތަލަކީ ބޮބީ ޑިއޯލް އެވެ. އޭނާ ވަނީ ސެޓުން ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް، ޝޫޓިން ފެށިކަން ކަށަވަރު ވެސް ކޮށް ދީފަ އެވެ.

"ކްލާސް އޮފް 83" ގައި ބޮބީ ކުޅޭނީ ފުލުހަކަށް އުޅެފައި ފަހުން ޒުވާން ތަމްރީނު ކުރަން މަސައްކަތް ކުރާ މީހެއްގެ ރޯލެވެ. އެކަމަކު އަތުލް ސަބްރަވާލް ޑައިރެކްޓް ކުރާ މި ފިލްމުގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް ނޭނގެ އެވެ.

މިދިޔަ އަހަރު "ރޭސް 3" ކުޅުނު ބޮބީގެ ކުރިއަށް އޮތް ފިލްމަކީ އޮކްޓޯބަރުގައި ރިލީޒް ކުރާ "ހައުސްފުލް 4" އެވެ.

"ބާލާ" ގެ ޝޫޓިން ފަށައިފި

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ހޮރޯ-ކޮމެޑީ "އިސްތިރީ" ގެނެސް ދިން ޑައިރެކްޓަރު އަމަރު ކޯޝިކްގެ އާ ފިލްމު "ބާލާ" ގެ ޝޫޓިން ފަށައިފި އެވެ.

މި ފިލްމުގެ ތަރިންނަކީ އަޔޫޝްމަން ކުރާނާ އާއި ބޫމީ ޕެޑްނޭކަރުގެ އިތުރުން ޔާމީ ގޯތަމް އެވެ.

"ބާލާ" ވެގެން ދާނީ "ދަމް ލަގާ ގޭ ޙައިޝާ" އާއި "ޝުބް މަންގަލް ސާވްދާން" އަށް ފަހު ބޫމީ އާއި އަޔޫޝްމަން އެކުގައި ކުޅޭ ތިން ވަނަ ފިލްމަށެވެ.

އަދި މި ފިލްމަކީ އަޔޫޝްމަން ބޮލީވުޑަށް ތައާރަފުވި 2012 ގެ "ވިކީ ޑޯނާ" އަށް ފަހު އެ ފިލްމުގެ ބަތަލާ ޔާމީއާ އެކު އޭނާ ކުޅޭ ދެވަނަ ފިލްމެވެ.

ދިނޭޝް ވިޖަން އާއި ޖިއޯ ސްޓޫޑިއޯ ގުޅިގެން ހަދާ "ބާލާ" ގެ އިތުރު ކާސްޓުންގެ ތެރޭގައި ސީމާ ބިސްވާސް، ޖާވިދު ޖާފްރީ އަދި ސޯރަބް ޝުކްލާ ހިމެނެ އެވެ. ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ސިލްސިލާ "ބޭޕަނާ ޕިޔާރު" ގެ ޕްރޮމޯ ދައްކާލައިފި

އެކްތާ ޕްރޮޑިއުސްކޮށް، ކަލާޒުން އަލަށް ދައްކަން ފަށާ އާ ސިލްސިލާ "ބޭޕަނާ ޕިޔާރު" ގެ ޕްރޮމޯއެއް ދައްކާލައިފި އެވެ.

އެކްތާ ކުރިން ގެނެސް ދިން ސިލްސިލާއެއް ކަމަށްވާ "ކަސަމް ތޭރޭ ޕިޔާރު ކޭ" ގެ އާ ސީޒަނެއްގެ ގޮތުގައި ގެނެސްދޭ "ބޭޕަނާ ޕިޔާރު" ގެ ޕްރޮމޯ ޓްވީޓް ކުރަމުން އޭނާ ބުނީ މި ސިލްސިލާ ވަރަށް އަވަހަށް ދައްކަން ފަށާނެ ކަމަށެވެ.

ސިއްރު ކަންތައްތަކެއް ވެސް އެކުލެވޭ ލޯބީގެ ވާހަކައެއް ކިޔައިދޭ ސިލްސިލާގެ މުހިއްމު ރޯލުތަކުން ދާނީ ޕާލް ވީ ޕޫރީ އާއި އަޕަރްނާ ޑިކްސިޓްގެ އިތުރުން އިޝިތާ ދައްތާ އެވެ.

ބެލެވޭ ގޮތުން "ބޭޕަނާ ޕިޔާރު" ދައްކަން ފަށާނީ ކަލާޒުން މިހާރު ގެނެސްދޭ އެކްތާގެ "ނާގިން" ސީޒަން ތިނެއް މި މަހުގެ ފަހުކޮޅު ނިންމައިލުމަށް ފަހު އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ސިލްސިލާ މި މަހުގެ 26 ގައި ނިންމައިލާނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454