ސިންގަޕޫރުގައި އިއްޔެ އޮތް ބައްދަލުވުމުގައި މައުމޫން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: މައުމޫން އޮފީސް
03 ސެޕްޓެމްބަރ 2016 - 10:37
އިންޑިއާ ކަނޑު ހިމެނޭ ސަރަހައްދުގެ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ގައުމުތަކުގެ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކޮށް، ޑިމޮކްރެޓިކް އުސޫލްތައް މުޖުތަމައުތަކުގައި އަށަގެންނެވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ ސިންގަޕޫރުގައި ގޮވާލައްވައިފި އެވެ.
އެމަނިކުފާނު މިގޮތަށް ގޮވައިލެއްވީ އިންޑިއާގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޑިއާ ފައުންޑޭޝަނާއި ސިންގަޕޫރުގެ އެސް. ރާޖަރަތުނަމް ސްކޫލް އޮފް އިންޓަނޭޝަނަލް ސްޓަޑީޒްއާ ގުޅިގެން ބާއްވަމުން އަންނަ އިންޑިއަން އޯޝަން ކޮންފަރެންސްގަ އެވެ. މި ކޮންފަރެންސްގައި 21 ގައުމަކުން ބައިވެރިވި ވެ އެވެ.
ރާއްޖެ ތަމްސީލްކުރައްވައި ވާހަކަފުޅު ދައްކަވަމުން، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ރައީސް ކަން ވެސް ކުރައްވާ މައުމޫން ވިދާޅުވީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ގައުމުތަކުގެ ދާހިލީ ހަމަޖެހުން ވަރުގަދަކުރަން ޖެހޭ ކަމަށެވެ. މި ސަރަހައްދަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދަން ގައުމުތަކުގެ މެދުގައި ވާހަކަ ދެއްކޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ.
ސިންގަޕޫރުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތް ގައުމެއްގެ އިސް ބޭފުޅަކާ މައުމޫން ވާހަކަ ދައްކަވަނީ. --ފޮޓޯ: މައުމޫންގެ އޮފީސް
އެމަނިކުފާނު ވިދާޅުވި ގޮތުގައި ހިއުމަން ޓްރެފިކިން އާއި މަސްތުވާތަކެތީގެ ވިޔަފާރި އާއި ހައްދުފަހަނައަޅައި ދިއުމުގެ ހަރަކާތްތަކާއި ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ތަމްރީން ދިނުމާއި އެތަންތަނަށް މީހުން ފޮނުވުމަކީ މި ސަރަހައްދަށް ކުރިމަތިވެފައިވާ ބައެއް މައްސަލަތަކެވެ.
މި މައްސަލަތައް ހައްލުކޮށް އިންޑިއާ ކަނޑުގެ ސަރަހައްދަކީ އަމާން އަދި ސުލްހަވެރި، ގައުމުތައް ގުޅިގެން ކުރިއެރުމާއި ތަރައްގީ އަށް މަސައްކަތް ކުރާ ސަރަހައްދަކަށް ހެދުމަކީ މި ސަރަހައްދުގެ މުސްތަގުބަލަށް މުހިއްމު ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫންގެ ވާހަކަފުޅަށް ފަހު އެމަނިކުފާނާ ކުރިމަތިކުރުވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން، ރާއްޖޭގައި އައިއެސްގެ ނުފޫޒު ފޯރާފައިވާ މިންވަރާއި އެ ޖަމާއަތާ ގުޅިގެން ރާއްޖޭގެ ޒުވާނުން ހަނގުރާމަ އަށް ދިއުމުގެ ވާހަކަ ބޭރުގެ ނޫސްތަކުގައި ދައްކަނީ ހިނގާވަރަށް ވުރެ ބޮޑުކޮށްލައިގެން ކަމަށް މައުމޫން ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވި އެވެ. އެއީ ރާއްޖެ ނޫން އެހެން ތަންތަނުގައި ވެސް ހިނގާ ހަރަކާތެއް ކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ އެކަން ކޮންޓްރޯލްކުރަން ރާއްޖޭގައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
04 September 2016
ރައީސްމައުމޫންއަކީ ރާއްޖޭގެ ގާނޫންއަސާސީ އިސްލާހްކޮށް ޑިމޮކްރެޓިކް ނިޒާމްތައާރަފްކޮށް ، އޭގެދަށުން ބޭއްވުނު ފުރަތަމަ އިންތިޙާބުގައި ވާދަކުރައްވާ ، ރީތިގޮތުގައި އަބުރާއި އިއްޒަތާއި އެކު ވެރިކަމުން ފައިބައިވަޑައިގެންނެވި ސިޔާސީ އިލްމްވެރިއެއް ، މިހާރުމިގައުމު އޮތް ހާލަތުން ދެން ހޭރިޔާކުރެވޭނީވެސް އެމަނިކުފާނު އިސްވެ ނުކުންނަވާ ހަދަން އުޅޭ އިންތިގާލީ ސަރުކާރުގެ ހުންގާނުގައި އެމަނިކުފާނު ހިއްޕަވައިގެން ކަމީ ޝައްކެއްއޮތްކަމެށްނޫން ، މިހެން ކަންތަށް ކުރައްވާނެކަމަށް އަޅުގަނޑުހީއްކުރަން ،
ވިލޭއަލި
03 September 2016
30 އަހަރު ވެރިކަން ކުރިއިރު ގަދަފަދަ ޑިކްޓޭޓަރޝިޕް ޚިޔާރު ކޮށްފައި، މިއަދު ރާއްޖޭގައި ދިވެހިން ބޭނުންވާ ޑިމޮކްރެސީ އޮތް އިރު ޔޫރަޕިޔަން "ޑިމޮކްރެސީ ފޯ ތާޑް ވޯލްޑް" ހޯދަންވެގެން މައުމޫނު އެ އުޅުއްވަނީ ކީއްވެ ބާވައޭ ހިތަށް އަރައެވެ.
މޯޑު
03 September 2016
އިދިކޮޅު ފަރާތްތައް ޖަލައްލައި ރައްޔިތުންގެ ފައިސާ ވަގައްނަގައި. ރައްޔިތުންނައް ތުރާކުރަން ގާނޫނުތައް ފާސްކޮށް ހަދާމީހުންނައް ޑިމޮކްރަސީ ދަސްކޮށް ދިނުން އެދެން.
އާާމާލު މަންމަ
03 September 2016
މަނިކުފާނޫ އެވެ، 30 އަހަރު ދުވަހު ގައމެއްގެ ވެރި ކަން މަނިކުފާނު ހިތު ހުރި ގޮތަކައް ކޮއްލަވާފަ ވަޑިގަތީއެވެ، މަސްތުވާ ތަކެތީގެ ވަބާ ގަ ޖެހުނު ޒުވާނުން ގެ އަދަދު އިބްރާހިމް ނާސިރު ގެ ވެރި ކަމާ އަޅުއްވާފަ މަނިކުފާނު އަމިއްލަ ފުޅައް ތަފާސް ހިސާބު ބައްލަވާލައްވާށެވެ، ވަގުތު ނެތް ނަމަ އާދަމް ނައީމު ނަމވެސް މީހެއްކަިރި ވިދާޅުވެގެން ބައްލާވާލއްވާށެ، ދެން މަނިކުފާނު 30 އަހަރު ވެރިކަން ކުރެއްވި އިރުވެސް އިންޑިޔާ ކަންޑުގެ ގައުމުތަކުގަ ޑިމޮކްރަސީ ވެސް އޮތެވެ، އިންޑިޔާ، ސްރީ ލަންކާ އައް ބައްލަވާލައްވާށެވެ، އެހެނަސް މަނިކުފާނު ޙިޔާރު ކުރެއްވީ ގޮއް މުށެވެ. މި އަދު މާ ޑިމޮކްރަސީ އައް މަނިކުފާނު ލޯބި ފުޅު ތި ކުރައްވަނީ، އެއްގޮތަކީ މަރު މަތިން ހަދުމަފުޅު މާ ބޮޑައް ވަނީ އެވެ، ނޫން ނަމަ އަނެއކާ ވެސް ހަަމަ އަމިއްލަ އެދުން ކުރިއައް ނެރުއްވަނީ އެވެ. ވﷲ އައުލަމް
ތޯރިޤު
03 September 2016
30 އަހަރު ދިގު ދިމުގްރާތީ ވެރިކަމެއް ކުރި ލާމަސީލު މިސާލެއް
މޫސަ
03 September 2016
މަނިކުފާނުގެ ދަރިންނަށް ސިޔާސީގޮތުން ކުރިއެރުން ލިބޭގޮތައް ކަންތައްތައް ހުރި ނަމަ ޑިމޮކްރަސީ ފައްކާވީ..