ފިނޭނޭސް މިނިސްޓްރީގެ އިމާރާތް--ފޮޓޯ:މުހައްމަދު ޝަރުހާން/މިހާރު
09 މެއި 2019 - 11:38
މިދިޔަ ހަތަރު މަސް ދުވަހު ދައުލަތުން ކުރި ހޭދައިގެ 78 ޕަސެންޓަކީ ސަރުކާރު ހިންގުމުގެ ރިކަރަންޓް ހަރަދު ކަމަށް ފިނޭންސް މިނިސްޓްރީންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ރިކަރަންޓް ހަރަދުގެ ގޮތުގައި މިހާތަނަށް 5.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މީގެ ތެރެއިން ދައުލަތުގެ މުވައްޒަފުންނަށް ދޭ މުސާރަ އާއި އިނާޔަތްތަކަށް 3.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި އިދާރީ ގޮތުންނާއި ހިންގުމަށް ކުރަންޖެހޭ ހަރަދުތަކުގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް މިހާތަނަށް ހޭދަކުރީ 1.5 މިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމު (ޕީއެސްއައިޕީ) މަޝްރޫއުތަކަށް ހޭދަކުރީ 655 މިލިއަން ރުފިޔާ އެވެ. ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ހޭދަކުރީ 462 މިލިއަން ރުފިޔާ އެވެ.
ކުރީ އަހަރުތަކުގައި ވެސް ދައުލަތުން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ސަރުކާރުގެ ހިންގުމަށެވެ. އެގޮތުން މިދިޔަ އަހަރު 25.3 ބިލިއަން ރުފިޔާ ހަރަދު ކުރި އިރު ގާތްގަނޑަކަށް 70 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ. އެއީ 17.7 ބިލިއަން ރުފިޔާ އެވެ.
މިއަހަރުގެ މިހާތަނަށް ދައުލަތުން 7.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 7.9 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ 30.2 ބިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުބާދު
11 May 2019
ހުސްވާހަކަ. މި ސަރުކާރުން އައިސް މިޙާތަނަށް ކުރި ޚަރަދު ނެގި ލާރީގެ ވާހަކަ ދައްކަން ވެއްޖެ ނަމަ އެއް އަހަރު ނަގާނެ އެވާހަކައަށް އެކަނި. ހުސްފޭކް ވާހަކަ ރައްޔިތުން ހެއްދުން ނޫންކަމެއް ނެތް. ނޫސްތަކުން ހެޑްލައިން ހޯދުން އަބަދުވެސް
ކޮރަލް
10 May 2019
ސިޔާސީ މަގާތް ތަކަަށް ހަރަދު ކުރާ ވަރު ވަކިން އެނގޭގޮތައް ނޫސްވެރީން މައުލޫ މާތު ލިޔެލަން ފެނެއެވެ.
ޥާނުވާ
09 May 2019
ބަލަގަ ނޫއިގްތިސޯދުގަ ވާގޮތޭތީ
ސާމާނުބެ
09 May 2019
މިސަރުކާރުން ދައްކަން ތީ ބޭކާރު ވާހަކައެއް އަދިވެސް ޖަޒީރާއޭ ކިޔޭތޯބަލާ 4 ލައްކައެއްހާ މީހުން 198 ރަށުގައި އުޅެގެން ތިކިޔާ ހަރަދެއް ކުޑައެއްނުކުރެވޭނެދުވަހަކުވެސް
ޢަހުމަދު ހާޖީ
09 May 2019
ޖަލުގަ މީރުފެން ހަދަން ޕްލާންޓެއްބަހައްޓަންވެސް ކޮމިޝަނެއް ހެދީ ގައިމު މީހެއްގެ ބޮލުގަ ތެތްކަމެއް ނެތީމަތާ.
ޖަމީލު
09 May 2019
ބެލެވޭގޮތުގަ ހީވަނީ ނަގަން ހުރި ސެލްފީތަކާ ކާން ހުރި ބޮނޑިބަތްތާ ކުޅެން ހުރި ކުޅިވަރުތަކާ ނަގަން ހުރި މަޖާތަކާ ދާން ހުރި ގައުމުތަކާ މިހުރިހާ ކަމެއް ނިމުނީމަ ދެން ގައުމާދޭތެރެ ހޭ އަރާނެހެން
ވިސްނާ 19
09 May 2019
ރާއްޖެ އަނދަވަޅައް ވެއްޓެނީ.
ޣާސިމު
09 May 2019
މި 6 މަސް ދުވަހު ް އެނގިގެން ދިޔައީކަމެއް ކުރަން ނުދަންނަ އެއްވެސް ސިޔާސަތެއް ނެތް ސަރުކާރު ދޯހަޅިވެފައިވާ ވަރު.
ހަކީމު
09 May 2019
އަދިވެސް ޕާޓީތަކުން ފޮނުވާފަ ހުރި ލިސްޓްތަށް އެބަހުރި .. އިބޫ ސޯލިހު އަށް ވަރަށް ސަލާން. 78 ޕަސެންޓް އަކީ ގާތް ގަނޑަކަށް 24 ބިލިޔަން. އެހެން ވީމާ 24 ބިލިޔަން އެހުސްކުރަނީ ހަމަ ކައިބޯން .. ތަރައްޤީއަށް ބޭނުން މިކުރެވެނީ އެންމެ 26 ޕަސެންޓް ... ވަރަށް ސަޅި.
ވަފާ
09 May 2019
ހީކުރި ވަރެއްނޫން ހަމަ ވަރައްސަކަރާތް. ތަރައްގީ ހުއްޓި ފަހަތައްދާ ފެންނަނީ.