އާލިއާ
20 މެއި 2019 - 08:41
ވިއްސަކަށް އަހަރު ފަހުން މަހޭޝް ބަޓް އަލުން ޑައިރެކްޝަނަށް އަންނަ ފިލްމު "ސަޅަކް 2" ގެ ޝޫޓިން ހޮނިހިރު ދުވަހު ފަށައިފި އެވެ.
ފިލްމުގެ އެއް ބަތަލާ އަދި މަހޭޝްގެ ހަގު އަންހެން ދަރިފުޅު އާލިއާ ބަޓް ވަނީ ފިލްމުގެ ސެޓުން ނެގި ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށް، އޭގެ ޝޫޓިން ފެށިކަން ކަށަވަރުކޮށްދީފަ އެވެ. "ސަޅަކް 2" އަކީ މަހޭޝް 1991 ގައި ދޮށީ އަންހެން ދަރިފުޅު ޕޫޖާ ބަޓާއި ސަންޖޭ ދަތާ އެކު ގެނެސް ދިން ފިލްމުގެ ދެވަނަ އެވެ.
އެ ފިލްމު ރިލީޒް ކުރިތާ 28 އަހަރު ފަހުން ހަދާ ފިލްމުގެ ދެވަނަ ބައިން ވެސް ޕޫޖާ އާއި ސަންޖޭ ފެންނާނެ އެވެ. އަދި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޒުވާން އެކްޓަރު އަދިތިޔާ ރޯއި ކަޕޫރް ވެސް ހިމެނެ އެވެ.
"ސަޅަކް 2" ގެ ވިލަންއަކީ މަކްރަންދު ދޭޝްޕާންޑޭ އެވެ.
މި ފިލްމު ރިލީޒް ކުރަން ނިންމާފައި ވަނީ އަންނަ އަހަރުގެ މާޗް 25 ގަ އެވެ. "ސަޅަކް 2" އަކީ އާލިއާ މިހާތަނަށް އޭނާގެ އާއިލީ ފިލްމު ކުންފުންޏަށް ކުޅޭ ފުރަތަމަ ފިލްމު ވެސް މެ އެވެ.
ޑައިރެކްޓަރު އަނޫރާގް ބާސޫ މިހާރު ހަދަމުން އަންނަ އާ އެންތޮލޮޖީ ފިލްމުގެ ނަމަކީ "ލޫޑޯ" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
प्यार से बुलाओगे तो पलट भी जायेंगे। बहुत जल्द। anurag basu's next. @RajkummarRao #AnuragBasu pic.twitter.com/G9ApycPm7Q
— fatima sana shaikh (@fattysanashaikh) January 17, 2019
ނަމަވެސް ޓީ ސީރީޒުން ޕްރޮޑިއުސް ކުރާ ފިލްމުގެ ޓީމުން އަދި އެކަން ކަށަވަރެއް ނުކޮށްދެ އެވެ. މިހާރު ގާތްގަނޑަކަށް ޝޫޓިން ނިމުމަކަށް އައިސްފައިވާ މި ފިލްމުގެ ތަރިންނަކީ ރާޖްކުމާރު ރާއޯ، ފާތިމާ ސަނާ ޝެއިހް، އަދިތިޔާ ރޯއި ކަޕޫރް، ސާނިޔާ މަލްއުތުރާ އަދި އަބީޝެކް ބައްޗަން އެވެ.
ކުރިން އަންނަ ސެޕްޓެމްބަރުގައި ރިލީޒް ކުރަން ނިންމި ފިލްމު މިހާރު ތާވަލުކޮށްފައި ވަނީ ޖެނުއަރީ، 24، 2020 އަށެވެ.
އަނޫރާގް މީގެ ކުރިން ވެސް ވަރަށް ކާމިޔާބު އެންތޮލޮޖީ ފިލްމެއް ގެނެސް ދިނެވެ. އެއީ 2007 ގެ "ލައިފް އިން އަ...މެޓްރޯ" އެވެ. އޭނާ އެންމެ ފަހުން ގެނެސް ދިން ފިލްމަކީ 2016 ގެ "ޖައްގާ ޖާސޫސް" އެވެ.
ފްރާންސްގައި މިހާރު ކުރިއަށްދާ ކާންސް ފިލްމު ފެސްޓިވަލްގެ އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ހީނާ ހާންގެ އަލަތު ބޮލީވުޑް ފިލްމު "ލައިންސް" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.
Team #Lines unveils the first poster of their film at #CannesFilmFestival2019. Film stars @eyehinakhan #RishiBhutani and #FaridaJalal. #HussainKhan, #TariqKhan #ZebaSajid #ShaktiSingh @Rahatkazmifilms #Cannes2019 #CannesFilmFestival pic.twitter.com/JhnSHzsUag
— salil arunkumar sand (@isalilsand) May 17, 2019
އެ ފިލްމުގެ ޓީމުން ވަނީ ޕްރެސް ކޮންފަރެންސެއްގެ ތެރޭގައި ފިލްމާ ބެހޭ ބައެއް ތަފުސީލުތައް ވެސް ހިއްސާކޮށްފަ އެވެ. "ލައިންސް" ގައި ކިޔައި ދޭނީ ކަޝްމީރުގެ ސްރީނަގަރުގައި ދިރިއުޅޭ އާއިލާއެއްގެ ވާހަކަ އެވެ. ހުސައިން ހާން ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ފަރީދާ ޖަލާލު އަދި ރިޝީ ބުޓާނީ ވެސް ހިމެނެ އެވެ.
މި ފިލްމުން ހީނާ ބޮލީވުޑަށް ނުކުންނަ އިރު، އޭނާ ކާންސަށް ފުރައިގެން ދިޔައީ ސްޓާ ޕްލަސް އިން މިހާރު ދައްކާ ސިލްސިލާ "ކަސޯޓީ" ގެ ކޮމަލިކާގެ ރޯލަށް ވެސް އަލްވަދާއު ކިޔައިފަ އެވެ. ހީނާ އަށް ވަނީ ޑައިރެކްޓަރު ވިކްރަމް ބަޓްގެ ފިލްމަކުން ވެސް ފުރުސަތު ލިބިފަ އެވެ.
"ލައިންސް" ރިލީޒް ކުރާނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
ކުރިން މި މަހުގެ ތެރޭގައި ޝޫޓިން ފަށަން ނިންމި ކަބީރު ހާންގެ ކްރިކެޓް ފިލްމު "83" ގެ ޝޫޓިން އަންނަ މަހަށް ފަސްކޮށްފި އެވެ.
ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ފިލްމުގެ ޝޫޓިން ފަށާާނީ އަންނަ މަހުގެ 5 ގައި އިނގިރޭސވިލާތުގެ ގްލަސްގޯއިންނެވެ. "83 އަކީ އެ ގައުމުގައި 1983 ގައި ބޭއްވި ކްރިކެޓް ވޯލްޑް ކަޕް އިންޑިއާ އިން ކާމިޔާބު ކުރި ހާދިސާ އަށް ހަދާ ފިލްމަކަށްވާތީ ފިލްމުގެ އެންމެ މުހިއްމު މަންޒަރުތައް ނަގާނީ ވެސް އެ އިނގިރޭސިވިލާތުގަ އެވެ.
މި ފިލްމުގެ އެންމެ މުހިއްމު ތަރިއަކީ ރަންވީރު ސިންގެވެ. އޭނާ ފެނިގެން ދާނީ 83 ގެ ޓީމްގައި ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލުންނެވެ. އަދި ފިލްމު ގިނަ އެކްޓަރުންތަކެއް ވެސް އެކިއެކި ކްރިކެޓް ތަރިންގެ ރޯލުތަކުން ފެނިގެން ދާނެ އެވެ.
ސަލްމާން ހާންގެ 2017 ގެ "ޓިއުބްލައިޓް" އަށް ފަހު، ކަބީރު ގެނެސްދޭ "83" ރިލީޒް ކުރާނީ އެޕްރީލް، 10، 2020 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy