އުއްތަރަ ޕްރަދޭޝްގެ ވަރަނަސި ސިޓީގައި ވޯޓުލާން މިއަދު މީހުން ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ
19 މެއި 2019 - 13:18
ނިއު ދިއްލީ (މެއި 19) - މިދިޔަ މަހު 11 ވަނަ ދުވަހު ފެށި އިންޑިއާގެ އާއްމު އިންތިޚާބުގެ ވޯޓުލުން މިއަދު ނިންމާލާނެ އެވެ.
އިންތިޚާބުގެ ހަތް ވަނަ އަދި ފަހު ބުރުގެ ވޯޓުލުން މިއަދު އެ ގައުމުގެ ގަޑިން ހަވީރު ހައެއް ޖަހާއިރު ނިމޭނެ އެވެ. ޕާލަމެންޓުގެ ދަށު ގޭގެ 543 މެންބަރުންގެ ތެރޭން 59 މެންބަރުން އިންތިޚާބު ކުރުމަށް އުތުރުގެ އަށް ސްޓޭޓްގައި ވޯޓުލާން ދިގު ކިޔޫތައް ހަދާފައިވާ އިރު ސަލާމަތީ ފިޔަވަޅުތައް ވެސް މިއަދު ވަނީ ވަރުގަދަކޮށްފަ އެވެ. ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވާދަކުރައްވާ އުއްތަރަ ޕްރަދޭޝް ސްޓޭޓުގެ ވަރަނަސިގައި ވެސް މިއަދު ވޯޓުލާނެ އެވެ.
އުއްތަރަ ޕްރަދޭޝްގެ ވަރަނަސި ސިޓީގައި ވޯޓުލާން މިއަދު މީހުން ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ
ވެރިކަން ކުރާ ބީޖޭޕީގެ މޯދީ އާއ އިދިކޮޅު ކޮންގްރެސް ޕާޓީގެ ރާހުލް ގާނދީ ވަނީ އިންތިޚާބަށް ވަރަށް ވަރުގަދަ ކެމްޕޭނެއް ކުރައްވައިފަ އެވެ. އުމުރުފުޅުން 68 އަހަރުގެ މޯދީ ވަނީ ކެމްޕޭނާ ގުޅޭ 142 އެއްވުން ބާއްވަވައިފަ އެވެ. ބައެއް ފަހަރު ދުވާލަކު ފަސް އެއްވުން ވެސް ބާއްވާފައިވެ އެވެ. ހަތަރު ރޯޑްޝޯ ބާއްވާފައިވެ އެވެ. މި އެއްވުންތަކުގައި ސީދާ ގޮތުން 15 މިލިއަން މީހުންނާ މުޚާތަބް ކުރައްވާފައިވެ އެވެ.
އުމުރުފުޅުން 48 އަހަރުގެ ރާހުލް ވަނީ މޯދީގެ ސަރުކާރުގައި ކޮރްޕަޝަން އޮތް ކަމަށް ބުނެ އެ މައްސަލަތައް ރައްޔިތުންނާ ހަމައަށް ގެނެސް ދެއްވައިފަ އެވެ.
އުއްތަރަ ޕްރަދޭޝްގެ ވަރަނަސި ސިޓީގައި ވޯޓުލާން މިއަދު މީހުން ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ
އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 900 މިލިއން މީހުންނަށް ލިބިގެންނެ އެވެ. ހަތް ބުރުގެ ހުރިހާ ވޯޓެއް ގުނާނީ ބުރާސްފަތި ދުވަހު އެވެ. ހަމަ އެ ދުވަހު ނަތީޖާ ވެސް އިއުލާން ކުރާނެ އެވެ. އެންމެ ފަހުން 2014 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ބީޖޭޕީން ވަނީ 282 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދަން ބޭނުން ވަނީ 272 ގޮނޑި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
20 May 2019
މޯދީ އަކީ އިންޑިއާގެ ހިންދީ އަޣްލަބިއްޔަތު ގެ ތާއީދު ހޯދައިގެން އިންޑިއާގެ 2 ވަނަ އަށް އެންމެ ބައިބޯ މުސްލިމުން ނައްތަލަން ވަރަށް ނުބައިރޭވުންތައް ރާވާ މީހެއް. މުސްލިމަކު އޭނާ ވެރިކަމަށް ދެވަނަފަހަރު އަންނަން ނެއެދޭނެ. ހަސަން ނުވަވަނަ އަށް ބުނެލަން. މޯދީ ވެރިކަމުގައި ހުއްޓަސް ދިވެހިރާއްޖެއާ އިންޑިއާ އާ ގާތްގުޅުމެއް އޮތުމަކީ ދިވެހިންނަށް ފައިދާ ހުރިކަމެއް. އަވައްޓެރި އެއވެސް ބަޔަކާ ގުޅުން ގޯސކުރުން އެއީ ދިވެހިންނަށް ރަގަޅުކަމެއްނޫން.
ގިޓާ
19 May 2019
މިފަހަރު ކޮންގުރެސް ކާމިޔާބު ކުރާނެ
ކީމިޔާ އަލީ
19 May 2019
މޯދީ އަކީ އަދީ އަކީ ސަރަހައްދު ގެއެއްބައިވަންތަ ކަަމައް އޮއް ނުރައްކަލެއް. ހާއްސަކޮއް ދިވެހިރާއްޖެ ބޫޓަން ނޭޕާލް އަދި ސްރީލަންކާ ފަދަ ކުދި ގައުމުތަކައް އިންޑިއާ އަކީ ނުރައްކަލެއް
ހަސަން ނުވަވަނަ
19 May 2019
ތިޔަ ކަމެއް ނުދަނޭ މިގައުމުގެ ގިނަ މީހުން. އެމީހުންނަށް ދުނިޔެއަކީ އުޅޭ ގޯތިތެރެ