ބެޑްމިންޓަން ކޮމްޕްލެކްސްގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.
21 މެއި 2019 - 13:48
އައްޑޫގައި ބެޑްމިންޓަން ކޮމްޕްލެކްސް އަށް އަޅަން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލާއި ޔޫތު މިނިސްޓްރީ ގުޅިގެން ހިންގާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ އައްޑޫ ޕީޕަލްސް ކޯޕަރޭޓް ސޮސައިޓީ (އޭޕީސީ) އާ އެވެ.
އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. އޭޕީސީގެ ފަރާތުން ސޮއިކުރެއްވީ ޝަމާ އަބްދުﷲ އެވެ.
އޭޕީސީއަކީ ކައުންސިލްގެ 51 ޕަސަންޓް ހިއްސާ އާއި އައްޑޫ ރައްޔިތުން 49 ޕަސަންޓް ހިއްސާ އޮންނަ ގޮތަށް 2016 ގައި އުފެއްދި ކޯޕަރޭޓިވެކެވެ.
ކައުންސިލުން ބުނީ ހިތަދޫ ޔޫތު ސެންޓަރު އިމާރާތް ހުރި ބިމުގައި ހަދާ ބެޑްމިންޓަން ކޮމްޕްލެކްސްއަކީ 4 ބެޑްމިންޓަން ކޯޓް އެކުލެވޭ ގޮތަށް ބެޑްމިންޓަން ހޯލަކާއި ބައިނަލްއަގްވާމީ މުބާރާތްތައް ކުޅެވޭ ގޮތަށް އިތުރު ވަސީލަތްތައް ހިމެނޭ ގޮތަށް ދެ ބުރި އަށް ހަދާ ތަނެއް ކަމަށެވެ.
އެއް
މި މަޝްރޫއަށް 6،061،191.4ރ. ހަރަދުވާ އިރު މަސައްކަތް ފަށާތާ 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
އައްޑޫގައި ބެޑްމިންޓަން ކޮމްޕްލެކްސްއެއް ހަދަން ނިންމި އިރު، އައްޑުއަކީ ގައުމީ ފެންވަރުގައި ބެޑްމިންޓަނުން ކާމިޔާބީތަކެއް ވެސް ހޯދަމުން އަންނަ އަދި ދެ ޖިންސުގެ ވަރަށް ގިނަ ބަޔަކު ކުޅެމުން އަންނަ ކުޅިވަރަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޅެ
21 May 2019
ބެޑްމިންގޓަން ކުޅޭ މީހުންނަށްވުރެ ބަލި މީހުން ގިނަވާނެ ޔަގީނުންވެސް. ކުރީ ސަރުކާރުގައި ކުޅިވަރަށް ބޭކާރު ޚަރަދުތައް ކުރާތީ އުޅުނު މީހުންވެސް މިކުރަނީ ވެރިކަން ލިބުމުން ހަމަ އެއްކަމެއް.
ގޫބައްޑާ
21 May 2019
2 ބުރި އިމާރާތަކާ އެކު ބައިނަލް އަގުވާމީ ފެންވަރުގެ ވަސީލަތްތަކާއެކު 4 މަސްތެރޭ މިތަން، މިޖަމްއިއްޔާ އަށް ނިންމިދާނެބާ. ނޫނީ މާކުރީއްސުރެ ބިޑްކުރުމެއްނެތި އިމާރާތްކުރާނެ ފަރާތެއް އަޑިއަޑިން ހަމަޖެހިފަބާ އޮތީ؟
ޑޮކްޓާރ. ބަނާނާ
21 May 2019
މިދުނިޔެއިން އިންސާނާ ބޭނުންވާ އަސާސީ ހިދުމަތުގެ ތެރެއިން ސިއްހީ ހިދުމަތުންއައްޑޫ ރައްޔިރުން މަހުރޫމުވެ އުފަންވާކުދިން ވެރިން އިހުމާލުވެ މަރުވަމުންދާއިރު ބެޑްމިންޓަން ކޮމްޕްލެކްސްތޯ ބޭނުންވަނީ؟؟؟؟؟؟؟؟؟ ޓެލެޑްރާމާ ހުއްޓުވާ ރައްޔިތުން މިކަމަށް ހޭލާންވެއްޖެ! ބަނާނާ
ޚިލަގެ ފާނު
21 May 2019
ޖެހިޖެހިގެން 3 ފަހަރު އަތޮޅު ލީގު ހޯދި ފުވައްމުލައް ކޮބާ؟
ފިގޭއަހްމަދު
21 May 2019
ބޭކާރު ކަމެއް. ބޮޑު ސްޕޯރޓްސް ކޮންޕްލެކްސް އެއް ހަދަންވީ. ޖަމިއްޔާއަކަށް ޕްރޮޖެކްޓް ދިނުމުން ހަރަދު ބޮޑުވާނެ.
ހޮކިއ
21 May 2019
ރަނގަޅު. ތިދެން ނުކުރެވޭ ކަމަކީ.
ޙަބީބު
21 May 2019
ތީހަމަބޭކާރު ކަންކަން ފައިސާ ގިނަވީތަ ތިޔައްވުރެ މާރަނގަޅުވާނެ ހައްޖައްދާނެ ވަރުނެތިފަ ތިބިމީހުން ހައްޖައްފޮނުވިޔަސް
ޠައިޒް
21 May 2019
ޢައްޑޫ އެ ބެޑްމިންޓަން ކުޅެނީ ކިތައްމީހުނަތޯ.
ނޫރު
21 May 2019
އައްޑޫއަށްވުރެ ތި ކޮމްޕްލެކްްސް އަޅަން މާ ރަގަޅު ނ އަތޮޅު ރަށެއްގައި. ހޮޅުދޫ އަކީ ބެޑްމިންޓަންގެ ރަސްގެފާނު
ޒުވާރި
21 May 2019
މަބުނީ، ސްކޭންކުރާ އެއްޗެއް ލިބެނީ ކިހާވަރަކަށްތޯ ބަލާބަލަ ފުރަތަމަ.