ޔާމީނާއި ޖަމީލް ސަލާން ކުރައްވަނީ: ޕީޕީއެމްގެ އޮފީހުގައި އޮތް ތަރާވީހަކުން ދެ ބޭފުޅުން މިރޭ ވަނީ ބައްދަލުވެވަޑައިގެންފައި. --ފޮޓޯ/މިހާރު
16 މެއި 2019 - 00:34
ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްކައިރި ކުރައްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ތަރާވީހެއްގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ބައިވެރިވެވަޑައިގެންފި އެވެ.
ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޖަމީލް ޕީޕީއެމްގެ ހަފުލާއަކުން މި ފެނުނީ، ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތާ އެކު އިތުބާރު ނެތްކަމުގެ ވޯޓަކުން މަގާމުން ދުރު ކުރެއްވި މައްސަލައިގައި ހިތްހަމަޖެހިވަޑައިނުގެން، ޔާމިނާއި ޕީޕީއެމަށް ފާޑުވިދާޅުވަމުން ގެންދެވުމަށް ފަހު އެވެ.
ޔާމީން ވެރިކަން ކުރެއްވި ގޮތާއި އެމަނިކުފާނުގެ ސިޔާސަތުތަކާ ދެކޮޅަށް ނުކުންނަވައި، މަގާމުން ދުރު ކުރެއްވުމަށް ވެސް އޭރުގެ އިދިކޮޅު ފަރާތްތައް (މިހާރު ވެރިކަން ކުރާ ކޯލިޝަން)އާ ގުޅިވަޑައިގެން ޖަމީލް މަސައްކަތްޕުޅު ކުރެއްވި އެވެ. އެމަނިކުފާނުގެ ވިސްނުން ބަދަލުވެ، ޕީޕީއެމާ ގުޅިވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރެއްވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެ، ޕާޓީ ހަރުދަނާ ކުރަން ޖެހިފައި އޮތް ދަނޑިވަޅެއްގަ އެވެ.
ޖަމީލާއި ނިހާން އެކުގައި: ޖަމީލް ވަޑައިގަތީ ޕީޕީއެމްގެ އޮފީހުގައި އޮތް ތަރާވީހަކަށް.
މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާއި މިދިޔަ އެޕްރީލް މަހު ބޭއްވި އާންމު އިންތިޚާބުގައި ކުރިމަތިވި ނާކާމިޔާބީއާ އެކު، ޕީޕީއެމް މިހާރު ވެއްޓިފައި އޮތް "އަނދަވަޅުން" ސަލާމަތްކޮށްދޭން ތައްޔާރަށް ތިއްބެވިކަން ޖަމީލާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ޕީޕީއެމްގެ ރައީސް ޔާމީނަށް ހުށަހެޅުއްވި އެވެ. އެކަމާ ގުޅޭ ގޮތުން ޔާމީން ވަނީ ޕީޕީއެމްގެ ކައުންސިލްގައި މަޝްވަރާ ކުރައްވައިފަ އެވެ.
Kureege Naaibu Raees Dr @MJameelAhmed akee Siyaasee Gothun Varah Varugadha Beyfulheh. pic.twitter.com/wzb9jYWreU
— Ahmed Nihan (@ahmed_nihan) May 15, 2019
ޖަމީލްއާ އެކު ނެންގެވި ފޮޓޯއަކާ އެކު ނިހާން ކުރެއްވި ޓުވީޓް
ޖަމީލް މިރޭ ޕީޕީއެމް އޮފީހަށް މި ވަޑައިގަތީ، އެމަނިކުފާނު ޕީޕީއެމްގެ ލީޑަޝިޕާ ގުޅިވަޑައިގަތުމުގެ ރުހުން ކައުންސިލުން ދީފައި އޮއްވަ އެވެ.
އެ ތަރާވީހުގައި، ޔާމީނާ އެކު ޕީޕީއެމާއި ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ)ގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އެ ކޯލިޝަންގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި، ޖަމީލް ވަޑައިގަތީ ދައުވަތު ދެއްވުމުންނެވެ.
ޕީއެންސީގެ ނައިބު ރައީސް އަހްމަދު ނިހާން މިރޭ ވަނީ ޖަމީލާ އެކު ޕީޕީއެމްގެ އޮފީހުގައި ނެންގެވި ފޮޓޯއެއް ޓުވީޓް ކުރައްވައި އެމަނިކުފާނަށް ތައުރީފް ކުރައްވައިފަ އެވެ.
ނިހާން ވިދާޅުވި ގޮތުގައި ޖަމީލަކީ "ސިޔާސީ ގޮތުން ވަރަށް ވަރުގަދަ ބޭފުޅެކެ"ވެ.
ޖަމީލް ފޯނަށް ޖަވާބު ނުދެއްވާތީ، އެމަނިކުފާނު ބަހެއް މިރޭ ނުލިބުނެވެ. ޖަމީލް، ޕީޕީއެމާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ދައްކާ ވާހަކަތަކާ ގުޅޭ ގޮތުން މިހާތަނަށް މީޑިއާގައި އެމަނިކުފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
ޖަމީލް މިހާރު ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރެއްގެ ގޮތުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓުގައި ވިލިމާލެ ދާއިރާ އަށް ވާދަ ކުރެއްވި އެވެ. އެކަމަކު އެމަނިކުފާނަށް އެ ގޮނޑި ކާމިޔާބެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގިޓާ
19 May 2019
ޖަމީލަށް އިޙުތިރާމު ކުރިން އެކަމަކު ޔާމީނާއެކު ސިޔާސީ ކަންކަމުގައި އުޅޭން ފަށައިފިނަމަ ރުޅިވީ ޔާމީނުގެ ނަންވެސް ނުއިވުނިއްޔާ އަހަންނަށް ރަނގަޅި މީހަކާާ އެކު ސައިފޮދެއް ބުއިމަކީ ރަނގަޅުކަމެއް އެކަމަކު އަނިޔާވެރިއެއްގެ ދާވަނީގައި އެލިގަތުމަކީ ހަޑިކަމެްއް
ފޮނިކަލޯ
19 May 2019
ކަލޯ އަތިރިމަތީ ގައި އެބައޮތް ބަރަވެލި ގުރޫޕެއް އެގުރޫޕައް ވެސް އެބައުޅޭ ރައީސަކު ނުވެގެން އެގްރޫޕައްވެސް ޖޮއިން ކޮށްބަލަ
ބެރު
18 May 2019
ވަރައްވަރުގަދަ ވަރުގަދަކަމުން މީހުންބަލައިވެސްނުގަނޭ.
ލުތުފީ
18 May 2019
ސިޔާސީ ގޮތުން ވަރުގަދަ ކަމަށް ގަބޫލުކުރެވެނީ 2 މީހުން ވާދަކުރި ދެ ދާއިރާއިން ފޭލްވީމަ ކަމަށްތޯ!
ދޮންދީދީ
17 May 2019
ޖަމީލު ތި އުޅުއްވާ ގޮތުން އަހަރުމެން ފަޚުރުވެރިވާ ހާޖީބަންޑާރައިންގެ ދަރިކަލުން ކިލެގެފާނުގެ އާއިލާއަށް ވެސް ހުތުރު. ޖަމީލުވެސް އަދި އަހަރެންވެސް ނިސްބަތް ވަނީ އެއާއިލާއަށް.
ބޮޑުރިޔާ
17 May 2019
މަވެސް މިހާރު މީނާމަތިން ފޫހިވެއްޖެ ކޮންމެސް ތަނެއްގަހަރުލާނަމަދޯ އެތޯހެވީ މިތޯހެވީ
ރަށުމީހާ
17 May 2019
އަތްޗީޑި ލަދުކޮބައި
ހަސަންބެގެ
17 May 2019
ޢެއްވެސް ހަރުދަނާކަމެއް ނެތް ފޭލިވެފަ ހުރި މީހެއް. ޑރ ހަސަނުމެން ބަލާބަލަ ނަމޫނާ އަކަށް.ބަލާބަލަ!؟
ފުއްޕޭ
18 May 2019
ޑޮކްޓަރ ހަސަނަކީ ކޮސ
ނަސީދު
17 May 2019
މިހާރު އިގިއްޖެ ސޯލިހުގެ ބާރުކެޑެން މާގިނަދުވަހެެއް ނެތް އެޖެންޑާ 19 ގެވިލާގަނޑު ޥަރައް ގަދަވާނެކަން ހުރިހާމީހުންނައްވެސް އެބައިނގެ ނަސީދައްވެސް ލޮޓިއަޅާނެދުވަސް ކައިރިވެއްޖެ
ކައްޓެޅި
17 May 2019
ނައިބް ރައީސް ކަން ކޮށްފައި ކާތިބު ކަމަށް ފިއުމަކީ ރަގަޅު ކަމެއްތޯ. ސީދާ ރައީސް ކަމަށް ވަޑައިގަތުމަށް އަޅުގަނޑު ތާއީދު.