ދިރާގުން ބައިސްކޯފާ ގުޅިގެން މަދަހަ އަލްބަމް ނެރުމަށް ބޭއްވި ޕްރެސް ކޮންފްރެންސްގައި އެއާ ބެހޭ މައުލޫމާތު ދެނީ. --ފޮޓޯ:މިހާރު
19 މެއި 2019 - 11:47
ޑިޖިޓަލް ކޮންޓެންޓް ސްޓްރީމްކުރާ އެޕްލިކޭޝަން، ބައިސްކޯފާ ގުޅިގެން ދިރާގުން މަދަހަ އަލްބަމެއް ނެރެފި އެވެ.
ދިރާގު ހެޑް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ދިރާގުގެ ޕްރޮޑަކްޓް ޑިވެލޮޕްމެންޓް އެންޑް އިނޮވޭޝަންގެ މެނޭޖަރު މުހައްމަދު ފާހިރު ވިދާޅުވީ ބައިކޯފަކީ ދިވެހި އެންޓެޓައިންމެންޓް ކޮންޓެންޓް އެންމެ ގިނައިން ލިބޭ ޕްލެޓްފޯމަށް ވާއިރު މި ހިދުމަތްތައް ދިރާގު ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ގެނެސްދެވޭނެ ކަމަށެވެ.
ބައިސްކޯފުގެ ކްރިއޭޓިވް ޑިރެކްޓަރު އަބްދުﷲ ހާފިޒު ވިދާޅުވީ، މިއަދު ނެރޭ މަދަހަ އަލްބަމަކީ ރޯދަ މަހަށް ހާއްސަކޮށް ނެރޭ މަދަހަ އަލްބަމެއް ކަމަށެވެ. މިހާރު ވެސް ބައިސްކޯފުން 100 އަށް ވުރެ މަދަހަ އަޑުއަހާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހަދަތައް ހެއްދެވި ކުރީގެ އެކްޓަރު އަދި ޑައިރެކްޓަރު އީސާ ޝަރީފު ވިދާޅުވީ، "އާލަމް" ނަމަކަށް ކިޔާ މި އަލްބަމުގައި އަށް މަދަހަ ހިމެނޭ ކަމަށެވެ. މި މަދަހަތައް ކިޔާފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިންނެވެ.
އީސަ ވިދާޅުވި ގޮތުގައި ބައިސްކޯފުގެ އެދުމަށް މި އަލްބަމުގެ މަސައްކަތަށް ނިންމީ 10 ދުވަހުގެ ތެރޭގައި ކަމަށެވެ.
"މަދަހައިގެ ޅެން ހަދާފައިވަނީ އަޅުގަނޑު[އީސާ ޝަރީފު] އާއި އާދަމް ނަސީރު އިބްރާހީމް. މީގެ އިތުރުން އާ ކުއްޖެއް ވެސް މި މަދަހަތައް ހެދުމުގައި ބައިވެރިވި. އެގޮތުން އިއްޒަ އަހުމަދު ނިޒާރުގެ ތިން ލިރީކްސް ވެސް ހިމެނޭނެ،" އޭނާ ވިދާޅުވި އެވެ.
ދިރާގާއި ބައިސްކޯފުން ގުޅިގެން މި މަދަހަ އަލްބަމް ނެރެފައިވާ އިރު ދިރާގު ކަސްޓަމަރުންނަށް 69ރ. އަށް ބައިސްކޯފަށް ސަބްސްކްރައިބް ކުރެވޭނެ އެވެ. އެހެން ކަސްޓަމަރުންނަށް ބައިސްކޯފްގެ ސަބްސްކްރިޕްޝަނަކީ 92ރ. އެވެ.
އަލަށް ނެރުނު އަލްބަމްގެ މަދަހަތައް މިއަދުން ފެށިގެން ބައިސްކޯފުން އަޑުއެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
19 May 2019
ސާބަހޭ އީސާ ޝަރީފު.އީސަގެ އިންވޯލްވެމެންޓެއް އޮތް ކޮންމެ ކަމެއްވެސް އޮންނާނީ ވަރަށް ފުރިހަމަކޮށް.އެކަމާިމެދު އެއްވެސް މީހަކު ޝައްކުނުކުރާނެ.އީސައެއީ ކުޅަދާނަ ޝާއިރެއް.ވ.ވެދުން
ބަބުރުކަލޯ
19 May 2019
އެހެންވީމާ އީސައަކީ މަރޭމިތުރާއެއްދޯ.