ލިވަޕޫލްގެ ކޯޗު ކްލޮޕް (ވ) ބާސެލޯނާގެ ކެޕްޓަން މެސީ ގައިގައި ބައްދާލައިގެން.-- ފޮޓޯ: އޭއެފްޕީ
07 މެއި 2019 - 10:15
ލިވަޕޫލް (މެއި 7) - ޔުއެފާ ޗެމްޕިއަންސް ލިގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ބާސެލޯނާ ބަލިކުރަން ހުރިހާ ގޮތަކުން މަސައްކަތްކުރަން ޖެހޭ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
މިދިޔަ އަހަރުގެ ފައިނަލުން ބަލިވި ލިވަޕޫލް މި ފަހަރުގެ ފައިނަލުން ޖާގަ ހޯދަން ބޭނުންނަމަ މިރޭ ނަތީޖާ ނެރެން އެ ޓީމަށް ވަނީ މަޖުބޫރުވެފަ އެވެ. މިދިޔަ ހަފްތާގައި ބާސެލޯނާ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން އެ ޓީމު މޮޅުވީ 3-0 އިންނެވެ. ލިވަޕޫލަށް ފައިނަލުގެ ޖާގައެއް ލިބޭނީ 4-0 ގެ ތަފާތަކުން މޮޅުވެގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމޭއިރު 3-0 އިން ލިވަޕޫލް ކުރީގައި އޮވެއްޖެނަމަ އިތުރު ވަގުތުކުޅޭނެ އެވެ.
މިރޭގެ މެޗަށް ނުކުންނައިރު ލިވަޕޫލަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެމުން އަންނަ މުހިއްމު ދެ ފޯވާޑުންނަށް މި މެޗުގައި ނުކުޅެވުމެވެ. ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯގެ އުކުޅުވަޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ކުރިން ވެސް މި މެޗުގައި ނުކުޅެވޭނެކަން ވަނީ ޔަގީންވެފަ އެވެ. މުހައްމަދު ސަލާހަށް މި މެޗުގައި ކުޅުމުގެ ފުރުސަތު ގެއްލުނީ ހޮނިހިރު ދުވަހު ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވި މެޗުގައި ބޮލަށް ލިބުނު އަނިޔާއިން އޭނާ އެއްކޮށް ރަނގަޅުނުވާތީ އެވެ.
ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ ފިރްމީނޯ އާއި ސަލާހަކީ ދުނިޔޭގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ ދެ ކުޅުންތެރިން ކަމަށާއި އެ ފަދަ ދެ ކުޅުންތެރިން ނުލައި ބާސެލޯނާއާ ދެކޮޅަށް ނަތީޖާ ނެރެންޖެހޭ މެޗަކަށް ނުކުންނަން ޖެހޭނީ ލިބިފައި ހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައިގެން ކަމަށެވެ.
"އަހަރެމެން ފައިނަލަށް ދާނަމަ އެބަޖެހޭ 90 މިނިޓް ތެރޭގައި ހަތަރު ގޯލު ޖަހަން. މިއީ މުހިއްމު ދެ ކުޅުންތެރިން ނުލައި ބުނެލެވޭހާ ފަސޭހައިން ވާނެ ކަމެއް ނޫން. އެކަމަކު އަހަރެމެންގެ 11 ކުޅުންތެރިން ދަނޑުމަތީގައި މަސައްކަތްކުރާނެ،" ކްލޮޕް ބުންޏެވެ.
"ސަޕޯޓަރުންގެ އެހީގައި ލިވަޕޫލުން ވަނީ އާދަޔާހިލާފު ހިތްވަރު ދައްކާފައި. އެކަން އިތުރަށް ދަންމާލަން މިއީ ފުރުސަތެއް. ސަޕޯޓަރުން ތިބެންވީ މާޔޫސްވެފައެއް ނޫން. ޓީމަށް އެހީވެދޭން ތައްޔާރަށް ތިބެންވީ،"
ބާސެލޯނާ އިން ތިން އަހަރަށް ފަހު ސެމީ ފައިނަލުގައި ފުރަތަމަ ފަހަރަށް ވާދަކުރާއިރު، މިރޭގެ މެޗަށް އެ ޓީމު ނުކުންނާނީ މިދިޔަ އަހަރުގެ ކުއާޓާ ފައިނަލުގެ ހިތި ތަޖުރިބާއިން އަރައިގަތުމުގެ އުއްމީދުގަ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބާސެލޯނާ ކެޓީ ފުރަތަމަ ލެގުގައި ބޮޑު ލީޑެއްގައި އޮއްވައި ދެ ވަނަ ލެގުގައި ރަށުންބޭރުގައި ތަފާތު ބޮޑުކޮށް ބަލިވެގެންނެވެ.
ޖެހިޖެހިގެން ދެ އަހަރު ބާސެލޯނާ އަށް ސްޕެނިޝް ލީގު ކާމިޔާބުކޮށްދީފައިވާ ވަލްވޭޑޭ ބުނީ ލިވަޕޫލަކީ އަމިއްލަ ދަނޑުގައި ތަފާތު ދައްކާ ޓީމެއް ކަމަށާއި މި މެޗުގައި ބާސެލޯނާ އަށް ހަމަނޭވައެއް ލެވޭނީ ލަނޑެއް ޖަހައިގެން ކަމަށެވެ.
"އަހަރެމެންނަށް އޮތް ފުރުސަތަކީ ޑިފެންސްކުރުމެއް ނޫން. ބޭނުމީ އެންމެ ލަނޑެއް ޖަހަން. އެ ހިސާބުން ލިވަޕޫލަށް އޮތް މަސައްކަތް ދެ ގުނަވާނެ. އަހަރެމެން ހަނދާނުގައި ބަހައްޓަންވީ ނަތީޖާ ނެރެން. ޑިފެންސްކުރާކަށެއް ނޫން،" ވަލްވޭޑޭ ބުންޏެވެ.
ބާސެލޯނާގެ ދެ ކުޅުންތެރިން ކަމަށްވާ ލުއިސް ސުއަރޭޒް އާއި ފިލިއްޕޭ ކުޓީނިއޯ އަށް މިރޭގެ މެޗު ހާއްސަވަނީ ލިވަޕޫލް ދޫކޮށްލި ފަހުން އެންފީލްޑްގައި ކުޅޭ ފުރަތަމަ މެޗު ކަމަށްވުމެވެ. ސުއަރޭޒް ބުނީ ލިވަޕޫލަކީ އޭނާގެ ކެރިއަރުގައި ހާއްސަވާނެ ކްލަބެއް ކަމަށާއި ގިނަ ކަންތައްތަކެއް ދަސްވެގެންދިޔަ ކަމަށެވެ. އަދި މިރޭގެ މެޗުގައި ލަނޑެއް ކާމިޔާބުކުރެވުނަސް އުފާފާޅުނުކުރާނެ ކަމަށް ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
08 May 2019
މަރުހަބާ ލިވަޕޫލް.މަރުހަބާ މައުމޫން.
އަހޫ
07 May 2019
މިތާ ހާދަ މެސީވެ ގަނެގެން މީހުން އެބަ ކޮމެންޓްކުރެއޭދޯ. ބަލަ މެސީއަކީ ނަމޫނާ ކުޅިވަރު ޝަޙުސިއްޔަތެއް. ތިކަހަލަ މަރުމޯލުން ތަކެއް ނޫން. މެސީ އަބަދުވެސް ބުނަނީ ކުރިއަށް ހުރި މެޗުތައް ފަސޭހަ ނުވާނެއޭ
އާރީ
07 May 2019
ފިރިމީނިޔޯ އާއި ސަލާހު އަށް ކުޅެވޭނަމަ ހިތި ގޮތަކަށް ބާސާ މިރޭ ބަލިކޮށްލާނެ. ލިވަރފޫލަކީ ފަހަތުން އަރާ މޮޅުވުގެ ސަގާފަތެއް އޮތް މޮޅު ކުލަބެއް.
އާރިގެ ބަފާ
07 May 2019
ޑެމްބެލޭ އެއްކޮށް ފިޓްކޮށްހުރިނަމަ ތިޔަ ފިރްމީނިއޯ އަދި ސަލާހު ލިޔަސް ބާސާއިން ޖެހިލުމެއް ނުވާނެ. އަދި ލިވަޕޫލް އެމީހުންގެ އަމިއްލަ ދަޑުގައި ބަލިކުރާނަން އިންޝާ ﷲ. މެސީ އަދި ޑެމްބެލޭ ހުއްޓުވޭނެ ޑިފެންސް ލައިނެއް މިދުނިޔެކު ނެތް.
މެސީ
07 May 2019
މިރޭވެސް ޖަހާނަން 2ތިން ގޯލް.
ީމޭން
08 May 2019
ކޮބާޖެހި ތިންގޯލު
ސާމިޔާ
07 May 2019
އިންޝާﷲ ބާސާ މޮޅުވާނެ
ރަދީފް
07 May 2019
02 ވަނަ ލެގް ލިވަޕޫލް ކާމިޔާބްކުރުން ގާތް.ނަމަވެސް ބާސާ ކޮޅަށް 04 ގޯލްޖެހުން ފަސޭހަ ނުވާނެ.މިހެން ބުންޏަސް ފުޓްބޯޅައިގަ ކިތަންމެ ހީނުކުރާ ކަހަލަ ނަތީޖާވެސް ނިކުމެފަ އެބަހުރި.އުއްމީދަކީ މިރޭ ވެސް ބާސާ މޮޅުވެ ފައިނަލްގަ ކުޅުން.އިންޝާﷲ. ވ.ވެދުން
ގާޑިޔާ
07 May 2019
ބާސާއޭ. އެއްވެސް ބަޔަކު ބާސާ ބަލިކުރަން ނޫޅޭތި. ބާސާ ބަލިކުރަން ހިފާ ބަޔަކު ތިވަނީ ތާއަބަދުވެސް ބަލި. މިހާރުގެ ބާސާ ބަލިކުރުމަކީ ދެން ވާނޭކަމެއްނޫން.
ޟެދް
08 May 2019
ހަމަ ހެވެނީ
ޔުއީ
08 May 2019
އެއޮތީ ބަލިކޮއްފަ
ފާތުމާ
08 May 2019
ލޮލް...
މުންކޮ ލިވަރޕޫލް
08 May 2019
އަދި އަލުން ތި ޖުމްލަ ކިޔާލާފަ ކޮމެންޓު ކޮށްލާ. 4 - 0 އިން އެއޮތީ ތަޅާ ތިރިގަންނުވާލާފަ..
ހޭހަން
07 May 2019
ބޭނުންވަނީ ބާސާއަށް ދެރަގޮތްވާން. އެކަމަކު އަބަދުވެސް ބާސާވަނީ މޮޅު. އުންމީދަކީ ލިވަޕޫލަށް މިމެޗުގާ މޮޅުކުޅުމެއް ކުޅެވި ބާސާގެ މައްޗަށް ބޮޑު ކާމިޔާބެއް ހޯދުން. އެކަމަކު މީކީ ފަސޭހަ ކަމަކަށް ނުވާނެ. އަދި މީކީ އުންމީދު ގެއްލުވާލަންވީ ކަމެއްވެސް ނޫން. ކޮންމެ ކަމެއް ކޮންމެ ގޮތަކަށްވެސް ނިމިދާނެ. ބާސާ ކިތަންމެ މޮޅަސް މިރޭ ލިވަޕޫލް އަތުން 4 ލަނޑުގެ ތަފާތަކުން ބާސާ ބަލިވުމަކީވެސް ނުވާނޭ ކަމެކޭ ނުބުނެވޭނެ. ކަންކަން އެހެންވެސް ވެފާ އެބަހުރި.
ހަމީރު
07 May 2019
ތިޔައީ ބައެއް ދިވެހިންގެ ހުންނަ ވަރަށް ދަށް ސިފައެއް. ތިމާ ސަޕޯރޓް ކުރާ ކަމަކަށް މޮޅުގޮތް ވުން އެދުމުގެ ބަދަލުގައި އަނެކާއަށް ދެރަގޮތް ވުން އެދުން. ތިހެން ނުހަދާ ވިސްނާލަބަލަ.
އަހަރެން އަލީ
07 May 2019
ލިވަރޕޫލް
މެސީ
07 May 2019
ޔޫ ވަޓް މެއިޓް.