ފުލުހުން ވެހިކަލްތަކެއްގައި ސްޓިކާ ޖަހަނީ. ގަވައިދާ ހިލާފަށް ޕާކް ކުރި ވެހިކަލްތަކުގައި މިދިޔަ ހަފްތާގައި 800 އަށް ވުރެ ގިނަ ސްޓިކާ ޖެހި.--ފޮޓޯ/މިހާރު
19 މެއި 2019 - 11:42
ގަވައިދާ ހިލާފަށް ޕާކް ކުރި ވެހިކަލްތަކުގައި މިދިޔަ ހަފުތާގައި 800 އަށް ވުރެ ގިނަ ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން އާންމުކުރި މިދިޔަ ހަފުތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން މިދިޔަ ހުކުރު ދުވަހާ ހަމައަށް ގަވައިދާ ހިލާފަށް ޕާކްކޮށްގެން 814 ސްޓިކާ ޖެހި އެވެ. ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި ގަވައިދާ ހިލާފުވެގެން ޖެހީ 776 ސްޓިކާ އެވެ.
ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ހަފުތާގައި މާލޭގައި 54 އެކްސިޑެންޓެއް ހިނގައި 20 މީހަކަށް އަނިޔާވި އެވެ. އަދި އެކި މައްސަލަތަކުގައި 12 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވެ އެވެ.
ފުލުހުން އާންމުކުރި މިދިޔަ ހަފުުތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މާލެ އިން 502 އުޅަނދެއް ބަލައި ފާސްކުރި އިރު، ގިނަ އިން ހުރީ ޓްރެފިކް ގަވައިދާ ހިލާފުވެގެން ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން ހަތަރު ފުރޮޅުލީ 12 ވެހިކަލާއި 16 ސައިކަލެއް ވަނީ ޓޯކޮށްފަ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި އެންމެ ގިނައިން ފާހަގަވީ ލައިސަންސް ނެތި ދުއްވުމުގެ މައްސަލަތަކެވެ. އެގޮތުން ލައިސަންސް ނެތި ދުއްވުމުގެ 89 މައްސަލައެއް ފާހަގަވި އިރު، އަތުގައި ލައިސަންސް ކާޑު ނެތި ދުއްވުމުގެ 47 މައްސަލައެއް ފުލުހުންނަށް ފާހަގަވި އެވެ.
މީގެއިތުރުން އަހަރީ ފީ ނުދައްކާ 25 މައްސަލައެއް، ރޯޑްވާދިނަސް ނަހަދާ ދުއްވުމުގެ 19 މައްސަލައަކާއި އިންޝުއަރެންސް ނެތި ދުއްވުމުގެ 29 މައްސަލައެއް ފާހަގަވި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އަދި ބާރަށް ދުއްވައިގެން 13 މައްސަލައެއް ފާހަގަވި ކަމަށް ހިސާބުތަކުން ދައްކަ އެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުގައި 18 އަހަރުން ދަށުގެ ކުޑަކުދިން ވެހިކަލް ދުއްވުމާއި ޓްރެފިކް ލައިޓްތަކަށް އިހްތިރާމް ނުކުރުމުގެ މައްސަލަތަކާއި ހެލްމެޓް ނާޅައި ދުއްވުމާއި ފޯނު ނުވަތަ ހެޑް ސެޓް ޖަހައިގެން ދުއްވުމާއި ގަވާއިދަ ހިލާފަށް އުޅަނދުތަކުގައި މުދާ އުފުލުމުގެ މައްސަލަތަކާއި ދުންފަތުގެ އިސްތިއުމާލު ކުރަމުން ދުއްވުމުގެ ބައެއް މައްސަލަތައް ވެސް މިދިޔަ ހަފުތާގައި އެބަހުއްޓެވެ.
ގަވައިދާ ހިލާފަށް ޕާކްކޮށްގެން ގިނަ އަދަދެއްގެ ސްޓިކާ ޖަހަމުން އަންނަ އިރު، ޕާކްކުރާނެ ތަނެއް ހޯދައި ނުދީ، ވެހިކަލްތަކުގައި ފުލުހުން ސްޓިކާ ޖަހަމުން އަންނާތީ އާންމުން ފާޑުކިޔަ އެވެ. ގަވައިދާ ހިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ވަޔަލޭޝަން ސްޓިކާ ޖެހުން މި ސަރުކާރުން ދުވަސްކޮޅަކަށް ހުއްޓާލި އެވެ.
ސްޓިކާ ޖެހުން ހުއްޓާލުމާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ހަމައެއްލަމައެއް ނެތި ޕާކްކުރުން އާންމުވެ، އެތައް ބަޔަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވި އެވެ. ސްޓިކާ ޖެހުމުގެ ބަދަލުގައި މި ސަރުކާރުން މީހުންނަށް ދަތިވާ ގޮތަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ވެސް ކުރި އެވެ. އެކަމަކު، އެކަމުން މާ ބޮޑު ހައްލެއް އައި ތަނެއް ނުފެނުމާ ގުޅިގެން ފުލުހުން ސްޓިކާ ޖަހަން ފެށީ މިދިޔަ ފެބްރުއަރީ މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުފެނިފަ
19 May 2019
ސަރުކާރަށް އާމްދަނީ ހޯދަން މިހާތަނަށް ހިންގި އެންމެ ބިޔަ ބޮޑު މަޝްރޫޢު...ސްޓިކަރޖެހުން
އަލްމާ
19 May 2019
ޝުކުރިއްޔާ ރައީސް ނަޝީދު
ރައްޔަތެއް
19 May 2019
އެއްވެސް ހަމައެއް އިންސާފެއްނެތި މަގުފޭރޭމީހުން ރައްޔަތުން ފޭރެމުން ތިދަނީ މިނޫންދުވަހެއް ނާންނާނެ ކަމަށްހިތާދޯ. އިރާދަކުރެއްވިއްޔާ އިސާހިތަކު ތިޔަވެރިކަންވެއްޓި ރައްޔަތުން މަގުފޭރޭމީހުން އަތްދަށުން ސަލާމަތްވާނެ. އާމީން.
އަންްނި
19 May 2019
ޕާރކްކުރާނެ ތަން ނުދައްކާ ސްޓިކާ ޖަހާ ނަގަނީ. ފެއިލްވި ވައުދުނާމާ
މަޑުލިސް
19 May 2019
ރައީސް ގެވާހަކައެއް އެއީނުގަވައިދުތައް ބޭނުންކުރަންލިބޭ "ލައިސެންސެއް"ނޫން... "ސްޓިކާޖަހާނީ ޕާކިންދައްކާފަ" ކަމަށްބުނީމަ އޭގެމާނައަކީ ތިމާހިތުހުރި ގޮތަކަށްޕާކުރަންލިބޭފުރުސަތެއްނޫން! މަގު އަދި ގޯޅި ކަންކަންމަތި، ޒިބުރާކުރޮސް، ސުކޫލުތަކުގެ ދޮރުމަތި، ދުވާރުމަތީ ޕާކުކުރުން... އަދިވެސް އަދިވެސް.. މިހުރިހަކަމަކަށްވެސް ޕޮލިހުން އާޅާނުލާދޫކުރަންވީ؟؟؟ މަދުބަޔަކައްޓަކާ ؟ 30000 އަށްވުރެން މަތީ އަދަދަކަށް ވެހިކަލް މާލޭގައި އުޅޭއިރު 1000 މީހުން އިސްލާހުވޭ!
ސަނީީ
19 May 2019
އެކަން އެނގިހުރެ ވައުދުވީ ކީއްވެ؟ ނުގަވާއިދުން ޕާކްކުރުމަކީ އޯކޭ ކަމެއް ކަމަށް ސިފަވާގޮތަށް ވާހަކަ ދެއްކީ ކީއްވެ؟ ބޮލުގައި ތެތްކަމެއް ނެތީއޭ ހަމަ
ފީހޖ
19 May 2019
މަގުތަކަކީ ގަރާޖެއްނޫން. ދިތުއުޅެނީ ތިމާ އެކަންޏެއްވެސްނޫން. ހިތުހުރިގޮތަކަށް ޕާކުކުރާކަށް. ބޮޑެތި މަގުތަކުގައި ޕާކްނުކުރެވޭގޮތްހަދާފަ މިނީބަސްތައް ތައާރަފުކުރޭ. އަދި މިބަސްތަކުގައި ވިސާނެތި އަދި ޕާސްޕޯޓްނެތި އުޅޭބިދޭސީން ދަތުރުނުކުރެވޭގޮތްހަދާ. ސުވާލަކީ ޕާސްޕޯޓްނެތި ވިސާނެތި އުޅޭމީހުންނަށް ލައިސަންސް ލިބެނީ ކިހިނެއްހޭ.
ެރަދީފުގެ ކުމާރު
19 May 2019
މިމީހުން ބުނާއެއްޗެއް އިދިކޮޅަށް މިޖެހެނީ ހުރިހާއެއްޗެއް ނަގަން. ބޯހަލާކު. ސޯލިހުވީމާ ވަރަށް ސޯލިހުވާނެކަމަށް މަ ހީކުރީ.
ރަދީފް
19 May 2019
ޖަހާފަ ބަހައްޓާތި.މިވެސް ގައުމެއްގެ އިކޮނޮމީ ވަރުގަދަކުރަން ރެވެނިއު ޖެނެރޭޓްކުރަން ފައްކާ މެތަޑެއް.ސްޓިކާ ޖަހަން މަވެސް ވަރަށް ތާއީދުކުރަން ގޯޅި އަދި މަގުތަކުގެ ކަންމަތީގަ ޕާކްކޮށްފަ ހުންނަ އުޅަނދުތަކުގަ.ހުކުރު މިސްކިތުގެ ހުޅަނގުން އޮންނަ މަގުގަ ސައިކލް ޒޯންގަ 4 ފުރޮޅުލީ ވެހިކަލް ޕާކްކުރާއިރު ފުލުހުންނަށް ފެނޭތަ؟؟!! މީގަވެސް ސްޓިކާ ޖަހާބަލަ ، ޖަހާބަލަ.ވ.ވެދުން
އަހުމަދު ހަސަން
19 May 2019
ޖޫރިމަނާކުރުމަކީ ހައްލެެއް ނޫން. ޙައްލުކޮށްދެން އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނޭ!
ހާސަރު
19 May 2019
މަގުގެ ދެފަރާތުގައި ޕާރކްކުރުން މަނާކޮށްފާވާއިރުވެސް އެއްކޮޅަށް ދުއްވާ ފުޅާމަގެއްނަމަ އެއޮންނަނީ ދެފަރާތް ފުރާލާފަ! ހިގާލެވެންނެތް ދުއްވާލެވެންނެތް! މަގުތައްމިއީ ގަރާޖްތަކެއްތަ!؟ ހަތަރު ފުރޮޅުލީ އެއްޗެއް ރަޖިސްޓްރީ ކުރެވެނީ ގަރާޖެއް އޮވެގެން ކަމަށްވާނަމަ ކީއްވެތަ އެތަނަށް ވައްދާފަ ނުބާއްވަނީ!؟ ހައްލަކީ ނުގަވައިދުން ޕާރކް ކުރީމަ ފުރޮޅު ތަޅުލުން ފައިސާދެއްކީމަ ތަޅުހުޅުވުން މިހެން ހަދަން ފަށާއިރަށް ކޮންމެވެސް ހައްލެއް ހައްނާނެ.