ހައިކޯޓްގެ ފަނޑިޔާރު ހަސަން އަލީގެ ކާރަށް ބަޔަކު ގެއްލުން ދީފައި
16 މެއި 2019 - 22:36
ހައިކޯޓްގެ ފަނޑިޔާރު ހަސަން އަލީގެ ކާރުކޮޅުގެ ބިއްލޫރިތައް ތަޅާލައި މިއަދު ގެއްލުން ދީފި އެވެ.
އެނގިފައިވާ ގޮތުގައި ހަސަން އަލީގެ ކާރުކޮޅަށް ގެއްލުން ދިނީ ހުޅުމާލޭ ފްލެޓެއްގެ ފުރަގަހުގައި ޕާކްކޮށްފައި އޮއްވަ އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފްލެޓެއްގެ ފުރަގަހުގައި ޕާކްކޮށްފައި އޮތް ކާރަކަށް ގެއްލުން ދިން ކަމުގެ ރިޕޯޓެއް އިރު އޮއްސި 6:15 ގައި ލިބިފައިވާ ކަމަށެވެ. ނަމަވެސް ގެއްލުން ދީފައި ވަނީ ކާކުގެ ކާރަކަށް ކަމެެއް ފުލުހުން ނުބުނެ އެވެ.
ކާރުގެ ބިއްލޫރިތައް ތަޅާލާފައި
"ޕްރައިވެޓް ކާރެއް އެއީ. ދެން ވެރިފަރާތުގެ މައުލޫމާތު އަޅުގަނޑުމެންނަށް ހާމަ ކުރެވޭކަށް ނެތް،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ކާރުގެ ބިއްލޫރިގަނޑު ތަޅާލާފައި
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކާރުގެ ކުރި އާއި ފަހަތުގެ ބިއްލޫރިތައް ވެސް ވަނީ ތަޅާލައިފަ އެވެ.
ފުލުހުން ބުނި ގޮތުގައި ކާރަށް ގެއްލުން ދިން މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިބުރާހިމް ޝުޖާއު
18 May 2019
މީގެ ހަމަޖެހުނީސް ރިޕޯރޓު ގެނެސްދިން އިރު ފަނޑިޔާރަކު ދުއްވާ ކާރެއް އަދި އެފަބޑިޔާރު ވަޒީފާ އަދާކުރަނީ ދިވެހިރާއްޖޭގެ ހައިކޯޓު މިގޮތަށް މިޚަބަރު ގެނައިނަމަ ހައިކޯޓު އޭގެ ޒާތުގައި ހައިލައިޓު ކުރާތަން ނުފެނުނީސް.. ހައިކޯޓަކީ އެތާ ވަޒީފާ އަދާކުރާބައެއްގެ އައިޑެންޓިޓީއެއްނޫން. އެއީ ދައުލަތުގެ މުއައްސަސާއެއް.
ކެނެޑީ
18 May 2019
ކާރު ހަލާކުކުރި މީހާ ހުރީ ރޯދައަށްބާ... ނޫނީ ރޯދަކުރުކޮށްލީބާ. ކޮބާ ސީސީޓީވީ ފުޓޭޖް؟
ހުސެެން
17 May 2019
ތީވަރައް ދެރަ ކަމެއް ރުޅިއަޔަސް މުދަލައް ގެއްލުން ދީގެން ނުވާނެ.. ކާރު ތަކަކީ ވަރައް އަގުބޮޑުކޮއް ގަނެފަ މަގުމަތީ ބާއްވަން މަޖުބޫރު ވެފައި ވާ މުދާގަޑެއް... ތިކަން ކުރި މީހެއްގެ މުދަލަކައް ގެލުން ދިނީމަ ވާ ދެރަ އިގޭނީ
ޝަހީދު
17 May 2019
އަލްއުސްތާޛު ޙަސަން ޢަލީ އަކީ ހިތްތިރި ޚުލްޤު ހެޔޮ ރިވެރިތި އަޚްލާގެއްގެ ވެރިއެއްކަން އެބޭފުޅާ ދަންނަ ކޮންމެ މީހަކަށް އެނގޭނެއެވެ. ތިޔަ ކާރަށް ގެއްލުން ދިން ބަޔަކު އެފައްޓަނީ ފަނޑިޔާރުންނަށް ބިރު ދައްކައި ކޯޓުތަކަށް ނުފޫޒު ފޯރުވުމުގެ މަސައްކަތެވެ. ޙަސަންގެ ކާރުކޮޅަށް ގެއްލުން ދިން ފަރާތްތައް މިހާރުން މިހާރަށް ހޯއްދަވައި ދެއްވުމަށް ފުލުހުންނަށް ގޮވާލަމެވެ.
ޒުވާނާ.
17 May 2019
ތަހުގީގު ކުރަނިއްޔޭ ދޮގުނުހަދައްޗޭ ރޯދަޔައްތިބެގެން މިރާއްޖޭގަ އެތައްހާސް ބަންގާޅިން ފިލައިގެން އެއުޅެނީ ފުލުހުންނާދިމާލައް ބޭނުން އެއްޗެއް ބުނެލާފަ ކޮބާ ތަހުގީގު ކަމެއްވާބަޔަކު ކުރާނަމެކޭ ނުބުނާނެ
ޥަފާ
17 May 2019
ބިދޭސީންގެ ކަންކަންބަލަނީ އިމިގްރޭޝަންއިން
ބަބުރަންޖީ ހާޖީ
17 May 2019
ސައުތުއެފްރިކާގައި ގަންނަސަކަރާތް މިތާނުގަންނާށެވެ.
އަބުލޯ ދީދީ
16 May 2019
ޢަމިއްލަ ފައިސާ އިން ގަނެފައިވާ ކާރެއް ނަމަ އެބަޔަކު ތި ކުރި ކަމަކުން އެބޭފުޅާ ވަރަށް ދެރަ ވާނެއެވެ.ކޮންމެ ގޮތެއް ވިޔަސް ތިކުރީ ދަށް ފެން ވަރުގެ ޢަމަލެކެވެ.