މާރުކޭޓުގައި ހުރި ކާށިތަކެއް--ފޮޓޯ:ނިޝާން އަލީ/މިހާރު
21 މެއި 2019 - 12:19
ރޯދަ މަސް ފެށުނު އިރު ލޯކަލް މާރުކޭޓުގައި ކާށީގެ އަގު ހުރި ވަރަށް ވުރެ ދެ ގުނަ ދަށަށް ހިނގައްޖެ އެވެ.
ރޯދަމަސް ފެށުނު އިރު މާރުކޭޓްގައި ކުޑަ ކާއްޓެއްގެ އަގު ހުރީ 5ރ. ގަ އެވެ. ބޮޑެތި ކާށީގެ އަގު 35ރ. އަށް އެރި އެވެ. އެކަމަކު މިހާރު އަގު ވަނީ 3-12ރ. އަށް ވެއްޓިފަ އެވެ.
ލޯކަލް މާރުކޭޓުގައި ކާށި ވިއްކާ މީހަކު ބުނީ ކާށީގެ އަގު އެހާ ބޮޑަށް ހެޔޮވީ މި ދުވަސްވަރު އަތޮޅު ތެރެއިން ގިނަ އަދަދަކަށް ކާށި ގެންނާތީ ކަމަށެވެ. އެގޮތުން ށ. މިލަންދު އާއި ފ. ދަރަނބޫދޫން ވެސް ގިނަ އަދަދަކަށް ކާށި ގެންނަ ކަމަށް އޭނާ ބުންޏެވެ.
ކާށި ވިއްކާ އެހެން ވިޔަފާރިވެރިއަކު ބުނި ގޮތުގައި އެންމެ ގިނައިން ކާށި ލިބެނީ ލ. އަތޮޅުންނާއި ތ. އަތޮޅުންނެވެ.
ކުރިން ހާހަކަށް ލިބެން ހުރި ކާށި ބަސްތާއެއްގެ އަގު މި ވަގުތު ވަނީ 400ރ. އަށް ވެއްޓިފަ އެވެ.
މާރުކޭޓްގެ ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ކާށީގެ އަގު ހެޔޮވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
21 May 2019
ރޯދަ މަސް ނިމުނީމަ 1 ރުފިޔާއަށް ވެސް ވިއްކާނެ.
ކައުންސެލަރު
21 May 2019
އެހެނެއްނޫން ވަނީކީ. މާލޭގައި ގިނަގޭގޭގައި ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ގިނަފަހަރަށް އެންމެންވެސް ކާބޯތަކެތި ގިނައިންގަނޭ. ކޮންމެއަގެއްގައި ހުރިނަމަވެސް ގިނަފަހަރަށްގަނޭ. ސަބަބަކަށްވަނީ މުސްލިމް އެހެން ގައުމުތަކާ ޚިލާފަށް ވިޔަފާރިވެރިންނަށް/ދަނޑުވެރިންނަށް ވިޔާފާރީގެ ރަނުގެ މޫސުން އައުން. ކޮންމެ ސަރުކާރެއްއޮތަސް ވިޔަފާރީގައި ސަރުކާރުގެ ރޯލެއް ނެތީވިއްޔާ އާދައިގެ ނިކަމެތިމީހާ ރަމަޟާންމަހުގެ ރޭގަނޑުވެސް ހުންނަންޖެހޭނީ ނުކައި.