ޚަބަރު / ހައްޖު ކޯޓާ

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ފަސް ކުންފުންޏަކަށް ދީފި

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިން ކުންފުނިތަކާ ބެހޭ މައުލޫމާތު ހިއްސާކުރަން އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިއަހަރު ރާއްޖޭން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ފަސް ކުންފުންޏަކަށް ސަރުކާރުން މިއަދު ދީފި އެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވީ، ހައްޖަށް މީހުން ގެންދިއުމުގެ ޕްރޮޕޯޒަލަށް ހުޅުވާލުމުން 18 ކުންފުންޏަކުން ކުރިމަތިލި ކަމަށެވެ. އޭގެ ތެރެއިން އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާތީ ހަ ޕްރޮފޯޒަލެއް ބަލައިނުގަންނަ ކަމަށް ވިދާޅުވި އެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކަކީ؛

1) އެކްރޯ ހައްޖު ގްރޫޕު: 59،965ރ.

2) ހައްޖު ކޯޕަރޭޝަން: 69،965ރ.

3) މިނާ ހައްޖު ގްރޫޕު: 69،965ރ.

4) އަލްހަރަމައިން ހައްޖު ގްރޫޕު: 69،965ރ.

5) ޒައި ހައްޖު ގްރޫޕު: 70،000ރ.

6) ތަޒްކިޔާ ހައްޖު ގްރޫޕު: 72،250ރ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިން ކުންފުނިތަކާ ބެހޭ މައުލޫމާތު ހިއްސާކުރަން އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު ވާހަކަދައްކަވަނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރާއްޖެއަށް ލިބިފައިވާ 1000 ކޯޓާގެ ތެރެއިން އަމިއްލަ ކުންފުނިތަކަށް ދީފައިވަނީ ޖުމްލަ 450 ޖާގަ އެވެ. އެ ކޯޓާ ކުންފުނިތަކުގެ މެދުގައި ބަހާލުމުން، ކޮންމެ ކުންފުންޏަކަށް ލިބެނީ 90 ޖާގަ އެވެ. ބާކީހުރި 550 ކޯޓާ ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ.

އިތުރު 1000 ކޯޓާ ވަރަށް އަވަހަށް ލިބޭނެ ކަމަށް ސައުދީގެ މިނިސްޓްރީން ޔަގީންކަން ދީފައިވާ ކަމަށް ވިދާޅުވި އެވެ. އެ ކޯޓާ ލިބުމުން ވެސް، އުސޫލުގެ ތެރެއިން ކުންފުނިތަކުގެ މެދުގައި ބަހާލާނެ ކަމަށް ވިދާޅުވި އެވެ.

ޝާފިއު ވިދާޅުވީ ހައްޖުގެ ކަންކަމަކީ ޒަމާނުއްސުރެ ޝައްކުގެ ނަޒަރުން ބަލާ ކަންކަން ކަމަށެވެ. އެހެންވެ އެކަންތައް ބަދަލުކޮށް، ރައްޔިތުންގެ އިތުބާރު ހޯދުމަކީ އަމާޒެއް ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތުގެ ތެރެއިން، އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ހައްޖު އިވެލުއޭޝަން ކޮމެޓީ އެވެ.

މީގެ ކުރިން ހައްޖަށް މީހުން ގެންދިއުމަށް ހުށަހަޅާ ޕްރޮޕޯޒަލްތައް އިވެލުއޭޓުކުރާނީ އެ ވަގުތަކު ހުންނެވި އިސްލާމިކް މިނިސްޓަރު ކަނޑައަޅުއްވާ ކޮމެޓީއަކުންނެވެ. ނަމަވެސް އެކަން ބަދަލުކޮށް، ފަސް މެމްބަރުން ހިމެނޭ ހައްޖު އިވެލުއޭޝަން ކޮމެޓީގެ މެޖޯރިޓީ އޮންނަނީ އެހެން އިދާރާތަކުގަ އެވެ. އޭގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި އެޓާނީ ޖެނެރަލް (އޭޖީ) އޮފީސް އަދި އިސްލާމިކް މިނިސްޓްރީގެ ދެ ބޭފުޅުން ހިމެނެ އެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިން ކުންފުނިތަކާ ބެހޭ މައުލޫމާތު ހިއްސާކުރަން އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލް ވާހަކަދައްކަވަނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވިދާޅުވީ ވަކިވަކި ކުންފުނިތަކަށް ލިބިފައިވާ މާކްސްތަކާއި ތަފްސީލުތައް މިނިސްޓްރީގެ ވެބްސައިޓުގައި އާއްމުކުރާނެ ކަމަށެވެ. އަދި ހައްޖަށް މީހުން ގެންދާ ކުންފުނިތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލާ އެއްގޮތަށް ކަންތައްތައް ކުރޭތޯ ހައްޖު މިޝަނުން ވަރަށް ރަނގަޅަށް ބަލާނެ ކަމަށް ވިދާޅުވި އެވެ.

"ކުރީ އަހަރުތަކާ ހިލާފަށް ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް މިފަހަރު އަޅާފައިވާނެ، ހައްޖަށް މީހުން ގެންދާ ކުންފުނިތަކުން ކުރަން އެއްބަސްވާ ކަންތައްތަކާ ހިލާފުވާ ކަމުގައިވާ ނަމަ. މިސާލަކަށް ފައިސާ ނެގުމުގެ ކަންކަމުގައި، އިތުރަށް ފައިސާ ނަގައި އެކަން ސާބިތުވެއްޖެނަމަ، އެ ހިނގާ އަހަރުގައި ހައްޖަށް ގެންދިއުމަށް ދީފައިވާ ކޯޓާ ބާތިލްކުރެވޭ ވަރަށް އުސޫލު ބަދަލުކޮށް ފުރިހަމަކޮށްފައި ވާނީ،" ޝާފިއު ވިދާޅުވި އެވެ.

ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލް ވިދާޅުވީ އެހެން އަހަރުތަކަށް ވުރެ މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދިނުން ލަސްވެފައިވާ ކަމަށެވެ. އެގޮތަށް ލަސްވީ، އޭނާ ވިދާޅުވި ގޮތުގައި އުސޫލަށް ބަޮޑެތި ބަދަލުތަކެއް ގެނެސް އިތުރަށް ހަރުދަނާކުރުމަށް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި، ޑިސެމްބަރު ނުވަތަ ޖެނުއަރީ ހިސާބުގައި ކުންފުނިތަކަށް ހުއްދަދޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރީ އަހަރެއްގައި ހައްޖަށް ދިޔަ ބަޔަކު މައްކާގައި---މިހާރު ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު

އިލްޔާސް ވިދާޅުވީ ކުރީގެ އުސޫލު ހަދާފައިވަނީ، ހަމައެކަނި ވަކި ގްރޫޕުތަކަށް ކުރިމަތިލެވޭގޮތަށް ކަމަށެވެ. ނަމަވެސް ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ އަދި ޝަރުތު ހަމަވާ ކޮންމެ ބަޔަކަށް ވެސް ކުރިމަތިލެވޭ ގޮތަށް އުސޫލު ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. ހައްޖާ ގުޅޭ ކަންކަން ރަނގަޅުވާނީ ގިނަ ބަޔަކަށް ފުރުސަތުދީގެންކަން އޭނާ ފާހަގަކުރެއްވި އެވެ.

ހައްޖަށް މީހުން ގެންދިއުމުގެ އަގު ކަނޑައަޅަނީ އެބަޔަކު ހައްޖަށް ގެންދާ ކުންފުންޏަކުންނެވެ. އިލްޔާސް ވިދާޅުވ އަންނަ އަހަރަށް ހައްޖަށް ގެންދިއުމުގެ ހުއްދައަށް ހުޅުވާލުމުގެ ކުރިން، ހައްޖު މިޝަނުން އަގާ ގުޅޭ ގޮތުން ދިރާސާކުރާނެ ކަމަށެވެ.

15 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 0%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާރިޔާ

13 May 2019

ކޮބާސިސިލްފަރު

The name is already taken The name is available. Register?

މާޒީ.

13 May 2019

ޓިކެޓަށް 15000 ރުފިޔާއެއް ނާރާނެ. ކޮން އޮޅުވާލުމެއް އޮޅުވާލާކަށް ތިޔަ އުޅެނީ.

The name is already taken The name is available. Register?

ކާފަބޭ2019

13 May 2019

ކޮންމެގުރޫޕަކަށްވެސް ފައިސާދައްކާއިރު ހުއްދަދީފަވާއަދަދަށް ގެންދަންޖެހެނީ ކުންފުނީނަމަށް ޗެކްޖަމާކޮށްފަ އެރަސީދާއެކުބާކީ ނަގުދުފައިސާ އެވެސްސިއްރުންއެއްވެސްމީހަކަށްނުފެންނަގޮތަށް ކިތަންމެސިއްރުންނެގިޔަސް ﷲއަށް ސިއްރު ކުރެވޭނެބާ؟

The name is already taken The name is available. Register?

59965

12 May 2019

69965 އަށް ތިކަން ކުރާކަށްވެސް ލާހިކެއް ނޫން. ޓިކެޓަށް 15000 މުތައްވިފަށް 15000 ވިސާ އަދި ސައޫދީ އަރަބިއްޔާގެ އެތެރޭގެ ދަތުރުފަތުރު ތަކަށް 5000 މައްކާ ހޮޓަލަށް (3 ތަރިވިޔަސް) 20000 މަދީނާ ހޮޓަލަށް 2 ދުވަހަށް 2000. މީ ބޮލަކަށް ދާނެ ވަރު އާއްމުކޮށް. އަދި ކޮބާ 30 ދުވަހުގެ ކެއުމާ ބުއިން. ލޮޖިސްޓިކް އަދި އެހީތެރިންގެ ޚަރަދުތައް؟؟ ޙައްޖު ކޯޕަރޭޝަންގެ އަގުތައްވެސް ބޮޑުކުރިޔަނުދެނީ އެކުންފުނި ހިންދެމިލައިފިއްޔާ ބޮޑުންގެ ގުރޫޕުތައް ހަލާކުވާނެތީ.

The name is already taken The name is available. Register?

ޔާމީން އިދްރީސް

12 May 2019

ކިހިނެތް މިވީ؟؟ ހަމައެއްބަޔަކަށްދޯ މިލިބެނީ. ބިޑް ވިންކުރަންވީމަ 60 ހާސް ލިބުނީމަ 130000 ރުފިޔާއަށް، މިހާރުވެސް މި އަގު 2 ގްރޫޕްއަކުން ކިޔާފި.

The name is already taken The name is available. Register?

އަހަންމަ

13 May 2019

އަވަހަށް ރިޕޯޓް ކޮއްލާ.. މައްސަލަ ބަލައިދޭނެ މިހާރު..

The name is already taken The name is available. Register?

މާޒީ.

12 May 2019

މިހާރު ކަނޑައަޅާފައިވާ އަގަށްވުރެ 25000 އިތުރަށް ނަގާ ގުރޫޕެއްވެސް މީގަ އެބަ ހިމެނޭ. ހައްޖުގެ މާތް އަޅުކަމަށް ގެންދިއުމުގައިވެސް މަކަރާއި ހީލަތް. ދެން ކޮންކަމެއް ރަނގަޅުވާނީ.

The name is already taken The name is available. Register?

އަލިފުބާ

12 May 2019

ތިޔަ ބުނާ އަދަދުތަކުގެ އިތުރަށް އެއްވެސް އެއްޗެއް ނުނަގާ ވޭތޯ ބަލަން އަހަރުމެން ތިބޭނީ ބަލަން.

The name is already taken The name is available. Register?

ހާޝިމްމޫސާ

12 May 2019

ބޮޑެތި މައްސަލަތަށް ހުރި ގުރޫޕުތަކަށް ކޯޓާ ދީފަ ހުރީމަ ވަރަށް ސުވާލު އެބަ އުފެދޭ! މިކަން ރަނގަޅަށްކުރާ އެތަކެއް ގުރޫޕުތަކެއް ހުއްޓަ ހައްޖުވެރިންނަށް އޮޅޮވާލާފަ ދެރަގޮތް ހަދާފަވާ ގުރޫޕުތަކަށް އަނެއްކާވެސް ހުއްދަ!

The name is already taken The name is available. Register?

އަހުމަދު687

12 May 2019

ސަރުކާރު ބަދުނާމުވާ ގޮތަށް ކޮރަޕްޓްް ޑީލަތަކަކުން، ބުލެކް ލިސްޓުވެފަ ހުރި ޖަމާޢަތްތަކަކަށް ހުދަދިނީމަ ދެން ލިބޭ ގެއްލުމުގެ ޒިންމާ އުފުލަންޖެހޭނީ އަނެއްކާވެސް ސަރުކާރުން!. މިދިޔަ ހައްޖުގަވެސް ހައްޖުވެރިން ތިބި ހޮޓާތަކަށް ފައިސާ ނުދައްކައިގެން އެތަންތަނުން ޝަކުވާކޮށްފަވާ ޖަމާޢަތްތަކަށް ވެސް މިޔޮތީ ހުއްދަދީފަ! އަދި ހައްޖުވެރިންނަށް އޮޅުވާލާ ހާލުގަޖެއްސި ޖަމާޢަތްތަކަށް ވެސް މިޔޮތީ ހުއްދަދީފަ! ޒީރޯ ޓޮލަރެން ޓު ކޮރަޕްޝަން، ކީހާ ޅެން ފަރިއްސަށް

The name is already taken The name is available. Register?

arumeen

12 May 2019

އަމިއްލަ ފަރުދަކު 59965.00ރ އަށް ހައްޖަށް ގެންގޮސްދޭނެ ކަަމަށް ދައުލަތުން މިވަނީ ގަބޫލް ކޮށްފައި ދެން ދައުލަތުގެ ހައްޖު ކުންފުނިން މިޔަށް ވުރެން އެތަށް ގުނައެއް ބޮޑުކޮށް ފައިސާނަގަނީ ކީއްވެބާ

The name is already taken The name is available. Register?

arumeen

12 May 2019

ބޭފުޅާ ދައުލަތާއި ސަރުކާރު ވަކިކުރެވޭތޯ ބެލުންރަނަގަޅު/ ދައުލަތަކީ އަހަރުމެން ރައްޔަތުން، ތިޔަ ވިޔާނުދާ އަމަލު ހިންގަނީ އިސްލާމިކު މިނިސްޓުރީ ތެރެއަށް ވަދަގެން އުލޭ ގުރޫޕެއް އެކަމާއި ދައުލަތް ޚަރާބުނުކުރޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454