އެންޓި ކޮރަޕްޝާން ކޮމިޝަނުން މީގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
21 މެއި 2019 - 11:25
ރާއްޖެ އިން މި އަހަރު ހައްޖަށް ގެންދިއުމުގެ ހުއްދަ ސިސިލްފަރަށް ނުދިން މައްސަލަ ބަލައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެ ކުންފުނިން ހުށަހަޅައިފި އެވެ.
އެ މައްސަލާގައި، ސިވިލް ކޯޓުގައި ސިސިލްފަރު ތަމްސީލުކުރައްވާ ވަކީލް ނާޒިމް ސައްތާރު މިއަދު ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭތީ އެކަން ބަލަން މިދިޔަ ހަފުތާގައި ހުށަހަޅާފައިވާ ކަމަށެވެ.
breaking: Hajj quota evaluate kuri massala Sisilfarun ACC ah husha alhaifi, adhi ACC in Islamic Ministry gai huri document thah gengosfi @MVIaffairs @ACC_Maldives
— Nazim Sattar (@nazimsat) May 21, 2019
ސިސިލްފަރު ގްރޫޕުން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ހުށަހެޅި މައްސަލަ ބަލަމުން އަންނަކަން އޭސީސީން އޭސީސީން ކަށަވަރުކޮށްދިނެވެ.
ހުއްދަ ނުދިން މައްސަލާގައި ހިތްހަމަނުޖެހިގެން ސިސިލްފަރު ގްރޫޕުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. ޑިސްޕިއުޓް ރިޒޮލިއުޝަނުން ހައްލެއް ނުލިބިގެން މިހާރު ވަނީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދަން ނިންމައިފަ އެވެ.
ސިސިލްފަރުން ހުށަހެޅި މައްސަލާގައި ވަނީ މާކްސް ދިނުމުގައި މިނިސްޓްރީން އަމަލުކުރީ މައުލޫމާތު ދިން ގޮތާ ޚިލާފަށް އަދި އިވެލުއޭޓް ކުރުމުގެ އުސޫލުތަކާ ޚިލާފަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ.
ހައްޖަށް މީހުން ގެންދިއުމުގައި 35 އަހަރުގެ ތަޖުރިބާ އެ ކުންފުންޏަށް ލިބިފައިވާއިރު، މާކްސް ދިންއިރު ތަޖްރިބާގެ ބައިން އެ ކުންފުންޏަށް އެންމެ ޕަސެންޓެއްގެ މާކްސް ވެސް ލިބިފައިނުވާ ކަމަށާއި އެއީ އެކަށީގެންވާ އަދަދެއް ނޫން ކަމަށް އެ މައްސަލާގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
21 May 2019
35އަހަރުގެ ތަޖުރިބާ ހުރި ބަޔަކަށް 5 ން 0.7 ލިބުން ޤަބޫލެއް ނުކުރެވޭ.
ކަމަކުނުދޭތަ
21 May 2019
ވަކީލް ނާޒިމް ސައްތާރު އެވެ ސަރުކާރުގައި ކޮރަޕްޝަން މޫލާފައި ވެއެވެ. ނަމަވެސް ތިޔަ ކަމުގައި ހުށައަޅަން ޖެހޭ މައުލޫމާތު ފުރިހަމަ ނުވީމާ ދެން ގޯސްވާންވީ އިސްލާމިކް މިނިސްޓުރީ ހެއްޔެވެ، ތިޔަ ދަސްކޮއްދެއްވަނީ ވަރަށް ރަގަޅު ފިލާވަޅެކެވެ ސިސިލް ފަރަށް ކޯޓާ ލިބެންޖެހޭ ކަމަށް ވަކީލް ނާޒިމް ސައްތާރު ގަބޫލް ކުރަނީ އީވާ ، ސާބެ އެ އާއިލާއަށް ނިސްބަތް ވާތީ ހެއްޔެވެ ތިޔަ ކަމުން އެގިގެން ދަނީ ޒީރޯ ޓޮލަރެސް ގެ ފޫ ގޮސްފައިވާ ކަމެވެ
އަބޫ2019
21 May 2019
ތަޖުރިބާ ހުރިތޯ ބަލަނީ ގްރޫޕްގެ އެއް ނޫން. ގުރޫޕްގެ ހަވާލުގައި ހައްޖުވެރިން ގޮވައިގެންދާ މީހާއަށް އުސޫލުގަ ޕޮއިންޓް ދޭގޮތަށް އޮތީ. 35 އަހަރު ވަންދެން ހައްޖައް މީހުން ގެންދިޔަކަމުގައި ވިޔަސް ހައްޖުވެރިިންނާއި ހަވާލުވެގެން މިފަހަރު ދާ މީހާއަކީ އަދި އެކަހަލަ ކަމެގައި އުޅެފަ ނެތް މީހެއްނަމަ ޕްއިންޓް ލީބޭނީ މަދުން
ޖަމީލުބެ
21 May 2019
ކޯޓުގައި ތިމަންނަމެން މިހާރު މަދީނާ މައްކާ ހޮޓަލަށް ޕޭ ކޮއްފައޭ ބުނުމުން ތިއޮތީ މިހާރު ސިސިލްފަރު ގްރޫޕް ކުއްވެރި ވެފަ. ހައްޖުގެ ހުއްދަ ނުލިބި ހައްޖުގެ އެއްވެސް މުއާމަލާތެއް ނުކުރެވޭނެކަމަށް އޮންނަނީ. މީ އެދުވަހު ކޯޓުގައި އިން ފަރިތަ ކުރާ ލޯޔަރެއް ބުނި ވާހަކައެއް.
ޢަހްމަދު ހަަ
21 May 2019
މިހާ ކޮރަޕްޓް ސަރުކާރެއް ތިޔަކަމަކަށް ނާންނާނެ ބަދަލެއް.
އަހުމަދުބޭ
21 May 2019
ކޮރަޕްޓް ސަރުކާރެއް ފެނިއްޖިއްޔާ އިންގޭނެބާ
ޖަމީލުބެ
21 May 2019
ވަކި ގުރޫޕަކަށް ފުރުސަތު ނުލިބުމަކީ ކޮރަޕްޝަންބާ؟ މައްސަލަ ތަހުގީގު ކުރުމުން ދޯ އިނގޭނީ ތިކަމުގައި މީހުންގެ އަގުވައްޓާލުމަށް ކުރެވިފަ ހުރިކަންތައްވެސް.