ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިން ގޮތުގެ މައުލޫމާތު އާންމު ކުރުމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ބޭއްވި ނިއުސް ބްރީފިންގައި ބައިވެރިވެވަޑައިގެންނެވި، އެ މިނިސްޓްރީގެ އިސް ބައެއް ވެރިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
13 މެއި 2019 - 22:26
ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ހަ ކުންފުންޏަކަށް ސަރުކާރުން ދީފައިވާއިރު، އެ ކުންފުނިތައް ކަނޑައެޅުމުގައި އަމަލު ކޮށްފައިވަނީ އިންސާފުން ބޭރުން ކަމަށް ބުނެ ސިސިލްފަރު ހައްޖު އެންޑް އުމުރާ އިން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.
ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ސިސިލްފަރަށް މި ފަހަރު ހުއްދަ ދީފައެއް ނުވެ އެވެ.
އެ ޖަމާއަތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ކުންފުނިތައް ހޮވުމުގައި އަމަލުކުރި އިވެލުއޭޝަން ސައްހަ ނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ.
ސިސިލްފަރުގެ ގާނޫނީ ވަކީލް ނާޒިމް ސައްތާރު މިރޭ ވިދާޅުވީ، އިވެލުއޭޝަންގައި އިސްލާމިކް މިނިސްޓްރީން މާކްސް ދީފައިވަނީ ހައްޖަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިން ގޮތާ ހިލާފަށް ކަމަށެވެ. އަދި އިވެލުއޭޓު ކުރުމަށް ހަދާފައިވާ ގަވައިދުތަކާ ވެސް އެ މިނިސްޓްރީން ހިލާފު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Sisilfaru v Islamic ministry ; 35 aharu hajjah gendhiya group ge tajuriba ah dheefa othee emme 0.7% pic.twitter.com/XgACSFWb5V
— Nazim Sattar (@nazimsat) May 13, 2019
އިސްލާމިކް މިނިސްޓްރީގެ ކޮމިޓީން މާކްސް ދިން ގޮތް ފެންނަ ޓޭބަލް
އިވެލުއޭޝަންގައި، ތަޖުރިބާ އަށް ފަސް ޕަސެންޓު ކަނޑައަޅާފައިވާއިރު، ސިސިލްފަރަށް އެ ބައިން ލިބިފައިވަނީ 0.077 ޕަސެންޓް މާކުހެވެ.
ނާޒިމް ވިދާޅުވީ މިދިޔަ 35 އަހަރު ދުވަހު ސިސިލްފަރު ހައްޖު ގްރޫޕުން ހައްޖާޖީންގެ ކަންކަމުގައި އުޅެފައިވާއިރު އެއީ އެކަށީގެންވާ މާކްސްއެއް ނޫން ކަމަށެވެ.
"މި ބައިން އެންމެ އިންސައްތައެއް ވެސް ލިބިގެން ނުދިއުމުން އެނގެނީ އިވެލުއޭޓް ކުރާށޭ ކިޔައިގެން އިސްލާމިކް މިނިސްޓްރީން ކުޅިވަރު ކުޅެފައިވާކަން،" ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ވިދާޅުވި އެވެ.
Hajjah meehun gendhiumuge huhdha 5 kunfunyakah
The most trusted news source in the Maldives
Mihaaru
ހައްޖަށް މީހުން ގެންދިއުމަށް ޖަމާއަތްތައް ކަނޑައެޅުން---
ހައްޖަށް މީހުން ގެންދިއުމުގެ ޕްރޮޕޯޒަލަށް ހުޅުވައިލުމުން 18 ކުންފުންޏަކުން ކުރިމަތިލި އެވެ. އޭގެ ތެރެއިން އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާތީ ހަ ޕްރޮފޯޒަލެއް ބަލައެއް ނުގަނެ އެވެ.
ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައި ވަނީ އެކްރޯ ހައްޖު ގްރޫޕް (59،965ރ.) ހައްޖު ކޯޕަރޭޝަން (69،965ރ.) މިނާ ހައްޖު ގްރޫޕް (69،965ރ.) އަލްހަރަމައިން ހައްޖު ގްރޫޕް (69،965ރ.) ޒައި ހައްޖު ގްރޫޕް (70،000ރ.) ތަޒްކިޔާ ހައްޖު ގްރޫޕް (72،250ރ.) އަދި ތަޒްކިޔާ ހައްޖު ގްރޫޕް (72،250ރ.) އަށެވެ.
މީގެ ކުރިން ހައްޖަށް މީހުން ގެންދިއުމަށް ހުށަހަޅާ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރަނީ އެ ވަގުތަކު ހުންނެވި އިސްލާމިކް މިނިސްޓަރު ކަނޑައަޅުއްވާ ކޮމިޓީއަކުންނެވެ.
ނަމަވެސް އެކަން މި ފަހަރު ބަދަލުކޮށް، ފަސް މެމްބަރުން ހިމެނޭ ހައްޖު އިވެލުއޭޝަން ކޮމެޓީގެ މެޖޯރިޓީ އޮންނަނީ އެހެން އިދާރާތަކުގަ އެވެ. އޭގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި އެޓާނީ ޖެނެރަލް (އޭޖީ) އޮފީސް އަދި އިސްލާމިކް މިނިސްޓްރީގެ ދެ ބޭފުޅުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢީވާ ޝާހިދު
14 May 2019
މިފަަހަރު މިވީ ގޮތްވަރައްސާފު ގޭ ކުއްޖާގެ ފިރިމީހާ ގެ މަސްލަހަތު ހިމެނޭ ބަޔަކައް މިނުލިބުނީ އެހެންވީމަ ހުރިހާކަމެއް މިދިއައީ ގޯހުން ގޯހައް.. އުއްމީދު ކުރީ ރައްކާކުރާނެ ލާރި ނުހުންނާތީ ބޭންކް އެކައުންޓެއްވެސް ނެތް މެމްބަރު ގެފިރމީހާގެ މަސްލަހަތު މިނިސްޓްރީ ހިމާޔައް ކޮއްދޭނެކަމައް.
އިޙްސާސް
14 May 2019
ތިޔަކަން ހަމައެކަނި ސަރުކާރުން ކޮށްބަލަ. ހައްޖު ކޯޕަރޭޝަން މިހާރަށްވުރެ ބޮޑުކޮށްފަ. ތިޔަކަން އެމީހުނަށް އެކަނި ނުވާންވީ ކީއްވެ؟
ހިޔާލު
14 May 2019
ތިޔަ ކޯޓާ ސިސްޓަމް އުވާލަބަލަ، ހައްޖަށް ދާން ބޭނުންވާ މީހުން އެއް އަހަރު ކުރިން މިނިސްޓްރީ އިން ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަދާނަލަ، ހުއްދަ އަށް އެދޭ ފޯމުގައި އެމީހަކު ހިޔާރު ކުރާ ޓްރެވެލް އެޖެންސީ ހިމަނަން ޖެހޭ ގޮތަށް ހަދާފަ ބާއްވާ. ރާއްޖެއަށް ސައުދީ އިން ކޯޓާ ލިބިފައިވާ ވަރަށް މީހުން ރެޖިސްޓަރ ކޮށް ނިމުނީމަ އެ އަހަރުގެ ރެޖިސްްޓްރޭޝަން ބަންދު ކޮށްލާ. ވަކި ޝަރޮތުތަކެއް ހަމަވާ ހުރިހާ ޓްރެވެލް އޭޖެންސީ ތަކަކަށް ހުއްދަ ދީފަ ބާއްވާ.
އިދުރީސް 555666
14 May 2019
ތިޔަ 59،965 ރުފިޔާ ނަގައިގެން ޙައްޖަށް ގެންދަން ހުށަހެޅި ގްރޫޕުން ފައިސާ ބަލައިގަންނަ އިރު ރެސިޕްޓް ނުލާ އަދި ކިތައް ހާސް ނަގާނެބާ. މިފަދަ ކަންކަން މި ސަރުކާރަށް ބެލޭނެބާ؟
ނެގުނުކަތީބު
14 May 2019
ތި ތަނުގެ ބޭފުޅުންނަކީވެސް ވަރަށް ފާޓު ފުޅާ ބައެއް! މިހެން މިދެންނެވުނީ ޤާރީ ލެވަލް 1 ގެ ޓެސްޓް ކެންސަލް ކޮށްގެން އެކަމާ ގ.މަރުކަޒާ ގުޅުމުން އެތަނުގެ ވެރިއަކު ވިދާޅުވަނީ އެއީ އ މިނިސްޓްރީން އަނގައިގެން ކުރި ކަމެކޭ، ދެން އެ މިނިސްޓްރީއަށް ގޮސް ޑިރެކްޓަރުން ފެންވަރުގެ ބޭފުޅެއްގެ ފައިންޕުޅު ފެންނަވަރެއް ނުވި.
ނައުމާ
14 May 2019
ތި އިވެލިއުއޭޓު ކުރަން އާއްމުންނަށް ހުޅުވާލައިގެން ތިކަން ކުރަންވެއްޖެ. ކޮމެޓީ ހަދަ ހަދައިގެން ބަންދު ފިނިކޮޓަރި ތަކުގަ ތިބެގެން މޭޒުދަށުން ތިކަން ކުރުން ހުއްޓޭނީ އޭރުން. ތި އެވެލުއޭޝަން ހަދާ މާކުސްދޭ ކޮޓަރިޔަށް ނޫސްވެރިން ވައްދާބަަލަ. ކެރޭނެތަ؟
ޚިލާފް
14 May 2019
ބިޑް ކެންސަލް ކުރުމުގައި މައްސަލަ އެބަހުރި. 2018ގެ އޮޑިޓް ރިޕޯޓް ނެއްކަމައްވުނެ ބިޑް ބާތިލް ނުކުރެވޭނެ. 2018 އޮޑިޓް ހުށައަޅަން ޖެޙޭނީ 2019 ޖޫން ނިމުމުގެ ކުރިން. ބިޑް ހުށައަޅަން ދިނީ 10 ދުވަސް, ޤަވައިދުން އޮޑިޓް ކުރާ އެއްވެސް ފަރާތަކަށް މިހާ ކުޑަ މުއްދަތެއްގައި ސައްޚަ އޮޑޮޓެއް ނުކުރެވޭނެ. ފެށުމުގައިވެސް މިނިސަޓްރީއިން މިވަނީ ނުބައި ޝަރުތެއް އެކުލަވާލައިފައި. ހައްޖު ބިޑުގެ އަގަށް 5 އޮތުމަކީވެސް ނުބައެއް. ލިބޭއަދަދައްވުރެ ޑިމާންޑް ބޮޑު ކަމަކަށް އަގަކީ މައްސަލައަކަށް ނުވާނެ. އެހެންވީމަ އަގައް މަކަރުހެދުމުގެ ފުރުސަތުދިނުމަށް މިކަން ކޮށްފަ މިއޮތީ.
ނަށި
14 May 2019
ތި އަގު ހުށައަޅާފައި ފޯމް ނަގަން ދިޔާމައި ފޯމެއް 15000 އަށް 20000 އަށް ވިއްކަނީ. މީ ކަން ހިނގާގޮތް.އެލާރި ހަވާލުކުރި ކަމުގެ ރަސީދެއްނުދޭ. ހަވާލު ކުރަން ޖެހެނީ ނަގުދު ފައިސާއިން
ޖުވައިރިއްޔާ
14 May 2019
ބަލަގަ އިސްލާމިކް މިނިސްޓަރ ކޮމިޓީއަށް މީހުން ޢައްޔަނު ނުކުރުމަކީ މިހާރު އޮތް ސަރުކާރުން ބޭނުންވާ ބަޔަކު ނޮހޮވުމެއް ނޫން ހޮވާނެ އޭ ޔަޤީންކަމެއް ޙައްޖު ކޯޓާ ތައް ދީފައި އެވަނީ އެމް.ޑީ.ޕީ އިން ބޭނުންވި ގްރޫޕްތަކަށް ކޮން ވާހަކަ އެއް ދައްކާކަށް ރައްޔިތުން ލޮލުގައި އަނދުން އަޅުވަން ކޮރަޕްޝަން ޒީރޯ ޓޮލަރަންސޭ ކިޔައިގެން އެހެން އެއްޗެއް ކިޔާ ތަންކޮޅެއް ތާހިރު އެއްޗެއް.
މިސްރާބު
14 May 2019
ހައްޖަކީ ކޮންއެއްޗެއްކަން ނޭގޭ ބަޔަކު ހައްޖަށް ގެންދާނެ މީހުން ކަނޑައަޅަން އުޅުނީމަ ވީގޮތެކޭ މަށެއް ބުނެފިންތަ؟