މިދިޔަ އަހަރު ބޭއްވި ސާކް ފިލްމު ފެސްޓިވަލްގެ ތެރެއިން.
09 މެއި 2019 - 11:15
ސާކް ގައުމުތަކުގެ ފިލްމުތަކަށް ހާއްސަކޮށްގެން ބާއްވާ މި އަހަރުގެ ސާކް ފިލްމު ފެސްޓިވަލް ފަހުގެ ތާރީހަކަށް ފަސްކޮށްފި އެވެ.
މި އަހަރު ބާއްވާ 9 ވަނަ ސާކް ފިލްމު ފެސްޓިވަލް ކުރިން ބާއްވަން އޮތީ މި މަހުގެ 7-12 އަށެވެ. ނަމަވެސް ފެސްޓިވަލް ފަސްކުރީ، އެ ފެސްޓިވަލް ބާއްވާ ސްރީ ލަންކާ އަށް މިދިޔަ މަހުގެ ތެރޭގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކަ އެވެ.
ސާކް ފިލްމު ފެސްޓިވަލް އިންތިޒާމު ކުރާ ސާކް ކަލްޗްރަލް ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނީ ފެސްޓިވަލް ފަސްކުރަން ޖެހުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އެކަމަކު ފެސްޓިވަލް ދެން ބާއްވާނެ ތާރީހެއް ނިންމިހާ އަވަހަކަށް، ފެސްޓިވަލްގައި ބައިވެރިވާ ގައުމުތަކަށް އަންގާނެ ކަމަށް ބުންޏެވެ.
ދިވެހި ފިލްމުތައް ރާއްޖޭން ބޭރުގައި ވާދަކުރާ އެންމެ އާންމު ފެސްޓިވަލަކީ ވެސް ސާކް ފިލްމު ފެސްޓިވަލެވެ. މި އަހަރުގެ ފެސްޓިވަލްގައި ވެސް ދެ ފީޗާ ފިލްމާއި ކުރު ދެ ފިލްމާއި އެއް މާސްޓަ ފިލްމު ބައިވެރި ކުރުމުގެ ފުރުސަތު ރާއްޖެ އަށް ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy