ލޮޓަސް އިން މި ޕްރޮމޯޝަން ކުރިއަށްދަނީ ރޯދަ މަހުގެ ނިޔަލަށް--ފޮޓޯ:ލިޓަސް
18 މެއި 2019 - 16:14
މި ރޯދަ މަހަށް ޚާއްސަކޮށްގެން ލޮޓަސް އިން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ސައިކަލުތަަކަށް ހާއްސަކޮށްގެން ހިންގާ މި ޕްރޮމޯޝަންގެ ދަށުން 1،500ރ. އާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. މި ރޯދަ މަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށް ގެންދާނެ އެވެ.
މި ހާއްސަ ޕްރޮމޯޝަންގެ ދަށުން ވަރަށް ހެޔޮ އަގެއްގައި ސައިކަލްތައް ލިބޭނެ ކަމަށް ލޮޓަސް އިން ބުނެ އެވެ.
ލޮޓަސް އިން އަންނަނީ ރާއްޖޭގައި އެންމެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ސައިކަލްތައް ވިއްކަމުންނެވެ. އަދި އެހެން ހުރިހާ އެންމެނަށް ވުރެ އެތަނުން ވިއްކާ ސައިކަލްތަކުގެ އަގު ހެޔޮވާނެ ކަމަށް ލޮޓަސް އިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަމެއްގަ ޑިސްކައުންޓް
18 May 2019
50000/- އަަށް ވުރެ އަގުބޮޑުކޮށް ވިއްކާ ސައިކަލަކުން 1500/- އާއި ހަމައަށް ޑިސްކައުން ދިނުމުން އަގު ހެޔޮވިހެން ހީވެސް ނުވޭ.. 4000/- ނުވަތަ 5000/- ނަމަވެސް ރަނގަޅުތާ