މާރުކޭޓު ގޮޅިއެއްގައި ކަރާ ވިއްކުމަށް ބެހެއްޓިފައި. ކަރާގެ އަގު ވަނީ ހެޔޮވެފައި--ފޮޓޯ:ނިޝާން އަލީ/މިހާރު
12 މެއި 2019 - 13:34
ރޯދަ މަހު ފެށުނު އިރު 40ރ. އަށް ހުރި ކަރާ ކިލޯގެ އަގު 20ރ. އަށް ވެއްޓިއްޖެ އެވެ.
ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ، ކަރާގެ އަގު ހެޔޮވެފައި ވަނީ ލިބޭ މިންވަރު އިތުރުވުމުގެ ސަބަބުން ކަމަށެވެ. ކަރާގެ އަގު ހެޔޮވި ނަމަވެސް ރޯދަ މަސް ފެށުނީއްސުރެ އެންމެ ބޮޑު ޑިމާންޑެއް ވެސް އޮތީ ކަރައަށެވެ.
"ކަރާ ކޮންޓްރޯލް ކުރަނީ ތޮއްޑޫން. ތޮއްޑޫން ހެޔޮކޮށް ލިބޭ ނަމަ އަގު ހެޔޮކޮށް ވިއްކޭނެ،" ވިޔަފާރިވެރިޔަކު ބުންޏެވެ.
ދަނޑުވެރިން ކަރާ ކިލޯއެއް މިހާރު ވިއްކަނީ 16ރ. އަށް ކަމަށް ވިޔަފާރިވެރިއަކު ބުންޏެވެ.
ކުރިއަށް އޮތްތަނުގައި ވެސް ކަރާގެ އަގު ހެޔޮވާނެ ކަމަށް ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުންޏެވެ. އެގޮތުން ކަރާ ކިލޯއެއްގެ އަގު 10ރ. އަށް ވެސް ވެއްޓިދާނެ ކަމަށް ވިޔަފާރިން ބުނެ އެވެ.
ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ތޮއްޑޫން 25 ޓަނާއި 35 ޓަނާ ދެމެދުގެ އަދަދަކަށް ކަރާ މާލެ ގެނެ އެވެ. މި އަހަރު ރޯދަ މަހަށް ހާއްސަކޮށް ތޮއްޑޫގައި 117 ކަރާ ދަނޑު ހެއްދި އެވެ. ތޮއްޑޫ ކަރާގެ އިތުރުން ކާށިދޫ އާއި ކަނޑޫދޫ ކަރާ ވެސް މާރުކޭޓުގައި އެބަހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަތާރަ
13 May 2019
އަދި ކިރިޔާ އަނގަޔާ ހަމައަށް ފޯރާވަރަށް ކަރާގެ އަގު ތި ދިޔައީ. މި ރޯދަމަހު އަދި ކަރާގެ ރަހަ ނުބެލިގެން މި އުޅެނީ އަގުތައް މަތިކަމުން.
ޞެއިހް ކަނޑޫދޫ މިރުސް
12 May 2019
ކަނޑޫ ދޫ ކަރާ ވަރަށް ފޮނި ވެފައި އަގުބޮޑުވާނެ ކަމަށް ބެލެވެއެވެ. ޢިނގިފައި ވާގޮތުގައި މި ދަނޑު ތައް ހައްދަނީ ޒަމްޒަމް ފެން ދީގެންނެވެ
ތިމާވެށީ
12 May 2019
ލޯކަލް މާރކޭޓް ގެ ގޮޅިތަކަށް ދުވާލަކު ލިބޭ ވަރު ބަލާ ސާވޭ އެއް ހަދަން ވީއެވެ. މިހާރު ގޮޅިތައް ދީފަ ހުރި މީހުންނަށް ގޮޅީގަ ދިވެހީން ބެހެއް ޓުމަށް 1 މަހުގެ ފުރުސަތެއްދީފަ ގޯސްނަމަ ތަން ސަރުކާރައް ނަގަން ވީއެވެ. ގޮޅިހިންގަން ބޭނުންވާ މީހުންނަށް ފަހުން ދައްކާ ގޮތައް 20 ހާސް ރުފިޔާ އާއިއެކު ގޮޅި ހަވާލު ކުރަން ވީއެވެ. ޝަރުތަކީ ދިވެއްސަކު ގޮޅީގަ ވިޔަފާރި ކުރަން ހުރުމެވެ. ބޮޑުއެއްޗެއް ލިބޭނެއެވެ.
ރަދީފް
12 May 2019
ސާބަހޭ ދަނޑުވެރިން.އަގުހެޔޮ ކުރީމަ އެކަން ހެޔޮހިތުން ބަަލައިގަންނަން.