އެޑިއުކޭޝަންގެ ޑެޕިއުޓީގެ މަގާމަށް އައްޔަންކުރެއްވި އިހްސާން.-- ފޮޓޯ: ރައީސް އޮފީސް
16 މެއި 2019 - 14:22
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެޑިއުކޭޝަންގެ ނައިބުގެ މަގާމަށް މ. ދިއްގަރު، ޕްރޭމްނަގަރު، މުހައްމަދު އިހުސާން ހަމަޖައްސާފައިވާ ކަމަށެވެ. އެ މަގާމަށް އައްޔަންކުރުމާ ހަމައަށް އޭނާ ހުންނެވީ މަޖީދިއްޔާ ސްކޫލުގެ ހިސާބު ޓީޗަރަކަށެވެ.
އޭނާ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަ އެޑިއުކޭޝަނުން މިޑްލް ސްކޫލު ޓީޗިން އިން ޑިޕްލޮމާ ހާސިލްކުރައްވައިފަ އެވެ.
އިހްސާނާއެކު އެޑިއުކޭޝަންގައި މިހާރު ތިއްބަވާނީ ޑެޕިއުޓީ ދެ މިނިސްޓަރުންނެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 30،500ރ. އެވެ. އެއީ 18،000ރ. ގެ މުސާރަ އާއި 12،500ރ. ގެ އެލަވަންސެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިހަލް
17 May 2019
މިސަރުކާރުގެ މަތިބަރު ވާހަކައާ ސިއްހީ ދާއިރާ ދަށަށް ދިޔަ ވާހަކަ ނޫސްތަކުގަ ނުލިޔާނެ ސަރުކާރަށް ސަނާތައްކިޔާ އޮއްސާލާ
ޔާމިނު
17 May 2019
އެޑިޔުކޭޝަނެއް ވާ ނެތް. ވަރަށް ވަރުގަދަ ސްޕްރިންޑެންޓުން އެބަ ގެނޭ. އޭގެ 3 ގޮލާ އެބަ އާދޭ. ޖަޕާންގެ ފަހުގެ އުފެއްދުމެއް އެއީ. އޮބި ނޯންނާނެ ދެން. ހެހޭ ހެ ހެ ހޭ
ހުއްތުބޭ
18 May 2019
އާ ތިއީ ވަރަށް ގަދަ ބައެއް ކަމަށްވަނީ. މުޅިންވެސް އަގައިން ހިފަހައްޓާލާ ބައެއް ތިއީ. ތީގެ ތެރޭގައި ތިބިކަމަށްވަނީ އާދައާ ޚިލާފު ކަންކަން ކޮށްފައި ތިބި މީހުންވެސް. އަނެއްކާ އެމީހުންނަށް ތިޔަ މަގާމު ދިނީވެސް ހަމަ ތަބަކަށްލާފަ ކަމަށްވަނީ. މަގާމަށް ކުރިމަތި ލެއްވުވީވެސް އާދޭސް ކޮށްގެން ކަމަށްވަނީ. އެހާވެސް އެމީހުން މުހިއްމު. އެހެންވެ ބައެއް މީހުން ކަޓުވާލަންވެސް ޖެހުނޯ
ބޮޑުމީހާ
17 May 2019
އެންމެ މަތީގެ ސިވިލްސާރވިސް މީހާއަށްވެސް އޯޓީއާއި ހުރިހާ އެއްޗެއް އެއްކޮށްލީމަ ޖެހެނީ 15000 ރުފިޔާ. ސިޔާސީ މީހުންނަށް ލިވިިންގް އެލަވެންސަށް ސިވިލްސާރވަންޓްގެ މުސާރައާއި އެއްވަރުގެ އަދަދެއް. ސިޔާސީމީހުން އެކަނިތަ ދިރިއުޅެންޖެހެނީ.
މާޒީ.
16 May 2019
ޕާޓީގެ ޙަރަކާތްތަކުން ނުވެސް ފެންނަ މީސްމީހުންނަށް މިފަދަ މަގާމުތައް ދިނީމަ، މިހާރު ޕާޓީގެ ޙަރަކާތް ތަކުގައި އުޅޭހިތްވެސް މުޅިން ކެނޑިއްޖެ.
މާޒީ
18 May 2019
ޕާޓީއަށް ޚިދުމަތް ކުރާތީ ދޯ އެކަހަލަ މަގާމު ދޭނީ. އެހެންނަމަ މަށާ ތީނައާވެސް މިތިބީތާ މަގާމެއް ނުދޭނު
ބޮޑުގޮހޮޑާ
16 May 2019
މިކަހަލަ ކަންތައް ކުރާތީއޭ ކަޑައޭ ބުނެވެނީ. މީގެކުރިން ސިވިލް ސަރވިސްގައި ހުރި މީހަކަށް ނާއިބު ފެންވަރު މަގާމެއް ލިބޭނީ ހާދަ ރަގަޅަށް ސިޔާސީ ކަންކަމުން އެއްކިބާވެގެން ސިވިލް ސަރވިސްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރީމަތާ ދޯ
ޖަހަބެނަޑަރު
16 May 2019
ސާބަށް ސާބަސް . އަދިވެސް އިތުރުކުރޭ.
މުރާސިލް
16 May 2019
ކިހާ ސަޅީ ހެއްޔެވެ؟ ޕީއެޗްޑީ ހޯލްޑަރުންނާއި މަސްޓަރސް އަދި ޑިގްރީ ހޯލްޑަރުން ވަޒީފާ ނުލިބިފައެވެ. އެކަމް އެޑިއުކޭޝަން މިނިސްޓަރ ގެ ނައިބުކަން ޑިޕްލޮމާ އޮތް ހިސާބު ޓީޗަރަށެވެ. މީ މިސަރުކާރުގެ ފެންވަރެވެ. މިފެންރުގެ މީހުން ކުންފުނިތަކުގެ ވެރިނަށްވެސް ލައިގެން ހިންގީމާ އެކުންފުނިތައްވެސް މިދަނީ އޮޔާއެވެ. މިހާރު މިދަނީ ހުރިހާ ކުންފުނިތަކާއި ސަރުކާރުގެ އޮފީސްތައް އެޖެންޑާ 19ގެ ދަށުންޖަޒީރާވަމުންނެވެ.
މުހައްމަދު.
16 May 2019
ފޭސްބުކުގަ ކޮމެންޓްކޮށް ޕޯސްޓް ޝެއާކޮށްގެން ތިމަގާމު ލިބޭ ކެޓެގަރީގައި އަދި އެބަހުރި އެކަކު ތި ނުލިބިފައި، ދެން އޭނަގެ ނަންވެސް ރައީސަށް އަންގާލާތި.
ސޫމޯ
16 May 2019
އަސަރެއް ކޮއްފިދޯ..
މީހާެެެަ
16 May 2019
މީ އަލުގަނޑު ކިޔެވީރު ހުރި މެކްސް ޓީޗަރު. ވަރަައް ރަނގަލު ޓީޗަރެށް. އުފާވެ ކުރިއަރާތަން ފެންނާތީ.
ނެޑް
16 May 2019
ޓީޗަރު ކިހައި ރަނގަޅުވީމައި ކަލޭ މެކްސް ތިޔަ ކިޔަނީ!!
މުރާދުސާމިރު
16 May 2019
ސްޓޭޓް މިނިސްޓަރުގެ ބެސްޓް ފުރެންޑް މި ލީ ޑެޕިއުޓިީ މިނިސްޓަރަށް
Richardson
16 May 2019
ކޮން ސްޓޭޓް މިނިސްޓާރ އެއް؟ ދެން އެހެން ނޫނަސް ކޮންޕާޓިއެއްގެ ސްލޮޓްގަތޯ އެނގެންވާނެ. މިހާރު ކުދިން ކުޑަކޮށް ހާވާލަބަލަ.