ޚަބަރު / މެމްބަރު ގާސިމް އިބްރާހިމް (މާމިގިލި)

ރައީސްއާ ދިމާކުރަން ކުރާ އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވާނަން: ގާސިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގާސިމް: ސަރުކާރު ދަމަހައްޓަން ގާނޫނީ އިމުގެ ތެރެއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި. --ފޮޓޯ/މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހަމަޖެހުން ނަގާލައި، އެމަނިކުފާނާ ދިމާކުރަން ކުރާ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ކުރިމަތިވި ބޮޑު ނާކާމިޔާބީ އަށް ފަހު، ފުރަތަމަ ފަހަރަށް އެ ޕާޓީން ބޭއްވި ހަފުލާއެއްގައި ގާސިމް ވަނީ، ދުވަސްކޮޅަކަށް "ހިމޭންވި" ސަބަބު ވިދާޅުވެ ދެއްވައިފަ އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ، ޖޭޕީ އަށް އާއްމު އިންތިޚާބުގައި ލިބުނީ ފަސް ގޮނޑި އެވެ.

ރިޔާސީ އިންތިޚާބަށް އެކުލަވާލި އެއްބަސްވުމުގައި، މަޖިލީސް އިންތިޚާބުގައި ވެސް ޕާޓީތަކުން އެކުގައި ވާދަކުރަން ނިންމާފައި އޮތަސް އެމްޑީޕީގެ ދެކޮޅު ހެދުންތަކާ އެކު ޕާޓީތަކުން ވާދަކުރީ ވަކިވަކިންނެވެ. މި ހިޔާލުތަފާތުވުންތަކުގައި، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރި އެވެ.

ގާސިމް ވިދާޅުވީ އިންތިޚާބަށް ފަހު އިސްކަން ދެއްވީ ގައުމުގެ ހަމަޖެހުމަށް ކަމަށެވެ. އެއީ، އަބަދުވެސް ޖުމްހޫރީ ޕާޓީން ކަންކަން ކުރާ އުސޫލް ކަމަށް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ރައީސް ކަމަށް އިބްރާހިމް މުހައްމަދު ސޯލިހް ގެނައުމަށް ޖުމްހޫރީ ޕާޓީން ކުރި މަސައްކަތް އެ ޕާޓީން ހަނދާން ނައްތާލައިގެން ނުވާނެ އެވެ. އެމަނިކުފާނުގެ ސަރުކާރު ދަމަހައްޓައި ނެގެހެއްޓުމަށްޓަައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ގާސިމާއި ޖުމްހޫރީ ޕާޓީން ވެސް ކުރާނެ ކަމުގެ ޔަގީން ކަން ރޭ ވެސް ދެއްވި އެވެ.

ގައުމުގެ އަމާންކަމާއި އިސްތިގުލާލު ނަގާލައި މީހުންނަށް އަނިޔާވެރިވެ މަސްލަހަތު ނަގާލުމުގެ އެއްވެސް ކަމެއްގައި، ގާސިމް ވިދާޅުވި ގޮތުގައި، ޖުމްހޫރީ ޕާޓީން ބައިވެރި ނުވާނެ އެވެ.

"ތިބޭނީ ވަރަށް ސާބިތުކަމާ އެކުގައި. ސަރުކާރުން ކުރާ ކަންތައްތަކަކީ ގާނޫނީ އިމުގެ ތެރެއިން ގާނޫނުއަސާސީ އާއި ދުސްތޫރުގެ ތެރެއިން ކުރާ ކަންކަމަށް ވާ ނަމަ، އަޅުގަނޑުމެން ފަހަރެއްގައި ވެސް ފާޑުކިޔާކަށް ވެސް ނެތިން،" ޖޭޕީ އަށް މެމްބަރަކު ސޮއި ކުރަން ބޭއްވި ހަފުލާގައި ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ތަނުގެ ވާހަކަ ދައްކައިގެން ބަދަލު ހިފާނެ އަދި ޒާތީ ހަސަދަވެރިކަމެއް ވެސް އެއްވެސް ބަޔަކާ ނުބާއްވަވާނެ އެވެ. އަމިއްލަ ފަރުދަކަށް ވިޔަސް ގައުމުގެ ކަންކަމުގައި ވެސް ޒާތީ ހަސަދަ ބާއްވައިގެން އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.

"ތިބޭނީ ވަރަށް ސާބިތުކަމާ އެކުގައި. ސަރުކާރުން ކުރާ ކަންތައްތަކަކީ ގާނޫނީ އިމުގެ ތެރެއިން ގާނޫނުއަސާސީ އާއި ދުސްތޫރުގެ ތެރެއިން ކުރާ ކަންކަމަށް ވާ ނަމަ، އަޅުގަނޑުމެން ފަހަރެއްގައި ވެސް ފާޑުކިޔާކަށް ވެސް ނެތިން،" ގާސިމް

ރާއްޖޭގެ ސިޔާސީ ކަންކަން ވަމުންދާ ގޮތް ރައްޔިތުންނަށް އެނގޭ ކަމަށާއި މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ކަމަށް ޖުމްހޫރީ ޕާޓީން ވާދަ ނުކުރެވުނީ ކީއްވެ ކަން ވެސް އޮޅުންފިލާފައިވާނެ ކަމަށް ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ރައީސަކަށް ކުރިމަތިލައްވާނީ އެ ޕާޓީގެ ލީޑަރު ކަން ފާހަގަކުރައްވައި ވިދާޅުވީ އެ ވަގުތު އެމަނިކުފާނު ހުންނެވީ "ކަންތައްގަނޑެއްގެ" ތެރޭގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތާ އެކު އިއްވި ޖަލު ހުކުމުގައި ހުންނަވަނިކޮށް ކުރިމަތިވެވަޑައިގެންނެވި ސިއްހީ ކަންކަމުގައި ގާސިމް ހުންނެވީ ރާއްޖެ އިން ބޭރުގަ އެވެ.

ގާސިމް ވިދާޅުވީ ރިޔާސި އިންތިޚަބުގައި ވެސް އިސްކަން ދެއްވީ ގައުމުގެ މަސްލަހަތަށް ކަމަށެވެ.

"އެ އުސޫލުން ކަންތައްތައް ކުރަން ޖެހޭތީ ހިނދުހިނދުކޮޅު އަންނަނީއޭ ބުނާ ގޮތަށް ދޭތެރެއަކުން ކޮންމެ އިންތިޚާބެއް ނިމިގެން ދިޔައީމަ އަޅުގަނޑުމެން މަޑުޖެހިލަން މަޖުބޫރު މިވަނީ. ދެން ތާބަދަކު ދުނިޔޭގައި ހުރިހާ ކަމެއް އެއްގޮތަކަށެއް ނޯންނާނެ، ކޮންމެ ކަމެއް ވެސް ނިމޭނެ،" ގާސިމް ވިދާޅުވި އެވެ.

ދެން އޮންނާނީ، ގާސިމް ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ތަނުގެ ތަޖުރިބާ އަށް ބަލައި ޕާޓީ އަށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް ވެސް ގެނެސް ކުރިއަށް ގެންދިއުމެވެ. އެއާއެކު އޮމާންކަމާ އެކު ސަރުކާރު ހިންގަން ފުރުސަތު ދިނުން ކަމަށް ވެސް ވިދާޅުވި އެވެ.

42 ކޮމެންޓް, 109 ރިއެކްޝަންސް

icon happy icon happy 66%
icon sad icon sad 2%
icon angry icon angry 32%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކާއްޕޮ

21 May 2019

ގާސިމަކަށް ނުހުރެވޭނެ މީހަކުޖަހާހާ ބެރަކަށް ނަށާނެ .

The name is already taken The name is available. Register?

ދެން

21 May 2019

ރައީސާ އެއްވެސް އިދިކޮޅު ކަމެއްގައި ބައިވެރިވެގެން ވާނެކަމެއް ނެތްކަން އެނގުނީމަ ދެން ބައިވެރިނުވާނެތާ. ގޮތްހުސްވި ދުވަސް އެންމެ ފަހުން ތިޔަ އައީ. ދެން ނެތް އިދިކޮޅަށް އެއްކަމެއްވެސް ކުރެވޭކަށް. ވަރަ ބިނދިއްޖެ..

The name is already taken The name is available. Register?

ހުންގާނު

21 May 2019

ގާސިމް ނިކަން އަނގަމަޑުން ލައިގެން ހުރެ ވިސްނުންތެރި ކަމާއި އެކު ވާހަކަ ދައްކަބަލަ. ނޫނީ ކުރިންވިހެން އަތަށް ގޮވާ ފާނެ. އަހަރުމެން ވެސް ބޭނުންވަނީ ރައީސާއި އެކު ދެމި ތިބެން.

The name is already taken The name is available. Register?

އިންޓެލިޖެންސް

21 May 2019

ޞާލިޙާއި ދެކޮޅުވެވޭކަށްނެތްކަން ރައްޔިތުން ދަނޭ.އައިޝާ މެޑަމްގެ މިނިސްޓަރުކަން ގެއްލެނޭކަން ޔަޤީންވާތީ މަޖުބޫރުވަނީ.

The name is already taken The name is available. Register?

ފަރު

21 May 2019

ތިހެން ތިބުނީ މިހާރުވެސް އެފަދަކަމަކާ އުޅޭތީ!! ތީދެންކާކު!! ބޮޑު މުސީބާތެށް މިޤައުމަށް ޖެހިފައޮތް!!

The name is already taken The name is available. Register?

އަލްޖިބްރާ

21 May 2019

އެހެން ވެއްޖިއްޔާ " ބުޅާ ތެތްމަހެއްވެސް ނުކާނެ " !

The name is already taken The name is available. Register?

ކުޑަކަތީބް

21 May 2019

ރައީސްއާ ދިމާކުރަން ކުރާ އެއްވެސް ކަމެއްގައި ބައިވެރިވިއަސް ނުވިއަސް ސަރުކާރާ އެކު ހަދާފަހުރި ޑީލްތައް މުރާޖާ ކުރަމުންދާވާހަކަ ވަރަށް އިޚްލާސްތެރިކަމާއެކް ދަންނަވަން!

The name is already taken The name is available. Register?

ލިން

21 May 2019

މިކަލޭގެ އަދިވެސް ރައީސް ނަޝީދަށް މި ގާއުކަނީ.. ބަލަ ނަޝީދު ނޫޅުއްވާ ރައީސްއާ ޖެހިގަނެގެން ރައީސްގެ ބާރު ކަނށޔވާލާކަށް.. ބަޔަކު އަނބުރާ ގޭހެއް އެއީ

The name is already taken The name is available. Register?

ގޯނިބޭ

21 May 2019

ގާސިމާ ބާރުދިޔައީތޯ. ދެނެއް ބާރެއްނުލިބޭނެ. ސަންދަންގޫތުކޮޅުވެސް އެ ދިޔައީ.

The name is already taken The name is available. Register?

ހަނުހުންނަ މީހާ

21 May 2019

މަޖިލީހުގެ ރައީސްކަމުގަ އިދެގެން ހޭވި ހަޑިން ތިކަން އެނގުނު. ރައްޔިތުން ނުކުމެ އެކަން ނުކުރެވޭނެ ކަން ވޯޓުން އެންގީމަ އަނެތްކާ ލަވަ ބަދަލުކުރަނީ، ގާސިމް އެންމެ ގުޅެނީ ސިޔާސީ ގޮތުންނޭ ބުނެ ހަރާންވެގެން ވާ ރޯ ބުހުތާނު ދޮގުހަދާ މީހުންނާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454